Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ އޭޝިއަން ކަޕް

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް

ގަދަ 16 ވަނަ ބުރުގައި ސައުދީ އަރަބިޔާއާ ދެކޮޅަށް ކުޅުނު މެޗުންް ވެސް ކޮރެއާ ސަލާމަތްވީ އިތުރު ވަގުތުގައި ޖެހި ލަނޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2024 | ހޮނިހިރު 04:05
މެޗުގައި ލަނޑު ޖެހުމަށްފަހު ސޮން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސޮން އުފާ ފާޅުކުރަނީ

އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގަައި އޮސްޓްރޭލިއާ ބަލިކޮށް، ސައުތު ކޮރެއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ކޮރެއާއިން ކާމިޔާބުކުރީ، އޮސްޓްރޭލިއާއިން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގައި އޮސްޓްރޭލިއާއިން ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިންއެވެ. މެޗުން އޮސްޓްރޭލިއާ މޮޅުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ކޮރެއާއިން ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ހްވާން ހީ ޗާން އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވުމުން، ދެން ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގައި ލަނޑު ޖަހައި، ކޮރެއާ މޮޅުކޮށްދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. ސޮން އެ ލަނޑު ޖެހީ ކޮރެއާއަށް ލިބުނު ހިލޭ ޖެހުމެއްގައެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސައުދީ އަރަބިޔާއާ ދެކޮޅަށް ކުޅުނު މެޗުންް ވެސް ކޮރެއާ ސަލާމަތްވީ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. އެ މެޗުގެ ނަތީޖާ ހަމަހަމަވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮރެއާއިން ވަނީ ކުރި ހޯދާއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކޮރެއާ ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. ކޮރެއާއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބުކޮށްފައެވެ.

އޭއެފްސީ އޭޝިއަން ކަޕްއޮސްޓްރޭލިއާދެކުނު ކޮރެއާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު