Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސްލަމް މަޖިލީހަށް ވަޑައިގެންނެވުން

މަސައްކަތް ކުރަނީ ރައީސްގެ ވައުދުފުޅުތައް ފުއްދަން: މިނިސްޓަރު އަސްލަމް

މަޖިލީހުގައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅު ތަފާތު އެކި ގޮތްގޮތަށް މީހުން ދައްކަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 04:35
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ވައުދުފުޅުތައް ފުއްދެވުމަށްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ތިމަރަފުށީ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެ ޕްރޮޖެކްޓު ބަޔަކާ ޙަވާލު ކުރާނީ ކޮން އިރަކުތޯ މެމްބަރު ސުވާލު ކުރެއްވިއެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވަނީ އެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފު ކޮށްދެއްވާފައެވެ. އެހެންނަމަވެސް، އެއީ މިދިޔަ އަހަރުވެސް މިނިސްޓަރު މަޖިލިސް ޖަލްސާގައި ދައްކަވާފައިވާ ވާހަކަތަކެއްކަން މެމްބަރު ރިޔާޒް ފާހަގަކުރެއްވިއެވެ.

އޭޖެ ޖަވާބު މިނިސްޓަރު ވަނީ ދެއްވާފައެވެ. އެގޮތުން ތެދު އެއީ އެންމެ ރީތި ގޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެތަނުގައި ތޮށި ލުމަށް ހުރި މިންތަކާއި، ބާވަތްތަކާއި، ޑިޒައިން ހިއްސާކޮށް، ކައުންސިލުގެ މަޝްވަރާއާއެކު ޓެންޑަރަށް ފޮނުވާފައިވާ ކަމަށާއި، މިދިޔަ އަހަރު ދެއްވި ޖަވާބުގައި އެގޮތަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

މި ޖަލްސާގައި ގާފަރުގެ ބިން ދޫކުރުމާއި، ކާށިދޫއާއި ގާފަރުގައި އިންޓަގްރޭޓަޑް ރިސޯޓެއް ޤާއިމު ކުރުމާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މިނިސްޓްރީގެ ޒިންމާއަކީ ރަށްރަށުން ލޭންޑް ޔޫސް ޕްލޭން ހުށައެޅުމުން އެ ޕްލޭން ބަލައި، ފާސް ކުރުމެވެ. އެ މަރުޙަލާ ނިމުމަށްފަހު އިތުރަށް މިނިސްޓްރީން ދޭންޖެހޭ ހުއްދައެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އެގޮތުން ރައީސްގެ ވައުދުފުޅުތައް މިނިސްޓްރީގެ ދާއިރާއިން ފުއްދައިދެވޭނެ ކަމުގެ ޔަޤީންކަން ދެވިދާނެތޯ މެމްބަރު ސަލީމް ސުވާލު ކުރެއްވިއެވެ.

މެމްބަރު ސަލީމް އެހެން ވިދާޅުވީ، ދާދި ފަހުން މަޖިލީހުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. އެގޮތުން މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، "ކުން ފަޔަކުންގެ" އުސޫލު ހިނގާ ކަމަކަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ، ސަރުކާރުން ގިނަ ވައުދު ވަނީ ވައުދު ފުއްދުމުގެ ނިޔަތުގައި ނަމަވެސް ބައެއް ވައުދުތައް ވެވިފައި ހުންނަނީ އެ ކަމެއްގެ ހުރިހާ ތަފްސީލެއް ބެލުމެއް ނެތި ކަމަށް ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އެ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު ތަފާތު އެކި ގޮތްގޮތަށް މީހުން ދައްކަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުންނާއި ރައީސް ސާލިޙު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވުމަށް ސަރުކާރުގެ ވުޒާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އެކަމުގައި ދިމާވާ ގޮޮންޖެހުންތަކުގެ ވާހަކަތައްވެސް ދެއްކޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމިނިސްޓްރީ އޮފް ހައުސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު