Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފިކޭޝަން

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި އެ ޤައުމާ ދެކޮޅަށް ރާއްޖެ އިން ކުޅޭނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ވަނަ މެޗުގައި އަމިއްލަ ޤައުމުގައި އެ ޓީމާ ދެކޮޅަށް ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2025 | ހޯމަ 08:15
ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު ފުރައިފި އެވެ.

ހޯމަ ދުވަހު ޤައުމީ ޓީމު ފުރާފައިވާއިރު، އެ މެޗުގެ ކުރިން ޤައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފަ އވެެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި އެ ޤައުމާ ދެކޮޅަށް ރާއްޖެ އިން ކުޅޭނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ވަނަ މެޗުގައި އަމިއްލަ ޤައުމުގައި އެ ޓީމާ ދެކޮޅަށް ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޤައުމީ ޓީމުން ތަޖަކިސްތާނާ ދެކޮޅަށް ކުޅުމަށް ފުރާފައިވާއިރު، މިދިޔަ މަހު ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ލަންކާ ބަލި ކޮށްފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ އެއްވަރުވެފަ އެވެ.

ތަޖަކިސްތާން މެޗުގެ ކުރިން ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފައި ވަނީ، އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވުން ކަމަށެވެ. ޚާއްސަކޮށް އެންމެ ފަހުން ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕަށްވުރެ، މިހާރު ކުޅުންތެރިން ޙާލަތު ރަނގަޅު ވެފައިވާ ކަމަށް މޯހަން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ ލީގު މިހާރު ފަށާފައިވާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުން ރަނގަޅުވެފައިވާ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ލީގު ފެށިފައިވުމުން، މީގެ ކުރިން ދިމާވި މައްސަލަ ނުވަތަ ޕްރެޝަރު ކުޑަ ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެކަން ފާހަގަ ކުރަމުން މޯހަން ބުނީ ގިނަ ދުވަސް ތަަކަކަށް ފަހު ލީގު ފެށިފައިވުމަކީ ފުޓުބޯޅަ އަށް ރަނގަޅެއް ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ ޓިމޯ ލެސްޓޭ އަތުން ވެސް ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ނޮވެމްބަރު މަހު ކުޅޭނީ އަމިއްލަ ޤައުމުގައި ފިލިޕީންސްއާ ދެކޮޅަށެވެ.

ގައުމީ ހޭންޑްބޯލް ޓީމުއޭޝިއަން ކަޕް ކޮލިފައިން

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު