Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުން

އިޓަލީ ވޯލްޑް ކަޕްގައި ނެތުމަކީ ލަދުގަންނަން ޖެހޭ ކަމެއް: ބާޖިއޯ

3 ޖޫން 2022 | ހުކުރު 12:01

2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށްވެސް އިޓަލީ ކޮލިފައި ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 ޖޫން 2022 | ހުކުރު 12:01
އިޓަލީގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ބާޖިއޯ

އިޓަލީގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ބާޖިއޯ

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ނެތުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އިޓަލީގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ބާޖިއޯ ބުނެފިއެވެ.

އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ފޯވާޑް ބާޖިއޯ ބުނީ އިޓަލީއަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށެވެ. އަދި ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ވޯލްޑް ކަޕުގައި ނުކުޅެވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ބާޖިއޯ ބުނީ އޭނަ ގަބޫލުކުރާ ގޮތުގައި ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އިޓަލީއަށް މިފަހަރުގެ ވޯލްޑް ކަޕުގައި އޮޓަމެޓިކް ޖާގައެއް ދޭން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައި އިޓަލީ ބަލިވެފައިވަނީ މަދު މެޗަކުންނެވެ. ބާޖިއޯ ބުނީ ކިތަންމެ މޮޅު ފުޓްބޯޅަ ޓީމެއް ވިޔަސް ދަށްކޮށް ދާ ދުވަހެއްގައި ބަލިވެދާނެ ކަމަށެވެ. އެ ގޮތުން އިޓަލީ އަށް ވެސް ދަށް ދުވަސް ދިމާވީ އެންމެ މުހިންމު ދަނޑިވަޅުތަކުގައި ކަމަށާއި ވޯލްޑް ކަޕަށް ކޮލިފައިނުވީ އެެ ސަބަބާ ހުރެ ކަމަށް ބުނެވިދާނެ ކަމަށް ބާޖިއޯ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށްވެސް އިޓަލީ ކޮލިފައި ނުވެއެވެ. ނަމަވެސް އޭގެ ފަހުން މޮޅު ކުޅުމެއް ދައްކާ އެޓީމުން ޔޫރޯ 2020 ކާމިޔާބުކުރިއެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕްގައި ސްވިޓްޒަލެންޑްގެ ފަހަތުން ދެ ވަނައިގައި ނިންމުމުން، އިޓަލީއަށް ޖެހުނީ ކޮލިފައިންގ ޕްލޭއޮފްގައި ކުޅޭށެވެ. ޕްލޭއޮފްގައި އިޓަލީ ބަލިވީ ނޯތު މެސެޑޯނިއާ އަތުންނެވެ. މި ބައްޔާއެކު އެޓީމަށް ވޯލްޑް ކަޕުގެ ޖާގަ ގެއްލުނީއެވެ.

ބާޖިއޯ ބުނީ އިޓަލީ ސްކޮޑުގައި އޭނާ ހުރި ނަމަ ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައި ވޯލްޑް ކަޕަށް ކޮލިފައިނުވުން ހަޖަމްކުރަން އުނދަގޫވާނެ ކަމަށެވެ.

އިޓަލީފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
22 ސެޕްޓެމްބަރު 2024

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

22 ސެޕްޓެމްބަރު 2024
އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
02 ޖުލައި 2024

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް