Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ނޫނޯ މެންޑެސް ޕީއެސްޖީއަށް ބަދަލުވެއްޖެ

ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވީ 2021 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2022 | ބުދަ 03:23
ނޫނޯ މެންޑެސް

ނޫނޯ މެންޑެސް

ޕޯޗުގަލްގެ ސްޕޯޓިންގެ ލެފްޓް ބެކް ނޫނޯ މެންޑެސް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ މެންޑެސް އޭނާގެ ސީނިއަރ ކެރިއަރު ފެށީ 2020 ވަނަ އަހަރު ސްޕޯޓިން އިންނެވެ. އޭނާ ވަނީ އެ ޓީމަށް 40 މެޗު ކުޅެދީފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ކުޅެފައެވެ. ޕީއެސްޖީއަށް އޭނާ ވަނީ 37 މެޗު ކުޅެދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕީއެސްޖީއާއެކު މި ސީޒަނުގެ ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ފްރާންސް ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކޮށްފައެވެ. އަދި ފްރާންސް ލީގުގެ އެންމެ މޮޅު ބެސްޓް ލެފްޓް ބެކްއަށް ހޮވުނީ އޭނާއެވެ.

އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ޕީއެސްޖީއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. ޕީއެސްޖީއާއެކު އޭނާ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭނާ ގެނައުމަށްޓަކައި ޕީއެސްޖީން ވަނީ ސްޕޯޓިންއަށް 40 މިލިއަން ޔޫރޯގެ ކްލޯސް ފީއެއް ދައްކާފައެވެ.

މެންޑެސް އަންނަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ގައުމީ ޓީމަށް 2021 ވަނަ އަހަރު ކުޅެން ފެށި މެންޑެސް ވަނީ ގައުމީ ޓީމާއެކު މިހާތަނަށް 13 މެޗު ކުޅެފައެވެ. ސީނިއަ ގައުމީ ޓީމަށް އެންމެ ފުރަތަމަ އޭނާ ކުޅެން ފެށީ 2021 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގައެވެ.

ޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު