Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވެރިކަމަށް އައުމުގެ ފަހަތުގައި ޗައިނާގެ އަތެއް!

ދެވަނަ ދައުރަކަށް ހޮވިވަަޑައިގެންނެވި ނަމަ ހިލޭ ބުރިޖެއް ލިބޭނެ ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 09:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އަދި އެމަނިކުފާނާއި ގާތްގުޅުމެއް އޮންނަ ޗައިނާގެ ރައީސް ޝީ ޖިން ޕިން (ކ)

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އަދި އެމަނިކުފާނާއި ގާތްގުޅުމެއް އޮންނަ ޗައިނާގެ ރައީސް ޝީ ޖިން ޕިން (ކ)

ސިޔާސީ އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކައެވެ. ވެރިކަމަށް އައުމަށް ވެވޭ ވައުދުތަކާއި ކުރަން ބޭނުންވާ ކަންކަމުގެ ވާހަކަތަކެވެ. ނަމަވެސް ނުފޫޒު ގަދަ ބާރަކުން ތިމަންނާ ވެރިކަމުގައި ހުންނެވި ނަމަ ނުވަތަ ދެވަނަ ދައުރަކަށް ވަޑައިގެންނެވި ނަމަ މިވެނި ކަމެއް ހިލޭ ކޮށްދެއްވާނޭ ބުނުމަކީ އަމިއްލަ ނަފްސު ވަކި ބަޔަކަށް ނުވަތަ ވަކި ބާރަކަށް ވިއްކާލާފައިވާކަމުގެ ހެއްކެވެ.

ސިޔާސީ މީހުންނަކީ ބައެއްފަހަރު ޕޯޑިއަމްތަކުގައި ވިދާޅުވެވޭ އެއްޗެއް ގިނަ ފަހަރު އެނގިވަޑައިނުގަންނަވާ ބޭފުޅުންނެވެ. ނަމަވެސް މިކަންކަމުގައި ވެސް ހުދޫދެއް އޮންނަން ޖެހެއެވެ. ދެކެވޭ ބައެއް ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއް ނަމަ، އެއީ މައްސަލައެކެވެ. އަދި ޤައުމުގެ މިނިވަންކަން ގެއްލުވާލެވޭ ފަދަ މޭރުމަކުން އެފަދަ ވާހަކަތައް ދެއްކެވުމަކީ މާބޮޑަށް ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އެއީ ގައުމީ މަސްލަހަތާއި ގުޅުން ހުރި ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ. އާންމު މީހަކު މިފަދަ ވާހަކައެއް ދެއްކި ނަމަ މިއީ ސަމާސާއެއް ކަމުގައި ވެސް ބެލިދާނެއެވެ. ނަމަވެސް ގައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމަކީ ކަމާ ބެހޭ އިދާރާތަކުން އެކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައިގެން ބަލަން ޖެހޭ ކަމެކެވެ.

ތިމަން މަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަ ޗައިނާއިން ތިމަލާމެ ބުރިޖު ހިލޭ އަޅުއްވައިދެއްވާނެކަމަށް ވިދާޅުވުމުން، އެމަނިކުފާނުގެ ވެރިކަމުގައި އަދި ވެރިކަމަށް ވަޑައިގަތުމަށް ޗައިނާގެ ނުފޫޒު އޮތް މިންވަރު މިކަމުން ހާމަވެގެންދެއެވެ. މިއީ މީހަކު ދައްކާތީ އަޑު އެހި ވާހަކައެއް ނޫނެވެ.

"ޗައިނާގެ ސަރުކާރުން، އެ ގައުމުގެ ރައީސް ޝީ ޖިން ޕިން ވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ހިލޭ ބުރިޖެއް ދެއްވަން ވިދާޅުވެފައި" ކަމުގައި ވިދާޅުވެ އެކަމާއި ފަހުރުވެރިވެވަޑައިގެންނެވި އިރު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ މިއަދު ދައްކަވާ ބައެއް ބޭފުޅުން ތިއްބެވީ ހިނިފުޅުވަޑުވާ އަތްތިލަ ބަޑިޖައްސަވާށެވެ. ގައުމުގެ މިނިވަންކަން ގެއްލިދާނެތީ އެންމެ ފަހަރަކު ވެސް ކަންބޮޑުވެވަޑައިގެންނެވި ތަނެއް ނުފެނެއެވެ.

ރައީސް ޔާމީނަށް ޗައިނާއިން ބުރިޖެއް ހިލޭ އަޅުއްވާ ދެއްވާނެ ވާހަކައާއި އެ ފަދަ ވާހަކަތަކަކީ މިއަދު ދިވެހިންނަށް ސަޕްރައިޒެއް ނޫނެވެ. ސަބަބަކީ ދިވެހިންގެ ދިގު މާޒީގައި އެކި ދުވަސްވަރު އެތަކެއް އެހީތެރިކަމެއް ފޯރުކޮށްދިން އިންޑިއާ ބޮލަށް ފައިން އަރާ އިންޑިއާގެ ހަތުރަކާއި ގާތްގުޅުމެއް ބާއްވާ، އިންޑިއާއަކީ މި ދުނިޔެމަތީގައި އެންމެ ނުބައިވެގެންވާ ތަންކަމުގައި ދައްކަން މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން ވެސް ޗައިނާގެ ނުފޫޒު ރައީސް ޔާމީންގެ ވެރިކަމުގައި އޮތް މިންވަރު ނިކަން ބޮޑަށް ހާމަވެގެންދިޔުމެވެ.

ހަމަ އެހެންމެ އިންޑިއާއިން މިހާރު އޮތް ސަރުކާރާއެކު އަލުން ގުޅުން ބަދަހިކޮށް ދިވެހި ރައްޔިތުންނަށް އެތަކެއް އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއެއް ގެނެސްދެމުން ދާއިރު، ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފެއްޓެވި އިންޑިއާ އައުޓް ކެމްޕެއިނަކީ ވެސް ސީދާ ވަކި ނުފޫޒެއް އޮވެގެން ބަޔަކު ކުރުވާ ކަމެއްގެ ގޮތުގައި އާންމުން ބުނަމުން ދިޔަ ވާހަކައަށް މިއަދު ބާރު ލިބިގެންދެއެވެ.

އިންޑިއާއާއި ޗައިނާއަކީ ޒަމާނުއްސުރެ ދެ ހަތުރުންނެވެ. އެހެންކަމުން އިންޑިއާ ކަނޑުގައި ވަކި ގައުމެއްގެ ބާރު އޮންނަން ދެގައުމުން ވެސް ބޭނުން ނުވެއެވެ. ވަކިން ހާއްސަކޮށް ޗައިނާއިން އެފަދަ ކަމެއް ބޭނުން ނުވާ އިރު، ނުސީދާ ގޮތެއްގައި ރައީސް ޔާމީން މެދުވެރިއަކަށް ހުންނަވާ ދިވެހިރާއްޖެއާއި އިންޑިއާ އާމެދު ނަފްރަތު އުފެއްދެވުމަށް ޗައިނާއިން ބޭނުންކުރާ ޕަޕެޓަކީ ރައީސް ޔާމީން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔަކަން ހުދު އެމަނިކުފާނުގެ ދޫފުޅުން ހާމަވެގެންދާ ކަމަށް މިއަދު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އާންމުން އުފައްދާ ސުވާލަކީ ޗައިނާއިން ރާއްޖޭގައި ބުރިޖެއް ހިލޭ އަޅައިދޭންޖެހޭނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވީމަތޯއެވެ. އެއީ ދިވެހި ރައްޔިތުންނަށް ކޮށްދޭ ކަމެއް ނަމަ ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އެކަންކަން ކުރެވިދާނެ ކަމަށެވެ. އެހެންކަމުން އެއީ ދިވެހި ރައްޔިތުންނަށް ކޮށްދޭ ކަމަކަށްވުރެ ބޮޑަށް ރައީސް ޔާމީން މެދުވެރިއަކަށް ހުންނަވާ، ވަކި މަގްސަދެއް ހާސިލްކުރުމަށް ޗައިނާއިން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރައީސް ޔާމީނަކީ ގައުމީވަންތަ، ގައުމުގެ މިނިވަންކަމަށް ލޯބިފުޅު ކުރައްވާ ބޭފުޅެއް ނަމަ ވަކި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ނަމަ ނުވަތަ ހުންނެވި ނަމަ އެވެނި މިވެނި ކަމެއްކޮށްދެއްވާނެއޭ ވަކި ގައުމަކުން ބުނުމަކީ ސީދާ ގައުމު ވިއްކާލާފައިވާ ކަމުގެ ހެއްކެކެވެ.

މި ސަރުކާރުން ކުޑަ އަގެއްގައި ބުރިޖެއް އަޅާތީ އެކަމާއި ހިތްހަމަނުޖެހިވަޑައިގެން ދެއްކެވި ވާހަކަފުޅަކީ ވަރަށް ކަންބޮޑުވާން ޖެހޭ ވާހަކައެކެވެ. ވިދާޅުވީ މިހާރު އެ އަޅާ ބުރިޖަކީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ހިލޭ އަޅުއްވާދެއްވާނެ ބުރިޖެއްކަމަށް ޗައިނާގެ ސަރުކާރުން، އެ ގައުމުގެ ރައީސް ޝީ ޖިން ޕިން ވިދާޅުވެފައިވާ ކަމަށެވެ.

މިއީ ރައީސް ޔާމީނާއި ދެކޮޅަށް ދިވެހި ރައްޔިތުން ފާޅުގައި ބަސްބުނަންޖެހޭ ސަބަބެކެވެ. ގައުމުގެ މިނިވަންކަން މިހާ ބޮޑައް އެމަނިކުފާނުގެ ވެރިކަމުގެ ގެއްލިގެން ހިނގައިދާނެކަމުގެ ނިޝާނެކެވެ. ވަކި ނުފޫޒަކަށް ގެއްލި ދިވެހިންގެ މިނިވަންކަމަށް ވުރެ އެމަނިކުފާނުގެ ސިޔާސީ ގޭމު މިކަންކަމުގައި އިސްކުރައްވާކަން ހާމަވެގެންދާ ކަންކަމެވެ.

ޗައިނާކުރީގެ ރައީސް ޢަބްދުﷲ ޔާމީންސިނަމާލެ ބުރިޖުތިލަމާލެ ބްރިޖްއިންޑިއާ އައުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ސިނަމާލެ ބްރިޖުގައި ޕިކަޕެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދެނީ

ސިނަމާލެ ބްރިޖުގައި ޕިކަޕެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދެނީ

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު