Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުުސުޕަ ކަޕް ފޯ ފުޓުބޯޅަ ޗެމްޕިއަންޝިޕް

ސުޕަ ކަޕް ފޯ ނޭޝަންގެ ނަމުގައި ލަންކާ އިން މުބާރާތެއް ބާއްވަނީ

17 ޖޫން 2025 | އަންގާރަ 06:54

މިއީ ސްރީ ލަންކާ އިން ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މިއަހަރު ލަންކާގައި ބާއްވަން ހަމަޖެހިފައި އޮތް ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް)، ނުބާއްވަން ނިންމުމުން، އޭގެ ބަދަލުގައި އެ ޤައުމުން ރާވާ މުބާރާތެކެވެ.

ސްރީ ލަންކާ އިން މިވަގުތު ނިންމާފައި އޮތީ މުބާރާތުގެ ދައުވަތު ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް އަށް ދިނުމަށް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 06:54
އިންޑިއާ އާއި ދިވެހި ރާއްޖެ ބައްދަލު ކުރި ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗުގެ ތެރެއިން

އިންޑިއާ އާއި ދިވެހި ރާއްޖެ ބައްދަލު ކުރި ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗުގެ ތެރެއިން

"ސުޕަ ކަޕް ފޯ ފުޓުބޯޅަ ޗެމްޕިއަންޝިޕް"ގެ ނަމުގައި އަވަށްޓެރި ސްރީ ލަންކާ އިން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މިއީ ސްރީ ލަންކާ އިން ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މިއަހަރު ލަންކާގައި ބާއްވަން ހަމަޖެހިފައި އޮތް ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް)، ނުބާއްވަން ނިންމުމުން، އޭގެ ބަދަލުގައި އެ ޤައުމުން ރާވާ މުބާރާތެކެވެ.

މި މުބާރާތުގެ ދައުވަތު ލަންކާ އިން ސާފްގެ ޤައުމުތަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ސްރީ ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޖެސްވާރު އުމަރު ވިދާޅުވެފައި ވަނީ، ލަންކާ އިން ބާއްވާ އެ މުބާރާތަކީ ދެކުނު އޭޝިއާގެ ޤައުމުތަކަށް ބާއްވާ މުބާރާތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ސްރީ ލަންކާ އިން މިވަގުތު ނިންމާފައި އޮތީ މުބާރާތުގެ ދައުވަތު ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް އަށް ދިނުމަށް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި ލަންކާ އިން ބާއްވާ މި މުބާރާތުގެ މަޤުސަދަކީ ސަރަަހައްދުގެ ފުޓުބޯޅަ އިތުރަށް ކުރިއަރުވައި، ފުޓުބޯޅައިގެ ފޯރި ގަދަ ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.

ކުރިން ރާވާފައި އޮތީ ޖޫން މަހުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ފަސް ވަނަ ދުވަހަށް ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަން އޮތީ ސްރީ ލަންކާގަ އެވެ.

ނަމަވެސް، 2026 ވަނަ އަހަރަށް ސާފް ޗެމްޕިއަންޝިޕް މިހާރު ވަނީ ފަސްކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި ލަންކާ އިން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވެސް އޮތީ ރިޕޯޓު ކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގެ މާކެޓިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ސްޕޯޓްސްފައިވް އެވެ. އެ ކުންފުނިން ބޭނުން ވަނީ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިޔުމަށެވެ. އެހެން ނަމަވެސް، މިއަހަރުގެ މުބާރާތް އެ އުސޫލުގެ ދަށުން ކުރިއަށް ގެންދެވެން ނެތީ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް