Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

ބޮޑުބެރާއި، ކުޑަ ކުދިންނާ ގުޅޭ އެކި އެކި ކަންތައްތަކާ އެކު ކުރިއަށް ގެންދިޔަ ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ޤައުމީ ޓީމަށް ސަޕޯޓު ހޯދުމާއި، ފުޓުބޯޅައިގެ ފޯރި ގެނައުން އަދި ޚާއްސަކޮށް ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅޭ މެޗު ޕްރޮމޯޓު ކުރުމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2025 | އާދީއްތަ 04:14
ފޯރީގައި ދަނޑަށް، ނަމުގައި ބޭއްވި ޙަރަކާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިން

ފޯރީގައި ދަނޑަށް، ނަމުގައި ބޭއްވި ޙަރަކާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިން

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޤައުމީ ޓީމުން ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ފޯރި ގެނައުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އެފްއޭއެމް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް އޮތީ ހޮނިހިރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގަ އެވެ. އެ ހރަކާތުގައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔައިރު، ޤައުމީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

ބޮޑުބެރާއި، ކުޑަ ކުދިންނާ ގުޅޭ އެކި އެކި ކަންތައްތަކާ އެކު ކުރިއަށް ގެންދިޔަ ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ޤައުމީ ޓީމަށް ސަޕޯޓު ހޯދުމާއި، ފުޓުބޯޅައިގެ ފޯރި ގެނައުން އަދި ޚާއްސަކޮށް ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅޭ މެޗު ޕްރޮމޯޓު ކުރުމެވެ.

ތަަޖަކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ޤައުމީ ޓީމު ވަނީ 2-0 އިން ބަލިވެފަ އެވެ. އެ މެޗު އޮތީ ތަޖަކިސްތާންގަ އެވެ. ދެ ވަނަ މެެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ޤައުމީ ޓީމު ނިކުންނާނީ އަންގާރަ ދުވަހު އެވެ. އެ މެޗު އޮތީ ރާއްޖޭގެ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. އެފްއޭއެމް އިން އަންނަނީ އެ މެޗުގައި ޤައުމީ ޓީމަށް ސަޕޯޓު ކުރުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅޭ މެޗުގެ ޓިކެޓު ވެސް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. އެގޮތުން ޓިކެޓުގެ އަގު ތަކަަށް ބަލާއިރު، ސިޑިބަރިން ޓިކެޓު ވިއްކަނީ 50 ރުފިޔާ އަށެވެ. އަދި ގޮނޑި ބަރިން ޓިކެޓި ވިއްކަނީ 100 ރުފިޔާ އަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޭޝަންގައި އަމިއްލަ ދަނޑުގައި ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، އެ މެޗުގައި ޤައުމީ ޓީމަށް ރާއްޖޭގެ ސަޕޯޓަރުންފެ ސަޕޯޓު ވަރަށް މުހިންމު ވާނެ އެވެ. ޤައުމީ ޓީމު ކުޅޭ މެޗު ތަކުގައި ސަޕޯޓަރުންގެ ސަޕޯޓު ބޭނުންވާ ކަމަށް މީގެ ކުރިން ޤައުމީ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ ޓިމޯ ލެސްޓޭ އަތުން ވެސް ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ވަނީ ތަޖަކިސްތާން އަތުން އެ ޤައުމުގައި ބަލިވެފަ އެވެ.

ގައުމީ ހޭންޑްބޯލް ޓީމުއޭޝިއަން ކަޕް ކޮލިފައިންފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު