Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތުޅާދޫ 100 ހައުސިންގ ޔުނިޓް

ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް ހަލާކުވަނީ

2 މާރިޗު 2025 | އާދީއްތަ 06:15

22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 2 މާރިޗު 2025 | އާދީއްތަ 06:15
ބ.ތުޅާދޫގައި އިމާރާތް ކޮށްފައި ހުރި ހައުސިން ޔުނިޓްތައް

ބ.ތުޅާދޫގައި އިމާރާތް ކޮށްފައި ހުރި ހައުސިން ޔުނިޓްތައް

ބ.ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް ހަލާކުވާން ފަށައިފިއެވެ.

މިއީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އިންފްރާސްޓްރަކްޗަރ އިން މިއަދާ ހަމައަށް އެއްވެސް ލިޔެކިއުމެއް ހަވާލުކޮށްފައިނުވާ ކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement
ތުޅާދޫގައި އިމާރާތް ކޮށްފައި ހުރި ހައުސިން ޔުނިޓްތައް

ތުޅާދޫގައި އިމާރާތް ކޮށްފައި ހުރި ހައުސިން ޔުނިޓްތައް

ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ މައްސަލާގައި ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ލަސްވެގެންދަނީ ހައުސިންގ ޔުނިޓާއި ގުޅުންހުރި މައްސަލަތަކެއް ކޯޓުގައި ހުރުމުން ކަމަށާއި، ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އަވަސް ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.

ރާއްޖެޓީވީއަށް ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް އިންޓަވިއު ދެއްވަނީ

ރާއްޖެޓީވީއަށް ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް އިންޓަވިއު ދެއްވަނީ

މީގެ އިތުރުން އާދިލް ވިދާޅުވީ ކޯޓުގައި އޮތް 4 މައްސަލާގެ ތެރެއިން 3 މައްސަލައެއް ނިމިފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ލިބޭލެއް ވަރަށް ކުޑަ. ޚާއްސަކޮށް މިކަމުގައި. ކޯޓު ހުކުމްގައި އިއުލާންކޮށްފައި އެންމެ ފަހުގެ އިއުލާންގައި އިން އުސޫލާ އެއްގޮތަށް ޕޮއެންޓް ދޭން. އަޅުގަނޑުމެން އިސްލާހެއް މީގެކުރިން ދެންނެވިއިރު، އިންނާނެ ޖުމްލަ 3 އިއުލާނެއް. އެއީ މުއްދަތު ހަވާން ދެ ތާރީހެއް. އޭގެ ތެރެއިން ކޮން ތާރީހެއްތޯ އަޅުގަނޑުމެން ކަނޑައަޅާނީ. މިއަދާ ހަމައަށް ވެސް އަދި އަދަދަށް ދާން ދެން ވެސް ޖަވާބެއް ނުލިބޭ. އަދި ކޮމެޓީގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވިފައި މިވަނީ މިނިސްޓްރީގެ ޖަވާބު ނައިސްގެން.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް
ހައުސިން ޔުނިޓްތައް ދޫނުކުރާ މައްސަލާގައި ތުޅާދޫ އާއްމުންގެ މީހެއް ކަންބޮޑުވުން ފާޅުކުރަނީ. އޭނާ ބުނިގޮތުގައި، 4 ކުދިން ގޮވައިގެން ދިރިއުޅެމުންދަނީ އެހެން މީހުންގެ ގެތަކުގައި އެއްކޮޓަރީގައި ކަމަށް.

ހައުސިން ޔުނިޓްތައް ދޫނުކުރާ މައްސަލާގައި ތުޅާދޫ އާއްމުންގެ މީހެއް ކަންބޮޑުވުން ފާޅުކުރަނީ. އޭނާ ބުނިގޮތުގައި، 4 ކުދިން ގޮވައިގެން ދިރިއުޅެމުންދަނީ އެހެން މީހުންގެ ގެތަކުގައި އެއްކޮޓަރީގައި ކަމަށް.

ތުޅާދޫގެ ހައުސިން ޔުނިޓެއް

ތުޅާދޫގެ ހައުސިން ޔުނިޓެއް

ބޯހިޔާވަހިކަން ދަތިކަން ވަރަށް ބޮޑަށް ތުޅާދޫއަށް ކުރިމަތިވެފައިވާއިރު، ހައުސިންގ ޔުނިޓްތައް ލިބިފައިވާ ބައެއް އާއިލާތައް ރަށުގައި ދިރިއުޅުމުންދަނީ ކުށްޔަށެވެ.

މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ މައްސަލައަށް އަހަރުވާން ކައިރިވެފައިވާ ކަމަށާއި، ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން އާއްމުން ރުޅި ގަދަވެ، ކައުންސިލް އިދާރާއަށް އެއްވެ މުޒާހަރާ ވެސް ކޮށްފައިވާ ކަމަށާއި، ނަމަވެސް އަވަސް މުސްތަގުބަލެއްގައި ހައުސިންގ ޔުނިޓްތައް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް އެމީހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބައެއް އާއްމު ރައްޔިތުން ކައުންސިލް ކުށްވެރި ކުރާއިރު، އަނެއް ބައި ރައްޔިތުން ދަނީ މިނިސްޓްރީ ކުށްވެރި ކުރަމުންނެވެ.

ފުރަތަމަ މައްސަލަ ދިމާވި ގޮތާއި ގުޅޭގޮތުން އާއްމުން ބުނެފައިވަނީ ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލި އުސޫލަށް ކައުންސިލުން ބައެއް އިސްލާހުތައް ގެނެސްފައިވާ ކަމަށާއި، އިސްލާހުތައް ގެނެސްފައިވަނީ މީހުން ފޯމް ހުށަހެޅި ފަހުން ކަމަށެވެ. އެ އިސްލާހުތައް ހުށަހެޅުމުގެ ކުރިން ބައެއް މީހުންނަށް ގިނަ ޕޮއިންޓް ލިބުނު ނަމަވެސް ފަހުން ގެނެސްފައިވާ އިސްލާހާއެކު ޕޮއިންޓް މަދުވާ ކަމަށް ކަމަށާއި، މިމައްސަލަ އާ ގުޅިގެން އާއްމުން ރުޅި ގަދަވެ، ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އެމީހުން ބުނެއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅި މީހަކު ރާއްޖެޓީވީއަށް ބުނެފައިވަނީ ފުރަތަމަ އެކުލަވާލި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެގޮތަށް އަމަލުކުރަން ބޭނުންނުވާކަން ކައުންސިލްގެ އަމަލުތަކުން ހާމަވާ ކަމަށެވެ.

ބައެއް މީހުން އިތުރަށް ބުނެފައިވަނީ ހައުސިންގ ޔުނިޓްތައް އަވަހަށް ދޫނުކުރެވޭ ކަމަށާއި، އެއީ ފަހުން އުސޫލަށް ގެނެސްފައިވާ އިސްލާހާއެކު ފޯމް ހުށަހެޅި މީހުން އަނެއްކާވެސް ކުރީގެ އުސޫލާ އެއްގޮތަށް ހައުސިންގ ޔުނިޓްތައް ދޫކުރާނަމަ މައްސަލަ ކޯޓަށް ވައްދާނެތީ ކަމަށެވެ.

ހައުސިންގ ޔުނިޓްތައް ދޫނުކުރާ މައްސަލާގައި ތުޅާދޫ އާއްމުންގެ މީހެއް ކަންބޮޑުވުން ފާޅުކުރަނީ- މިކައުންސިލަަށް ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ ކަމަށް ގަބޫލެއް ނުކުރާ ކަމަށް އެމީހާ ބުންޏެވެ.

ހައުސިންގ ޔުނިޓްތައް ދޫނުކުރާ މައްސަލާގައި ތުޅާދޫ އާއްމުންގެ މީހެއް ކަންބޮޑުވުން ފާޅުކުރަނީ- މިކައުންސިލަަށް ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ ކަމަށް ގަބޫލެއް ނުކުރާ ކަމަށް އެމީހާ ބުންޏެވެ.

ކައުންސިލުން ހެދި ގޯހަކުން އެ ހަވާލުނުކުރެވިގެން އުޅެނީ ވަރަށް ބޮޑު ގޯހެއްގެ ސަބަބުން. އުސޫލެއް ކަނޑައަޅައި، އެއުސޫލު އިއުލާންކޮށް އެއުސޫލަށް ބަޔަކު ފޯމް ލީފަހުން އެ އުސޫލަށް ބަދަލުތަކެއް ގެނައީ. އޭގެ ސަބަބުން މިހުރިހާ މައްސަލައެއް ކުރިމަތިވީ. ކައުންސިލުން ނޫނޭ ފާސްކުރީ. މިނިސްޓްރީންނޭ ފާސްކުރީ. ތިގޮތަށް ބަދަލު ގެނެސްފިއްޔާ ކުރިން ފޯމް ލާފައި ތިބި މީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނޭ. އެންމެ ރަނގަޅު ގޮތަކީ އެއްކޮށް ބާތިލްކޮށްފައި އަލުން އިއުލާން ކުރުމޭ.
ތުޅާދޫގެ އާއްމު ރައްޔިތެއް
ތުޅާދޫގެ ހައުސިން ޔުނިޓެއްގައި ހަރުކޮށްފައި ހުރި އިސްކުރުތައް ވަނީ ހަލާކުވެފައި

ތުޅާދޫގެ ހައުސިން ޔުނިޓެއްގައި ހަރުކޮށްފައި ހުރި އިސްކުރުތައް ވަނީ ހަލާކުވެފައި

ހައުސިންގ ޔުނިޓްތައް ދޫކުރާ އުސޫލާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ކައުންސިލުން ބުނެފައިވަނީ އުސޫލު އެކުލަވާ އިސްލާހު ގެނެސްފައިވަނީ މިނިސްޓްރީން ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ތުޅާދޫ ހައުސިންގ ޔުނިޓެއްގެ ސިޓިންގ ރޫޓް

ތުޅާދޫ ހައުސިންގ ޔުނިޓެއްގެ ސިޓިންގ ރޫޓް

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ 87،036،883.57 ރުފިޔާއަށެވެ. މިއީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސް އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް