Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިންގ

ކޮލިފައިންގގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ކޮލިފައިންގގެ ދެވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އުޒްބެކިސްތާންއާއި ދެކޮޅަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 8 ޖޫން 2022 | ބުދަ 16:03
ކޮލިފައިންގ ގައި ރާއްޖެއާ ތައިލެންޑު ބައްދަލުކުރި މެޗުގެ ތެރެއިން

ކޮލިފައިންގ ގައި ރާއްޖެއާ ތައިލެންޑު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ބުދަ ދުވަހު ހަވީރު އުޒްބަކިސްތާނުގެ މަރްކަޒީ ސްޓޭޑިއަމްގައި ތައިލެންޑް އާއި ވާދަކުރި މެޗުން ރާއްޖެ ބަލިވީ 3-0ންނެވެ. މެޗު ފެށިގެން ތައިލެންޑު ޓީމުން އެޓޭކިން ގޭމެއް ކުޅުނުއިރު، ރާއްޖެ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. ފުރަތަމަ ހާފުގައި ތައިލެންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު އެޓީމުން ފުރަތަމަ ލީޑު ނެގީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މިއީ ތައިލެންޑުގެ ކެޕްޓަން ތީރަތޯން ބުންމަތަން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސަރާޗް ޔޫޔެން ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތައިލެންޑުން ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތީރަސީލްއެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ކުރިއަށް ޖެހިގެން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ތައިލެންޑުގެ ފަހު ލަނޑު 79 ވަނަ މިނެޓުގައި ޖަހައިދިނީ ޕަންސާ ހެމްވިބޫންއެވެ. މި ލަނޑު ޖެހުމަށްވެސް އެހީތެރިވީ ކެޕްޓަން ތީރަތޯންއެވެ.

މި ބައްޔާއެކު މިއަންނަ އަހަރު އޮތް އޭޝިއަން ކަޕްއަށް ކޮލިފައިވުމަށް ރާއްޖެއަށް އިތުރަށް އުނދަގޫވީއެވެ. އަމިއްލަ ބާރުގައި މުބާރާތަށް ކޮލިފައިވާން ބޭނުންނަމަ ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކުރަން ޖެހޭނެއެވެ.  ކޮލިފައިންގ ގައި ރާއްޖެ ހިމެނެނީ ތައިލެންޑު، އުޒްބެކިސްތާނު އަދި ސްރީލަންކާއާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އުޒްބެކިސްތާނުގައެވެ. އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާ، ހަ ގްރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށެވެ.

ކޮލިފައިންގގެ ދެވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އުޒްބެކިސްތާންއާއި ދެކޮޅަށެވެ. އޭގެ ފަހުން ކޮލިފައިންގ ގެ ފަހުމެޗުގައި ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭޝިއަން ކަޕް ކޮލިފައިންއޭއެފްސީ އޭޝިއަން ކަޕްގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް

އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް

04 ޖޫން 2025
ޗައިނާ އަތުން ރާއްޖެ ބަލިވީ ނުވަ ލަނޑުން

ޗައިނާ އަތުން ރާއްޖެ ބަލިވީ ނުވަ ލަނޑުން

26 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު