Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތެވޭޒް ކުޅުން ހުއްޓާލުން

ޔުނައިޓެޑް އާއި، ސިޓީގެ ކުރީގެ ފޯވާޑް ތެވޭޒް ކުޅުން ހުއްޓާލައިފި

4 ޖޫން 2022 | ހޮނިހިރު 14:18

ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ޖޫން 2022 | ހޮނިހިރު 14:18
ތެވޭޒް ސިޓީއާއެކު ތަށި އުފުލާލަނީ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ތެވޭޒް ސިޓީއާއެކު ތަށި އުފުލާލަނީ: ފޮޓޯ-މެންޗެސްޓަރ ސިޓީ

މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީގެ ކުރީގެ ފޯވާޑް ކާލޯސް ތެވޭޒް ކުޅުން ހުއްޓާލައިފިއެވެ. އާޖެންޓީނާގެ ޤައުމީ ޓީމަށްވެސް ކުޅުނު ފޯވާޑް ކުޅުން ހުއްޓާލީ 38 އަހަރުގައެވެ.

ތެވޭޒް ވަނީ ސިޓީއާއި ޔުނައިޓެޑްގެ އިތުރުން ޕްރިމިއަރ ލީގުގެ ވެސްޓްހޭމްއަށްވެސް ކުޅެފައެވެ. ތެވޭޒް ކުޅުން ހުއްޓާލިކަން އިއުލާންކުރިއިރު ބޮކަ ޖޫނިއަރސްއަށް މިދިޔަ އަހަރުގެ ޖޫން މަހު ކުޅުނު ފަހުން މެޗެއް ނުކުޅެއެވެ. ތެވޭޒް ބުނީ 20 އަހަރުގެ ކެރިއަރު ނިންމާލީ އޭނާގެ މެކްސިމަމް ދިނުމަށްފަހުކަމަށެވެ. އެކަމަކު ހުއްޓާލުމުގެ ނިންމުން އައީ މިދިޔަ އަހަރު އޭނާގެ ބައްޕަ މަރުވެ, ލިބުނު ހިތާމަތަކާ ގުޅިގެންކަމަށް ތެވޭޒް ބުނެފައިވެއެވެ.

ތެވޭޒް ބުނީ އޭނާ ކުޅުން ހުއްޓާލީ ކުރިމަތީގައި ހުށަހެޅުންތަކެއް ހުއްޓާ ކަމަށެވެ. އޭގެތެރޭގައި އެމެރިކާގެ ހުށަހެޅުންތައްވެސް ހިމެނެއެވެ. މިދިޔަ އަހަރުވެސް ކުޅުން ހުރިއަށް ގެންދިއުންވީ އުނދަގޫ ކަމަކަށް ކަމަށްވެސް ތެވޭޒް ބުނެފައިވެއެވެ. ތެވޭޒްގެ ބައްޕަ މަރުވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ކޯވިޑް ޖެހިގެންނެވެ. ތެވޭޒް ވަނީ އިންގްލެންޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސްއާއި, ބްރެޒިލްގެ ކޮރިންތިއަސްއަށްވެސް ކުޅެފައެވެ. އަދި ޗައިނާ ލީގުގައިވެސް އޭނާ ކުޅުނެވެ.

ޤައުމީ ޓީމާއެކު ހާޞިލްކުރެވުނު ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރު އޮލިމްޕިކް ރަން މެޑެއްޔެވެ. ޤައުމީ ޓީމަށް ތެވޭޒް 75 މެޗު ކުޅުނެވެ. މެންޗެސްޓަރ ޔުނައިޓެޑްއާއިއެކު ޕްރިމިއަރ ލީގު ދެފަހަރު އަދި ޗެމްޕިއަންސްލީގު އެއްފަހަރު ހޯދިއެވެ. ސިޓީގައިވެސް ޕްރިމިއަރ ލީގު އުފުލާލިއެވެ. ޕްރިމިއަރ ލީގުގައި ހޭދަކުރި ހަތް އަހަރުން 84 ގޯލް ޖެހިއެވެ.

ތެވޭޒް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާ ކުޅުނު ކްލަބްތަކުން ވަނީ އެކްލަބްތަކަަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް, ކުރިމަގުގައި ކާމިޔާބީއަށް އެދިފައެވެ.

ޕްރިމިއަރ ލީގު

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް