Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގެ މައްސަލަަތައް

ހައުސިން އާއި ގުޅިގެން ސަރުކާރުން އޮޅުވާލާ ކަމުގެ ކަންބޮޑުވުން - " އެތައް ސްޓޭޓް މިނިސްޓަރުންނެއް ތިބި އިރު ހައުސިންގެ ކަންކަން ބަލާނެ ސްޓޭޓް މިނިސްޓަރެއް ނެތް"

ހައުސިން މިނިސްޓްރީން ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ އެމްޑީޕީ އާއި ބައްދަލުކުރަން ބޭނުން ނުވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 12:33
ހައުސިންގެ ކަންކަމާއި ގުޅިގެން އެމްޑީޕީން ހައުސިން މިނިސްޓްރީ އަށް ސިޓީ އެއް ހުށަހެޅުމަށް ފަހު، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާޢި މެމްބަރުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަނީ

ހައުސިންގެ ކަންކަމާއި ގުޅިގެން އެމްޑީޕީން ހައުސިން މިނިސްޓްރީ އަށް ސިޓީ އެއް ހުށަހެޅުމަށް ފަހު، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާޢި މެމްބަރުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަނީ

ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި އެތައް ސްޓޭޓް މިނިސްޓަރުންނެއް ތިބި އިރު ހައުސިންގެ ކަންކަމަށް ޚާއްސަ ސްޓޭޓް މިނިސްޓަރެއް ނެތުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހައުސިންގެ މަސައްކަތްތަކާއި މެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީން ވަނީ ހޯމަ ދުވަހު ހައުސިންގ މިނިސްޓްރީ އަށް ސިޓީ އަކުން އެކަންކަން ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެ ސިޓީ ހުށަހެޅުމަށް ފަހު ހައުސިންގ މިނިސްޓްރީ ސަރަހައްދުގައި ހުންނަވާ، ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިދާރީ އިބްރާޙިމް ވަހީދު ވިދާޅުވީ ހައުސިންގ މިނިސްޓްރީ އަށް އަންގާރަ ދުވަހު ދިއުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ހައުސިންގ މިނިސްޓްރީގެ އިންތިޒާމްތައް ދޯދިޔާކަން ފާހަގަކުރެވުނު ކަމަށާއި ހައުސިންގ މިނިސްޓްރީގެ ހާލަތު އޮތީ ކަންބޮޑުވާ މިންވަރަށް ގޯސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހައުސިންގ އާއި ގުޅުން ހުރި ކަންކަން އާއްމުންނަށް ސަރުކާރުން އޮޅުވާލާ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުންތައް ރާއްޖެއެމްވީ އާއި ހިއްސާކުރައްވާފައެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ. އެހެންނަމަވެސް ހޯމަ ދުވަހު ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަށް ދިއުމުން ހައުސިންގެ ކަންކަން ބަލަހައްޓާނެ ސްޓޭޓް މިނިސްޓްރެއް ނެތްކަން އެނގުނު ކަމަށް އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ. އެކަމުން އެކަނިވެސް ސަރުކާރަށް ހައުސިންގ އާއި ގުޅުން ހުރި ކަންކަމަށް އިސްކަން ނުދެވޭ މިންވަރު ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް މުއިއްޒުގެ އަރިސް ބޭފުޅުން ތިއްބަވައިގެން ހައުސިންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވައްކަމާއި އޮޅުވާލުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީ އަށް ސިޓީ ހުށަހެޅި އިރު އެމްޑީޕީ ސަރުކާރުގެ ކުރީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވަޑައިގަންނަވާފައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ގޯއްޗާއި ފްލެޓްތައް ނުދީ ލަސްވާ މައްސަލަ އާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކުރައްވާފައެވެ.

އެގޮތުން ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވީ އަހަރެއްހާ ދުވަސްވި އިރު ހައުސިންގެ މައްސަލަ އަށް ސަރުކާރަށް ހައްލު ހޯދާ ނުދެވުމަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ތަކުރާރުކޮށް އާއްމުންގެ ޝަކުވާތައް ސަރުކާރާއި ހިއްސާކުރި ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ނުދެއްވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރައްޔިތުންތަކަކަށް ދީފައިވާ ގޯއްޗާއި ފްލެޓް ނުދީ ހިފަހައްޓާފައި ބެހެއްޓުމަށް ފަހު ރަސްމާލެ އަށް އަނެއްކާވެސް ޚަރަދު ކުރާ ވާހަކަ ރައީސް ދެއްކެވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހައުސިންގެ ކަންކަމަކީ އެތައް ރައްޔިތުންތަކެއްގެ ޝަކުވާ އާއި ގުޅިފައިވާ ކަމެއް ކަމަށާއި އެކަން ސަރުކާރުން ބޭނުންހާ ގޮތަކަށް ކުރަން ދޫކޮށްގެން ނުތިބެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ހައުސިން މިނިސްޓްރީ އަށް ދިޔައީ ރައްޔިތުންގެ އެފަދަ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ބޭނުންވާތީ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީ އަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ހައުސިންގ ދާއިރާ އަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަމަށް ވިދާޅުވި ނަމަވެސް ހަގީގަތް އޮތީ އެއާއި ޚިލާފަށް ކަމަށެވެ. ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ޒިންމާތައް ވެސް ހަވާލުކޮށްފައި ނުވާ ކަމަށާއި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. ހައުސިންގެ ކަންކަމާއި ހަވާލުވެ، ޒިންމާ ނަގާނެ އެއްވެސް މީހެއް އެ ވުޒާރާގައި ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ. ހައުސިން މިނިސްޓްރީން ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީ އެމްޑީޕީ އާއި ބައްދަލުކުރަން ބޭނުން ނުވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ވަނީ ހައުސިންގެ ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރަންޖެހޭ ފުރަތަމަ ކަމަކީ ނިމިދިޔަ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ދިނުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ގޯތިތަކާއި ފްލެޓްތައް ނުދީ ހިފަހައްޓަން ބޭނުންނަމަ ސަރުކާރުން ވެސް ދާން ޖެހޭނީ ކޯޓަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓުގެ މައުލޫމާތު ހައުސިންގ މިނިސްޓްރީ އަކަށް ނޭނގޭ ކަމަށާއި، މިނިސްޓަރާ ބައްދަލު ކުރަން އެޕޮއިންޓްމަންޓް ދޫކުރުން މި ވަގުތައް ހުއްޓާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އެކަމާއި ގުޅިގެން އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު