Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަމާލެ ބްރިޖު

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025 | ބުރާސްފަތި 09:17

1 ޖުލައި 2025 ގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މުޅި ބްރިޖް މަޝްރޫއުގެ 60.84 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2025 | ބުރާސްފަތި 09:17
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލޭ ބްރިޖުން މިހާތަނަށް 67 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ބުނީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ތާވަލްއާ އެއްގޮތަށް ކުރިއަށް ދާ ކަމަށާއި، މިހާތަނަށް 67.4 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

67.4 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، 1 ޖުލައި 2025 ގައި މިނިސްޓަރު، ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ މުޅި ބްރިޖް މަޝްރޫއުގެ 60.84 ޕަސެންޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި 30 މެއި 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މާލެއިން ވިލިމާލެ އަށް 31 ޑިސެންބަރު 2025ށް، މާލެއިން ގުޅިފަޅަށް 31 މާރިޗް 2026ށް، ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރު 2026ށް ނިންމަން އަމާޒު ހިފައިވާ ކަމަށެވެ.

މިސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާއިރު، ބްރިޖުގެ މަސައްކަތުގެ ސްޕީޑް ވަރަށް ދަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައި ވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެ އެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެވެ.

ތިލަމާލެ ބްރިޖްޑރ. ޢަބްދުﷲ މުއްޠަލިބުމިނިސްޓްރީ އޮފް ހައުސިން

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2025

ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ

13 ނޮވެމްބަރު 2025
ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
09 ޖޫން 2024

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
07 މެއި 2024

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
04 މެއި 2024

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
07 އެޕްރީލު 2024

ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި

07 އެޕްރީލު 2024
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
01 އެޕްރީލު 2024

ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް

01 އެޕްރީލު 2024
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
20 މާރިޗު 2024

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް