Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުޑް އެންޑް ބެވަރެޖް ޝޯ

30 އެގްޒަބިޓަރުންނާއެކު، "ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 5 ވަނަ އެޑިޝަން ފަށައިފި

މި އެގްޒަބިޝަން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ރޭ 10:00އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޖޫން 2022 | ބުރާސްފަތި 14:19
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ހައިރައިޒްއިން ކޮންމެ އަހަރަކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޑް އެންޑް ބެވަރެޖް ޝޯގެ 5 ވަނަ އެޑިޝަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ. މިއީ 2019ގެ ފަހުން 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރެވެ. 2020އާއި 2021 ވަނަ އަހަރު މި ޝޯ ނުބޭއްވުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް ހައިރައިޒުން ބުންޏެވެ.

މި ޝޯއަކީ ރާއްޖޭގައި ކާބޯތަކެތީގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ހަރަކާތެކެވެ. މިއަހަރުގެ ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެެއްގެ ހަވީރު 4:00ން 10:00ށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގައި ތިބި އެފް އެންޑް ބީ ދާއިރާގެ ފަރާތްތައް އެއްތަނަކުން ދިމާވެ އެ ފަރާތްތަކުގެ ޕްރޮޑަކްޓުތައް އާއްމުންނަށާއި ވިޔަފާރިވެރިންނަށް ދައްކާލުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާ މުއްދަތުގައި އެގްޒަބިޓަރުންގެ އުފެއްދުންތަކުގެ އަޖުމަ ބަލާލައި އެ ފަރާތްތަކުގެ ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ލިބޭނެއެވެ.

ފުޑް އެންޑް ބެވަރެޖް ޝޯ ފައްޓަވައިދެއްވައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ކާބޯތަކެތީގެ ދާއިރާއަށް ވަރަށް މުހިންމު ހަރަކާތްތަކެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ކާބޯތަކެތީގެ ދާއިރާގެ ވިޔަފާރިތަކަށާއި އާންމުންނަށްވެސް އޭގެ ފައިދާ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ޝޯއެއްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ ކާބޯތަކެތީގެ އަގު ހެޔޮވުމަށް ވެސް ފުރުސަތު ލިބޭނެކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ތެރޭގައި ރާއްޖޭގެ އެފް އެންޑް ބީ ދާއިރާގެ ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ދާއިރާގެ ވިޔަފާރިތަކަކީ ދިވެހިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބަޔަކަށްވާތީ، އެ ދާއިރާގެ ސަޕްލަޔަރުންގެ ދައުރު އާންމު ދިރިއުޅުމުގައި މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޝޯގައި 30 އެގްޒަބިޓަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ދިވެހި ކުންފުނިތަކާއި ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ކުންފުނިތައްވެސް ހިމެނެއެވެ.

ޝޯ ކުރިއަށްދާ މުއްދަތުގައި އެތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައިވެސް ގުރުއަތު ނެގުން އޮންނާނެއެވެ. އަދި އެތަނުން ގަންނަ ތަކެތިން ޚާއްސަ ޑިސްކައުންޓްތައް ލިބޭއިރު، ތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މީގެ އިތުރުން އެގްޒަބިޓަރުން ވިއްކާ ތަކެއްޗާ ގުޅޭ މައުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

ހައިރައިޒް ޕްރައިވެޓް ލިމިޓަޑް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް

16 ސެޕްޓެމްބަރު 2023
ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް
26 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު

26 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު
24 ފެބުރުއަރީ 2023

އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!

24 ފެބުރުއަރީ 2023
އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!
23 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި

23 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި
18 ޑިސެމްބަރު 2022

10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް

18 ޑިސެމްބަރު 2022
10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް
17 ޑިސެމްބަރު 2022

5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި

17 ޑިސެމްބަރު 2022
5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
17 ޑިސެމްބަރު 2022

ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"

17 ޑިސެމްބަރު 2022
ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"
15 ޑިސެމްބަރު 2022

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި

15 ޑިސެމްބަރު 2022
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި
05 ނޮވެމްބަރު 2022

ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ

05 ނޮވެމްބަރު 2022
ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ
05 އޮކްޓޯބަރު 2021

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

05 އޮކްޓޯބަރު 2021
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު