Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޯވީއެސް މާލޭގައި ހުޅުވުން

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

މެދުޒިޔާރާތް މަގުގައި ހުޅުވި އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރައިން ހަފުތާ ވަންދެން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މިއީ ރާއްޖޭގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 12:53
މެދުޒިޔާރާތް މަގުގައި ހުޅުވި އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރަ

މެދުޒިޔާރާތް މަގުގައި ހުޅުވި އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރަ

އިޓަލީވިލާތުގެ ހެދުން ވިއްކާ އެންމެ ބޮޑު އެއް ކުންފުނީގެ ފިހާރަ ''އޯވީއެސް'' މާލޭގައި ހުޅުވައިފިއެވެ.

އިޓަލީގެ ފެޝަން ދާއިރާގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމުގައިވާ އޯވީއެސް އަކީ، ޒަމާނީ ސްޓައިލްގެ ފޮނި ރޫހެއް އެކުލެވޭ، އަދި އަގުހެޔޮކަމާއި ޓްރެންޑީ ވަންތަކަމުގެ ޚާއްސަ މިސްރާބެއް ގެންގުޅޭ ކުންފުންޏެކެވެ. 1972 ވަނަ އަހަރު މިލާނުގައި އުފެދުނު މި ބްރޭންޑަކީ، ތަފާތު ރަހަތަކަށް އަމާޒުކޮށްފައިވާ ޝިކް އަދި ވަރސައިޓަލް ކަލެކްޝަންތަކުން މަޝްހޫރުވެ، ބައިނަލްއަގުވާމީ ފެޝަން މައިދާނުގައި މުހިންމު ދައުރެއް އަދާކުރާ ބްރޭންޑެކެވެ.

މެދުޒިޔާރާތް މަގުގައި ހުޅުވީ އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރައިން ހަފުތާ ވަންދެން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މިއީ ރާއްޖޭގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރައެވެ. މި ފިހާރައިގެ ތިރި ޚާއްސަކޮށްފައި ވަނީ އަންހެނުންގެ ހެދުމަށެވެ. މަތީބުރި ޚާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހެދުމަށެވެ. އޯވީއެސްގެ ފޭރަމަކީ ކޮލިޓީ ރަނގަޅު، ޑިޒައިން ރީތި ހެދުން ތަކެކެވެ.

މިއީ ހުރިހާ ގޮތަކުން ވެސް ތަފާތު ބްރޭންޑެކެވެ. އެގޮތުން ޑިޒަނަރެއް މެދުވެރިކޮށް ޕިއަންބޯގެ ޚާއްސަ ކަލެކްޝަނެއް ވަނީ ނެރިފައެވެ. މި ޑިޒައިން ވެސް ވަނީ އާއްމުންގެ މެދުގައި މަގުބޫލުވެފައެވެ.

މީގެ އިތުރުން އޯވީއެސްއިން ހެދުން އުފެއްދުމުގައި ބޭނުންކުރަނީ ރީސައިކަލްކޮށްފައިވާ ނުވަތަ އޯގޭނިކް ގޮތުގައި އުފައްދާ ކޮޓަންއެވެ. ދެމެހެއްޓެނިވި ގޮތުގައި ތަކެތި އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. ފެޝަން ޓްރާންސް ޕޭރެންސީ އިންޑެކްސްގައި ޖެހިޖެހިގެން 3 ފަހަރަށް އެ ކުންފުނިން ވަނީ އެއްވަނަ ހޯދާފައެވެ.

ބައިގަރުނު ކުރިން ތައާރަފުވި އޯވީއެސްއިން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެ ބްރޭންޑްގެ ވިޔަފާރިތައް ހިންގަމުންނެވެ. އެގޮތުން ޔޫރަޕާއި ލެޓިން އެމެރިކާ އަދި އޭޝިއާގެ 35 ގައުމެއްގައި 1285 ފިހާރަ ހިންގައެވެ.

އޯވީއެސް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 10:00ން ހަވީރު 6:00އަށެވެ. ރޭގަނޑު ހުޅުވާފައި ހުންނާނީ 8:00ން 10:30 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 4:00ން 6:00 އަށް އަދި ރޭގަނޑު 8:00ން 10:30 އަށެވެ.

އޯވީއެސް އިޓަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން

އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން

24 ޖޫން 2024

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު