Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވިދާޅުވެފައި ވަނީ، ޣައްޒާގައި ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭންގެ ފުރަތަމަ މަރުޙަލާ އަށް އިޓަލީ އިން ވެސް މަރުޙަބާ ކިޔާ ކަމަށް. އަދި ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމަށް ސިފައިންގެ ބާރު ޤާއިމު ކުރަން ޖެހިއްޖެ ނަމަ، އިޓަލީ އިން އޮތީ ސިފައިން ފޮނުވުމަށް ވެސް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވެފައިވޭ.

އިޓަލީން ގާޒާގައި އިންސާނީ އެހީ ފޯރުކޮށްދީ އަލުން ބިނާކުރުމުގައި ބައިވެރިވުމަށް ތައްޔާރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޮކްޓޯބަރު 2025 | ހުކުރު 08:23
އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ

އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ | ރޮއިޓާސް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމަށް ސިފައިން ފޮނުވަން ޖެހިއްޖެ ނަމަ، އެކަމަށް ތައްޔާރަށް އޮތް ކަމަށް އިޓަލީ އިން ހާމަ ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ހަމާސް އާއި އިސްރާއީލް އިން ވަނީ ސުލްޙަ ޤާއިމު ކުރުމަށް އެއްބަސްވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް މަރުޙަބާ ކިޔަމުންނެވެ.

އެކަމާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވިދާޅުވެފައި ވަނީ، ޣައްޒާގައި ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭންގެ ފުރަތަމަ މަރުޙަލާ އަށް އިޓަލީ އިން ވެސް މަރުޙަބާ ކިޔާ ކަމަށެވެ. އަދި ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމަށް ސިފައިންގެ ބާރު ޤާއިމު ކުރަން ޖެހިއްޖެ ނަމަ، އިޓަލީ އިން އޮތީ ސިފައިން ފޮނުވުމަށް ވެސް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޓަޖާނީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ސުލްޙައާ ވަރަށް ކައިވެރިވެފައިވާ ކަމަށެވެ. އިޓަލީ އިން އަބަދު ވެސް އެމެރިކާގެ ޕްލޭން އަށް ތާއީދު ކުރާކަން ފާހަގަ ކުރައްވައި ޓަޖާނީ ވިދާޅުވީ، ހަނގުރާމަ ހުއްޓުވުން އިތުރަށް ޚަރުދަނާ ކުރުމަށާއި، އިތުރު އިންސާނީ އެހީ ފޯރުކޮށްދިނުމާއި އަދި ޣައްޒާ އަލުން ބިނާ ކުރުމުގައި ބައިވެރިވުމަށް ވެސް އިޓަލީ އިން އޮތީ ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން އިޓަލީގެ ފޮރިން މިނިސްޓަރު ޓަޖާނީ ވިދާޅުވެފައި ވަނީ، ފަލަސްޠީނު އަލުން އެއްބައިވަންތަ ކުރުމަށްޓަކައި ބައިނަލްއަޤުވާމީ ސުލްޙަ އާއި، ހުރިހާ އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. އަދި އިޓަލީ އިން އޮތީ އެ މައްސަލައިގައި ހުރިހާ ޤައުމަކާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް ދެ އަހަރުވެފައިވާއިރު، މުޅި ޣައްޒާ ވަނީ އެއްކޮށް ސުންނާފަތި ކޮށްލައިފަ އެވެ. އިސްރާއީލްގެ ލާއިންސާނީ އަނިޔާވެރި ހަމަލާ ތަކުގައި، ޣައްޒާ އިން ވަނީ މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

މީގެ އިތުރުން އިސްރާއީލް އިން ޣައްޒާގެ އިންސާނީ ޙާލަތަށް ވެސް ހުރަސް އަޅާފައިވާއިރު، މުޅި ޣައްޒާ ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި، ސާފު ބޯ ފެނާއި، ކާބޯ ތަކެއްޗާއި އަދި ޞިއްޙީ އެހީ އަށް ވެސް އިސްރާއީލް އިން ވަނީ ހުރަސް އަޅައިފަ އެވެ.

މަސްދަރު: ރޮއިޓާސް

އިޓަލީޣައްޒާއެންޓޯނިއޯ ޓަޖާނީއިޒްރޭލް-ޣައްޒާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

13 މާރިޗު 2026

އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

13 މާރިޗު 2026
އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
21 ފެބުރުއަރީ 2026

ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

21 ފެބުރުއަރީ 2026
ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި
18 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު