Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް ކޮލިފައިން

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، މިއީ މި ފޯމެޓުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުޅޭނީ އެމެރިކާގެ 16 ސިޓީއެއްގައެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ފެށިގެން ޖުލައި 19 އަށެވެ.

ފްރާންސުން ޔުކްރޭނާ ދެކޮޅަށް 4-0 އިން ކުރި ހޯދައި ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި 2026 ވޯލްޑް ކަޕަށް ދިއުމުގެ ޔަގީންކަން ހޯދައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2025 | ހުކުރު 16:51
މެޗުގައި ދެ ގޯލު ޖެހި ފްރާސްގެ ތަރި ކީލިއަން އެމްބާޕޭ

މެޗުގައި ދެ ގޯލު ޖެހި ފްރާސްގެ ތަރި ކީލިއަން އެމްބާޕޭ

އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވެއްޖެ އެވެ.

ފްރާންސް އިން މި ކާމިޔާބީ ހޯދީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ޔުކްރޭންގެ މައްޗަށް 4-0 އިން ކުރި ހޯދައިގެން ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ކޮލިފިކޭޝަންގައި ފްރާންސް ވަނީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ އައިސްލޭންޑް އޮތް އިރު ތިންވަނައިގައި އޮތީ ޔުކްރޭން އެވެ. މި ދެ ޓީމަށް ވެސް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އަޒަރްބައިޖާން އެވެ. ފްރާންސް އިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރިއިރު، ކޮލިފައިންގ ގްރޫޕްގައި ފްރާންސް އަށް ބާކީ އަދި އެއް މެޗު އެބައޮތެވެ.

ޔުކްރޭންއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގައި ފްރާންސް އިން ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާ ހަތަރު ގޯލު ޖަހާފައެވެ.

މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފްރާންސަށް ލީޑު ނަގައިދިނީ ޒުވާން ސްޓާރު ކިލިއަން އެމްބާޕޭ އެވެ. މެޗުގެ 76 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ފްރާންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނެވެ. އަދި މެޗުގެ 83 ވަނަ މިނެޓްގައި އެމްބާޕޭ އަނެއްކާވެސް ގޯލު ކާމިޔާބުކޮށް އޭނާގެ ދެވަނަ ގޯލު ޖަހައި ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނެވެ. މެޗުގެ 88 ވަނަ މިނެޓްގައި ހޫގޯ އެކިޓީކޭ ފްރާންސްގެ ފަހު ގޯލު ކާމިޔާބު ކޮށްދިނުމާއެކު މެޗު ނިންމާލީ 4-0 އިންނެވެ.

މިއީ ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވި 17 ވަނަ ފަހަރެވެ. ފްރާންސުން ވަނީ ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ފްރާންސް ކާމިޔާބުކުރީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް މުބާރާތެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، މިއީ މި ފޯމެޓުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުޅޭނީ އެމެރިކާގެ 16 ސިޓީއެއްގައެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ފެށިގެން ޖުލައި 19 އަށެވެ.

ވޯލްޑް ކަޕް ކޮލިފައިންފްރާންސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު