Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުއިސް ކަމްޕޯސް

ޕީއެސްޖީގެ ސްޕޯޓިންގ ޑައިރެކްޓަރަކަށް ކަމްޕޯސް ހަމަޖައްސައިފި

މި މަގާމަށް އޭނާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި ބްރެޒިލްގެ ލިއޮނާޑޯ އަރައުހޯ މަގާމުން ވަކިކުރުމަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2022 | ހޮނިހިރު 08:27
ލުއިސް ކަމްޕޯސް

ލުއިސް ކަމްޕޯސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސްޕޯޓިންގ ޑައިރެކްޓަރުގެ މަގާމަށް ލުއިސް ކަމްޕޯސް ހަމަޖައްސައިފިއެވެ.

މި މަގާމަށް އޭނާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި ބްރެޒިލްގެ ލިއޮނާޑޯ އަރައުހޯ މަގާމުން ވަކިކުރުމަށްފަހުއެވެ. މިއީ ނިމުނު ސީޒަނުގައި ޕީއެސްޖީއަށް ލިބުނު ދަށް ނަތީޖާގެ ސަބަބުން ޓީމުގެ ހިންގުމަށް ގެންނަ ބަދަލުގެ ތެރެއިން ބަދެލެކެވެ. މީގެ އިތުރުން ޕީއެސްޖީން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި  މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކުރަން މަސައްކަތްކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ބަދަލުގައި ޒިނެދިން ޒިދާން ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވިދާޅުވީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައިވެސް އޭނާ ޒިދާންއަށް ވަރަށް ބޮޑަށް ސަޕޯޓުކުރައްވާ ކަމަށެެވެ. އަދި ރެއާލް މެޑްރިޑްއާއެކު ޒިދާން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާ އިމެނުއެލް މެކްރޯން ވިދާޅުވީ އެއީ ޕީއެސްޖީންވެސް ބޭނުންވާ ތަށި ކަމަށެވެ. މީގެ އިތުރުން މެކްރޯން ވިދާޅުވީ ޒިދާން އެނބުރި ގައުމަށް އައިސް ޕީއެސްޖީއާ ފްރާންސްގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާތަން ބައްލަވާލައްވަން ބޭނުންފުޅުވާ ކަމަށެވެ.

ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ކަމްޕޯސް ވަނީ އެފްސީ މޮނާކޯގެ ސްޕޯޓިންގް ޑައިރެކްޓަރުކަން ކޮށްފައެވެ.

ޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު