Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން

ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވެއްޖެ

އޮސްޓްރޭލިއާގައި އަންގާރަ ދުވަހުގެ މެންދުރު ކުޅުނު މެޗު ޓިމޯ ލެސްޓޭ އިން ކާމިޔާބު ކުރީ 1-0 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖޫން 2025 | އަންގާރަ 10:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ޓިމޯ ލެސްޓޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޓިމޯ ލެސްޓޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ބަލިވެއްޖެ އެވެ.

އޮސްޓްރޭލިއާގައި އަންގާރަ ދުވަހުގެ މެންދުރު ކުޅުނު މެޗު ޓިމޯ ލެސްޓޭ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޓިމޯ ލެސްޓޭ އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ރާއްޖެ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އަށް ލަނޑު ޖަހަން އެންމެ އެކަށީގެންވާ ފުރުސަތެއް ލިބުނީ އަލީ ފާޞިރު (ސެންޓޭ) އަށެވެ. ޓިމޯ ލެސްޓޭގެ އޭރިޔާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ހުރަސް ދަނޑިއާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިމޯ ލެސްޓޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮއާއޯ ޑަ ސިލްވާ އެވެ. އޭނާ އެ ލަނޑު ޖެހީ ޓިމޯ ލެސްޓޭގެ ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޓިމޯ ލެސްޓޭ އިން ލީޑު ފުޅާ ކުރުމަށް މަސައްކަތް ކުރިއިރު، ރާއްޖެ އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ވަނީ ފިލިޕީންސް އަތުން 4-1 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ޓިމޯ ލެސްޓޭ އަތުން ބަލިވެފައިވާއިރު، އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނާނީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދެ ވަނަ ލެގުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ.

އޭގެ ފަހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދެ ވަނަ ލެގުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު