Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ފަރޯ އައިލެންޑްސް އާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން ކާމިޔާބުކޮށް، ކްރޮއޭޝިއާ އިން 2026 ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފި އެވެ. ފަހުގެ ދެ ވޯލްޑް ކަޕުގައި ފައިނަލާއި ތިން ވަނަ ޖާގަ ހޯދި ކްރޮއޭޝިއާ އިން މި ފަހަރު ވެސް ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެ އެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 03:38
2026 ގެ ވޯލްޑްކަޕަށް ކޮލިފައި ވުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ

2026 ގެ ވޯލްޑްކަޕަށް ކޮލިފައި ވުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ފަރޯ އައިލެންޑްސް ކޮޅަށް ފަހަތުން އަރާ ޖެހި ތިން ގޯލާއެކު ހޯދި މޮޅުން ކްރޮއޭޝިއާ، އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްފި އެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ހުކުރު ދުވަހުގެ ރޭ ރިޖެކާގައި ކުޅުނު މި މެޗުގައި، ފަރޯ އައިލެންޑްސް އިން ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި، އިނގިރޭސި ދަށް ޑިވިޝަނެއްގެ ކްލަބެއް ކަމަށްވާ ގްރިމްސްބީ ޓައުންގެ ކުޅުންތެރިޔާ ގެޒާ ޑޭވިޑް ޓޫރީ ކުރިއަށް ޖެހި ހަމަލާއެއްގައި ޖެހި ބޯޅަ ޑިފްލެކްޓް ވެގެން ގޯލަށް ވަދެ ފަރޯ އައިލެންޑްސް އަށް ލީޑު ހޯދައިދިނެވެ.

ނަމަވެސް ފަރޯ އައިލެންޑްސް އިން ނެގި ލީޑު ހިފެހެއްޓުނީ ވަރަށް ކުރު ވަގުތު ކޮޅަކަށެވެ. ހަތް މިނެޓް ފަހުން ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ވަނީ ވަރުގަދަ ޝޮޓަކުން ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދައި ކްރޮއޭޝިއާ އަށް ހަމަހަމަ ކޮށްދީފަ އެވެ.

ކްރޮއޭޝިއާ އިން ލީޑުނެގީ 57 ވަނަ މިނިޓްގައި ޕެޓާ މުސާ ޖެހި ގޯލުންނެވެ. މިއީ، 2023 ވަނަ އަަހަރުގެ ފަހުން އޭނާ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ކްރޮއޭޝިއާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ  70 ވަނަ މިނިޓްގައި ނިކޮލަ ވްލަސިޗް އެވެ. މިއީ، އިވާން ޕެރިސިޗް ދިން ބޯޅައަކުން ވްލަސިޗް ޖެހި ގޯލެކެވެ.

މި ކާމިޔާބީއާއެކު ކްރޮއޭޝިއާ އަށް ވަނީ ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކް އަށް ވުރެ ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.ޗެކް ރިޕަބްލިކް އަށް ވަނީ ޕްލޭއޮފް ޖާގަ ޔަގީން ވެފައެވެ. ފަރޯ އައިލެންޑްސް އަށް ވުރެ އެއް ޕޮއިންޓު ކުރީގައި އޮތް ޗެކް ރިޕަބްލިކް އަށް މި ޖާގަ ޔަގީންވީ ފަރޯ އައިލެންޑްސްގެ މެޗުތައް ނިމިފައިވާތީ އެވެ.

ކްރޮއޭޝިއާ އަކީ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމެކެވެ. ކްރޮއޭޝިއާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ އިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ތިން ވަނަ ޖާގަ ހޯދި އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް މި ޓީމުން ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެ އެވެ.

ކްރޮއޭޝިއާވޯލްޑް ކަޕްވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ކަޕް 2026: ހޮވުނީ ކޮން ބައެއް؟ ބޭރުވީ ކޮން ބައެއް؟ ފުރުސަތު އޮތީ ކޮން ބަޔަކަށް؟

ވޯލްޑް ކަޕް 2026: ހޮވުނީ ކޮން ބައެއް؟ ބޭރުވީ ކޮން ބައެއް؟ ފުރުސަތު އޮތީ ކޮން ބަޔަކަށް؟

20 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު