Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަންކީޕޮކްސް

އެމެރިކާއިން މަންކީޕޮކްސްގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ބުދަ ދުވަހުގެ ނިޔަލަށް އެގައުމުގެ 10 ސްޓޭޓަކުން 19 ކޭސްއެއް އަލަށް ފެނިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 14:05
މަންކީޕޮކްސް އަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

މަންކީޕޮކްސް އަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

ބުދަ ދުވަހުގެ ނިޔަލަށް އެމެރިކާ އިން މަންކީޕޮކްސްގެ އިތުރު 19 ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ. މަންކީ ޕޮކްސްއަކީ ގައިގެ ހަންގަޑަށް ޖެހޭ ބައްޔެކެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވަނީ ބުދަ ދުވަހުގެ ނިޔަލަށް އެގައުމުގެ 10 ސްޓޭޓަކުން 19 ކޭސް އަލަށް ފެނިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ކެލިފޯނިއާ، ކޮލަރާޑޯ، ޖޯޖިއާގެ އިތުރުން މެސަޗޫސެޓްސް، ނިއުޔޯކް، ޕެންސިލްވޭނިއާ އަދި އަދި އުޓާގެ އިތުރުން ވަރޖީނިއާއި އަދި ވޮޝިންގްޓަނުން ވެސް ވަނީ ފެނިފައެވެ.

ޖޯޖިއާ، ނިއުޔޯކް އަދި ކެލިފޯނިއާއިން ނިމިގެންދިޔަ 24 ގަޑި އިރު ތެރޭގައި އައު ކޭސްތައް ރިޕޯޓްކޮށްފައިވެއެވެ. ޗިކާގޯ، ފިލަޑެލްފިއާ އަދި ލޯސްއެންޖަލިސް ކައުންޓީން ވަނީ ބުރާސްފަތި ދުވަހު އެ ސްޓޭޓްތަކުން އަލަށް ކޭސްތައް ފެނިފައިވާކަން އިއުލާންކޮށްފައެވެ. އަދި ކޭސްތަކާއި ގުޅިގެން ސީޑީސީގެ ޖަވާބެއް ލިބެންދެން މި ސްޓޭޓްތަކުން ދަނީ އިންތިޒާރުކުރަމުންނެވެ.

ޗިކާގޯގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުނެފައިވަނީ އެ ސްޓޭޓްގެ ހަރު އުމުރު ފުރައިގެ ފިރިހެނަކު ދާދި ފަހުން ޔޫރަޕަށް ދަތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިލިޑެލްފިއާގެ ހެލްތް ޑިޕާޓްމަންޓުން މަންކީޕޮކްސް ޖެހުނު މީހާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ލޮސްއެންޖަލިސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުނެފައިވަނި އެ ސްޓޭޓުން ފެނުނު ކޭސްގައި ހިމެނެނީ ދޮށީ އުމުރުގެ މީހެއް ކަމަށާއި، އޭނާ ދާދި ފަހުން ދަތުރުކޮށްފައިވާ އިރު، މަންކީޕޮކްސް ޖެހުނު މީހަކާއި ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާގެ ފަރާތުން އަލާމާތްތައް ފެނުނު ނަމަވެސް އެޑްމިޓްކޮށްފައި ނުވެއެވެ. އަދި އޭނާ އެކަހެރި ކޮށްފައިވާ ކަމަށް ހެލްތް ޑިޕާޓްމަންޓުން ބުނެއެވެ.

މިހާތަނަށް އައި އިރު އެމީހުން ބައްޔަށް ހުށައެޅުނީ ކިހިނެއް ކަމަށް ދެނެގަނެވިފައި ނުވެއެވެ. މަންކީޕޮކްސްގެ ސަބަބުން އާންމުންގެ ތެރޭގައި ނުރައްކާ އޮތް މިންވަރު ދަށް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ނަމަވެސް މަންކީޕޮކްސް ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާ މީހެއް ނަމަ އެމީހަކަށް އޮތް ނުރައްކާ ބޮޑުކަމަށް އޮފިޝަނުން ބުނެއެވެ.

ސީޑީސީ އިން ވަނީ ބަލިވެގެން އަންނަ މީހުންގެ ފަރާތުން ހަންގަޑުގައި ފިތްތަކެއް ނަގާފައި ހުރުން ފަދަ އަލާމާތެއް ފެންނަ ނަމަ ސަމާލުކަން ދިނުމަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އަންގާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މިހާތަނަށް އައި އިރު 30 ގައުމަކުން 550 މަންކީޕޮކްސްގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އަދި ވައިރަސް ފެތުރެމުންދާކަމަށް ވެސް ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދްނޮމް ވިދާޅުވީ ކުއްލި ގޮތަކަށް ގިނަ ގައުމުތަކުން މަންކީޕޮކްސް ފެނުމުން ދޭހަވަނީ ވައިރަސް އުޅޭކަން މީގެ ކުރިން ދެނެނުގަނެވި ވައިރަސް ފެތުރިފައިވުމުގެ ހެއްކެއް ކަމަށެވެ.

 މީގެ އިތުރުން ކޭސްތައް ފެންނަ މިންވަރަށް ބެލުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނުރައްކަލުގެ ލެވެލް މޮޑަރޭޓްއަށް ނުވަތަ އާދައިގެ މިންވަރަކަށް މައްޗަށް ޖައްސާލާފައެވެ.

ބަލީގެ އަލާމާތްތައް ނުފެނި ބަލި ޖެހޭ މީހުންގެ ފުށުން މަންކީޕޮކްސް ފެތުރޭކަން އަދި ދެނެގަނެވިފައިނުވާކަމަށް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވަނީ ބުނެފައެވެ. މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އިމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ އަލާމާތްތައް ނުފެނި ބަލި ފެތުރޭކަމާމެދު މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނަން ނޭނގޭކަމަށެވެ. ނަމަވެސް މާޒީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު މަންކީޕޮކްސް ފެތުރިފައިވާ މައިގަނޑު ގޮތަކީ އެއީ ނޫންކަމަށާއި ނަމަވެސް އެކަން ބަލަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން އަންނަނީ މިހާރު ފެންނަމުންދާ ކޭސްތަކާއެކު މިއީ ބައިނަލްއަގްވާމީ ލެވެލެއްގެ ޕަބްލިކް ހެލްތު އިމަރޖެންސީއެއްތޯ ކަނޑައެޅުމާމެދު މަޝްވަރާކުރަމުންނެވެ. މިހާތަނަށް ބައިނަލްއަގްވާމީ ފެންވަރުގެ ޕަބްލިކް ހެލްތު އިމަރޖެންސީއެއްކަމަށް ކަނޑައަޅާފައިވަނީ ކޮވިޑް-19 އާއި އެބޯލާ އެވެ.

މިހާތަނަށް އައި އިރު، މަންކީޕޮކްސް އުކާލާ ސިއްހީ އާލާތްތަކުން ފެތުރޭކަމަށް ސައިންސްވެރިން ވެސް ވަނީ ބުނެފައެވެ.

މަންކީ ޕޮކްސްއެމެރިކާދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު