Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ލަންކާ މުބާރާތުގައި ރާއްޖެ އެކަނި، ބަދަލުގައި ރަޙުމަތްތެރި ކަމުގެ މެޗުތަކެއް

ލަންކާގެ ދައުވަތު ރާާއްޖެ އިން ޤަބޫލު ކުރިއިރު، އިންޑިއާ އާއި، ބޫޓާން އަދި ޕާކިސްތާން ދައުވަތު ޤަބޫލު ކޮށްފައި ނުވާ ކަމަށް ލަންކާގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 04:21
ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން

ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން

ސްރީ ލަންކާގައި ބާއްވަން މަސައްކަތް ކުރި ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވަނީ ދިވެހި ރާއްޖެ އިން އެކަނި ކަމަށް ވާތީ، މުބާރާތުގެ ބަދަލުގައި ލަންކާ އާއި ރާއްޖެއާ ދެމެދު ރަޙުމަތްތެރި ކަމުގެ މެޗުތަކެއް ކުޅުމަށް ނިންމައިފި އެވެ.

ލަންކާގައި ބާއްވަން މަސައްކަތް ކުރި މުބާރާތަކީ، މިއަހަރު އެ ޤައުމުގައި ބާއްްވަން ހަމަޖައްސާފައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަސް ކުރަން ޖެހުމުން އޭގެ ބަދަލުގައި ބާއްވާ މުބާރާތެކެވެ. މިއަހަރުގެ ޖޫން މަހު ލަންކާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، ފަހުން ވަނީ އަންނަ އަހަރަށް މުބާރާތް ފަސްކޮށްފަ އެވެ.

އެއާއެކު ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން އިން ވަނީ ސުޕަ ކަޕް ފޯ ނޭޝަން ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފަ އެވެ. އެ މުބާރާތުގެ ދައުވަތު ލަންކާ އިން ވަނީ ހަތަރު ޤައުމަކަށް ފޮނުވައިފަ އެވެ. އެއީ ރާއްޖޭގެ އިތުރުން، އިންޑިއާ، ބޫޓާން އަދި ޕާކިސްތާން އަށެވެ. ލަންކާގެ ދައުވަތު ރާާއްޖެ އިން ޤަބޫލު ކުރިއިރު، އިންޑިއާ އާއި، ބޫޓާން އަދި ޕާކިސްތާން ދައުވަތު ޤަބޫލު ކޮށްފައި ނުވާ ކަމަށް ލަންކާގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން އިން ރާވާފައި އޮތީ ސުޕަ ކަޕް ފޯ ނޭޝަން ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން، ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާށެވެ. ނަމަވެސް، މުބާރާތުގައި އެކަށީގެންވާ މިންވަރަށް ޓީމުތަކުން ބައިވެރި ނުވުމުގެ ސަބަބުން ލަންކާ އަށް މުބާރާތް ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.

ނަމަވެސް، ހަމައެކަނި ރާއްޖެ އިން މުބާރާތުގެ ދައުވަތު ޤަބޫލު ކުރުމުން ލަންކާ އިން މިހާރު ވިސްނަމުން ދަނީ ލަންކާ އާއި ރާއްޖެއާ ދެމެދު ރަޙުމަތްތެރި ކަމުގެ މެޗުތަކެއް ކުޅުމަށެވެ. އެގޮތުން އ ދުވަސް ވަރު ރާއްޖެއާ ދެކޮޅަށް ލަންކާ އިން ދެ މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރުއާ ހަވާލާދީ އެ ޤައުމުގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ އެ ދެ މެޗުން ލަންކާ އަށް ގިނަ ގުނަ ފައިދާ ތަކެއް ކުރާނެ ކަމަށެވެ. އަދި އެ މެޗު ތަކުގެ ސަބަބުން، އޮކްޓޫބަރު ލަންކާ އިން ކުޅެން އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ޓީމަށް ރަނގަޅު ކުރިއެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް، ޖޭސްވާރު އުމަރުއާ ހަވާލާދީ މީޑިއާގައި ބުނެފައިވެ އެވެ.

ރާއްޖެ އިން އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅުނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅުނު މެޗެވެ. އެ މެޗުގައި ރާއްޖެ އިން ވަނީ ލަންކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ރާއްޖެ އާއި ލަންކާ އިން ވަނީ ޖުމުލަ 22 ފަހަރު ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ނުވަ މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. ތިން މެޗުން ލަންކާ މޮޅުވީއިރު، ދިހަ މެޗު ވަނީ އެއްވަރުވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ހޭންޑްބޯލް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު