Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިިފައިން

ޗައިނާ އަތުން ރާއްޖެ ބަލިވީ ނުވަ ލަނޑުން

26 އޮކްޓޯބަރު 2024 | ހޮނިހިރު 04:23

ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެފައިވާއިރު، ރާއްޖެ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2024 | ހޮނިހިރު 04:23
ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން | އޭއެފްސީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ކުޅުނު ހަތަރު ވަނަ މެޗުގައި ޗައިނާ އަތުން ވެސް ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

ރާއްޖެ އިން ވަނީ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ އެއްވަރުކޮށްފަ އެވެ. އެއީ ބޫޓާން އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ދެވަނަ މެޗުގައި ބަހްރެއިން އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ރާއްޖެ އިން އުންމީދީ ކުޅުމެއް ދެއްކި އެވެ. ތިން ވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވީ 13 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

އޭގެ ފަހުން ހަތަރު ވަނަ މެޗުގައި ހުކުރު ދުވަހު ރާއްޖެ އިން ނިކުތީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ޗައިނާ އިން ކާމިޔާބު ކޮށްފައި ވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗައިނާ އިން ވަނީ ރާއްޖެ ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ޗައިނާ އިން ރާއްޖެ ކޮޅަށް ހަތް ލަނޑު ޖެހި އެވެ. ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅުނު މެޗުގައި ވެސް ކެޕްޓަން މުޙައްމަދު އިލާން އިމްރާން އަދި ޔޫސުފް އަޔާން އާމިރު ނުކުޅެ އެވެ. އެ ދެ ކުޅުންތެރިން ވެސް ކުޅެފައި ނުވަނީ ބަހްރެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެފައިވާއިރު، ރާއްޖެ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ބަހްރެއިން އަތުން ވެސް މޮޅުވި ކޮރެއާ އެވެ. ތިން މެޗުންް އެ ޓީމު މޮޅުވެފައިވާއިރު، އެއް ވަަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ޗައިނާ ވެސް ތިން މެޗުން މޮޅުވެފައިވާއިރު، އެއް ވަނަ ކަނޑައެޅޭނީ ކޮރެއާ އަދި ޗައިނާ ކުޅޭ ފަހު މެޗުންނެވެ.

އޭޝިއަން ކަޕް ކޮލިފައިން17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 ޖޫން 2025

އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް

04 ޖޫން 2025
އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް
24 އޮކްޓޯބަރު 2024

ކޮރެއާ އިން ޒުވާން ޓީމު ކޮޅަށް 13 ލަނޑު ޖަހައިފި

24 އޮކްޓޯބަރު 2024
ކޮރެއާ އިން ޒުވާން ޓީމު ކޮޅަށް 13 ލަނޑު ޖަހައިފި
22 އޮކްޓޯބަރު 2024

ބަހްރެއިން އަތުން ޒުވާން ޓީމު ބަލިވެއްޖެ

22 އޮކްޓޯބަރު 2024
ބަހްރެއިން އަތުން ޒުވާން ޓީމު ބަލިވެއްޖެ
23 ސެޕްޓެމްބަރު 2024

ފުރަތަމަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ އެއްވަރު ކޮށްފި

23 ސެޕްޓެމްބަރު 2024
ފުރަތަމަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ އެއްވަރު ކޮށްފި
14 ސެޕްޓެމްބަރު 2023

އޭޝިއަން ކަޕަށް 74 ރެފްރީން ހޮވައިފި

14 ސެޕްޓެމްބަރު 2023
އޭޝިއަން ކަޕަށް 74 ރެފްރީން ހޮވައިފި
19 ސެޕްޓެމްބަރު 2022

ފަހު މެޗުގައި މިޔަންމާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ

19 ސެޕްޓެމްބަރު 2022
ފަހު މެޗުގައި މިޔަންމާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
13 ސެޕްޓެމްބަރު 2022

ޒުވާން ޓީމު ކޮޅަށް ސައުދީން 11 ލަނޑު ޖަހައިފި

13 ސެޕްޓެމްބަރު 2022
ޒުވާން ޓީމު ކޮޅަށް ސައުދީން 11 ލަނޑު ޖަހައިފި
14 ޖޫން 2022

ހަމްޕުގެ ލަނޑުން ރާއްޖެއަށް މޮޅެއް

14 ޖޫން 2022
ހަމްޕުގެ ލަނޑުން ރާއްޖެއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް