Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން

ތައިލެންޑް ބަލިކުރެވޭނީ އެއްވެސް މިސްޓޭކެއް ނުހަދާ ކުޅެގެން: މޮރިއޭރޯ

އޭޝިއަން ކަޕް އޮންނާނީ ޖޫން 16ން ޖުލައި 16ގެ ނިޔަލަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 14:55
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ

އޭޝިއަން ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖުގެ މެޗުގައި ތައިލެންޑް ބަލިކުރެވޭނީ އެއްވެސް މިސްޓޭކެއް ނުހަދާ ކުޅެގެންކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގގައި މާދަމާ ރާއްޖެ ނިކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު ބުނީ ވަރަށް ރަނގަޅަށް ކުޅެގެން ތައިލެންޑު ބަލިކުރެވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެހެންކަމުން މި މެޗުގައި ޑިފެންސް ވަރުގަދަ ކުރުމުގެ އިތުރުން ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހައިފިނަމަ ރާއްޖެއަށް މި މެޗު ކާމިޔާބު ކުރެވިދާނެކަމަށް މޮރިއޭރޯ ބުންޏެވެ. ނަމަވެސް އެއްވެސް މިސްޓޭކެއް ހަދައިފިނަމަ މެޗުން މޮޅުވެވުން ދުރުކަމަށް ކޯޗު ބުންޏެވެ.

ތައިލެންޑު ޓީމުން ކުޅޭ އަވަސް ކުޅުމާ، އެޓީމުގެ ވަރުގަދަ އެޓޭކިން ލައިނަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެކަން ކޯޗު ފާހަގަ ކުރިއެވެ. އަދި ލިބޭ ހުސް ޖާގަތަކުގައި އެޓީމުން ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާކަން ފާހަގަކޮށް މޮރިއޭރޯ ބުނީ އެފުރުސަތު އިދިކޮޅު ޓީމަށް ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ކޯޗު ބުނީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕުގެ ފޭވަރިޓުން ނުވަތަ އެންމެ މަގްބޫލް ޓީމްއަކީ އުޒްބެކިސްތާނު އެވެ. ނަމަވެސް އުޒްބެކިސްތާނު މެޗާމެދު ވިސްނާނީ މާދަމާ އޮންނަ މެޗު ނިމުމުން ކަމަށް މޮރިއޭރޯ ބުންޏެވެ. ކޮލިފައިންގ ގައި ރާއްޖެ ހިމެނެނީ ތައިލެންޑު، އުޒްބެކިސްތާނު އަދި ސްރީލަންކާއާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އުޒްބެކިސްތާނުގައެވެ.

ރާއްޖެ ޓީމުން އުޒްބެކިސްތާން އަށް ދަތުރުކުރީ ދިގު ދަތުރެއް ކޮށްފައިކަން ފާހަގަކޮށް މޮރިއޭރޯ ބުނީ އެގައުމަށް ދަތުރުކުރީ ޗުއްޓީ ހަދާލަން ނޫން ކަމަށެވެ. އެހެންކަމުން މެޗުތައް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ކޯޗު ބުންޏެވެ. މޮރިއޭރޯއާ އެފްއޭއެމްއިން ކޯޗުކަން ހަވާލުކުރިއިރު އޭނާއަށް ދީފައިވާ އެންމެ ބޮޑު ޓާގެޓާކީ މިއަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.

މޮރިއޭރޯ ބުނީ ރާއްޖެ ތަމްސީލުކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ޓީމުގެ ކުޅުންތެރިން އެމީހުންގެ 200 ޕަސެންޓު ދޭ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބޮޑެތި މެޗުތަކަށް ކުޅުންތެރިން ޚާއްސަ ސަމާލުކަމެއް ދޭކަން ކޯޗު ފާހަގަކުރިއެވެ.

ގްރޫޕުގެ ފޭވަރިޓުންގެ ގޮތުގައި ދެކެވިފައި އޮތީ އުޒްބެކިސްތާން އެވެ. އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާ، ހަ ގްރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށެވެ. އެހެންކަމުން ތައިލެންޑު މެޗުގައި ނަތީޖާ ނެރުން ރާއްޖެއަށް ވަރަށް މުހިންމެވެ.

ކޮލިފައިންގ ގައި ތައިލެންޑާއި ރާއްޖެ ބައްދަލުކުރާނީ މާދަމާ ހަވީރު 17:00 ގައެވެ. ކޮލިފައިންގގެ ދެވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އުޒްބެކިސްތާންއާއި ދެކޮޅަށެވެ. އޭގެ ފަހުން ކޮލިފައިންގ ގެ ފަހުމެޗުގައި ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭޝިއަން ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މިއަންނަ އަހަރުގެ ޖޫން 16ން ޖުލައި 16ގެ ނިޔަލަށެވެ. މުބާރާތް ބޭއްވުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ޗައިނާގައެވެ. ނަމަވެސް އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މުބާރާތް ނުބާއްވަން ވަނީ ނިންމާފައެވެ. އެހެންކަމުން މުބާރާތް ބާއްވާނެ ގައުމެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

ގައުމީ ހޭންޑްބޯލް ޓީމުގައުމީ ފުޓްބޯޅަ ޓީމުފްރެންސެސްކޯ މޮރިއޭރޯއޭއެފްސީ އޭޝިއަން ކަޕްއޭޝިއަން ކަޕް ކޮލިފައިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު