Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2022

އެކުއެޑޯއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ

ޗިލީން ކޮލިފައިން ނިންމާލީ 19 ޕޮއިންޓާއެކު ހަތްވަނާގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 11 ޖޫން 2022 | ހޮނިހިރު 14:12
ކޮލިފައިންގައި އެކުއެޑޯއާ އާޖެންޓީނާ ބައްދަލުކުރި މެޗެއްގެ ތެރެއިން

ކޮލިފައިންގައި އެކުއެޑޯއާ އާޖެންޓީނާ ބައްދަލުކުރި މެޗެއްގެ ތެރެއިން

މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި އެކުއެޑޯއަށް ކުޅެވޭނެކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގައި އެކުއެޑޯއަށް ނިސްބަތްނުވާ ކުޅުންތެރިއެއް ޓީމުގައި ހިމަނައިގެން ކުޅުނުކަމަށް ޗިލީން ވަނީ ފީފާއަށް މައްސަލަ ހުށަހަޅާފައެވެ. ޗިލީން ހުށަހަޅާފައިވާ މައްސަލާގައި ވާގޮތުން, އެކުއެޑޯގެ ބައިރޯން ކަސްޓީއޯއަކީ އެގައުމުގެ ރައްޔިތެއް ނޫނެވެ. އަދި އޭނާއަކީ ކޮލޮމްބިއާގެ ޓުމާކޯއަށް 1995 ވަނަ އަހަރު އުފަންވެފައިވާ މީހެއްކަމަށް ޗިލީން ވަނީ ބުނެފައެވެ. އަދި މިކަންތައް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރިކަމަށް ޗިލީން ބުނެފައިވެއެވެ.

ނަމަވެސް ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ކަސްޓީއޯ 1998 ވަނަ އަހަރު އުފަންވީ އެކުއެޑޯގެ ސިޓީ އޮފް ޖެނެރަލް ވިލަމިލް ޕަލާޔަސްއަށެވެ. ޗިލީއިން ހުށަހަޅާފައިވާ މައްސަލާގައިވަނީ ކަސްޓީއޯ ފޭކް ޕާސްޕޯޓަކާއި އުފަން ދުވަހުގެ ސެޓްފިކެޓެއް ހެެއްދިކަމަށެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައަށް ގޮތް ނިންމީ ދެފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާއި ލިޔެކިޔުންތަކަށް ބެލުމަށްފަހުކަމަށެވެ. ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ކުރިންވެސް އޮތް ގޮތަށް އެކުއެޑޯއަށް ވޯލްޑް ކަޕުގައި ކުޅެވޭނެ ކަމަށެވެ.

ކޮލިފައިންގައި ކަސްޓީއޯ ވަނީ އެކުއެޑޯ ކުޅުނު 18 މެޗުގެ ތެރެއިން އަށް މެޗު ކުޅެފައެވެ. އަދި އެޓީމަށް ލިބުނު 26 ޕޮއިންޓުގެ ތެރެއިން 14 ޕޮއިންޓު ހޯދާފައިވަނީ ކަސްޓީއޯ ކުޅުނު މެޗުތަކުގައެވެ. ކަސްޓީއޯ ކުޅުނު މެޗުތަކުގެ ޕޮއިންޓު އުނިކުރަން ފީފާއިން ނިންމިނަމަ އެކުއެޑޯއަށް މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލޭނެއެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ދެކުނު އެމެރިކާ ބައްރުން މިހާތަނަށް ކޮލިފައިވެފައި ވަނީ ހަތަރު ޓީމެވެ. އެކުއެޑޯގެ އިތުރުން މުބާރާތަށް ކޮލިފައިވީ ބްރެޒިލް، އާޖެންޓީނާއާއި އުރުގުއޭއެވެ. މިއަންނަ ހަފުތާގައި އޮންނަ ޕްލޭ އޮފް މެޗު ކާމިޔާބު ކޮށްގެން ޕެރޫއަށްވެސް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު އެބައޮތެވެ.

ޗިލީން ކޮލިފައިން ނިންމާލީ 19 ޕޮއިންޓާއެކު ހަތްވަނާގައެވެ. ޗިލީއާ އެކުއެޑޯ ބައްދަލުކުރި ދެމެޗުގައިވެސް ކަސްޓީއޯ ކުޅުނެވެ. މި ދެމެޗުގެ ޕޮއިންޓު ޗިލީއަށް ދޭން ފީފާއިން ނިންމިނަމަ އެކުއެޑޯގެ ބަދަލުގައި ޗިލީއަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ޗިލީއިކުއެޑޯފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު