Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ

އަދިވެސް އިތުރު ކުޅުންތެރިން ގެންނާނަން- މެންޗެސްޓަރ ސިޓީ

31 މެއި 2022 | އަންގާރަ 02:42

ފެނަންޑީނިއޯގެ ބަދަލުގައި މިޑްފީލްޑަރެއް ސިޓީއަށް ބޭނުންވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 31 މެއި 2022 | އަންގާރަ 02:42
ސިޓީ ދޫކޮށްލާނެކަން ޔަޤީން ކުޅުންތެރިއަކީ ފެނާންޑީނިއޯ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ސިޓީ ދޫކޮށްލާނެކަން ޔަޤީން ކުޅުންތެރިއަކީ ފެނާންޑީނިއޯ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ކުރިއަށް އޮތް ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރަން އަދިވެސް ކުޅުންތެރިން ގެންނާނެކަމުގެ ޔަޤީންކަން މެންޗެސްޓަރ ސިޓީގެ ޗެއަރމަން ހަލްދޫން އަލް މުބާރަކް ދެއްވައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ސިޓީން މިހާރުވެސް ވަނީ ދެފޯވާޑުންގެ ސޮއި ހޯދާފައެވެ. އެއީ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އައި 21 އަހަރުގެ ހާލާންޑާއި, އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒްއެވެ. ނިމުނު ސީޒަންގެ ތެރެއިން އަލްވަރޭޒްގެ ސޮއި މެންޗެސްޓަރ ސިޓީން ހޯދިއެވެ. އެކަމަކު އޭނާ ޓީމާ ގުޅޭނީ ކުރިއަށް އޮތް ސީޒަނަށެވެ. ސްކޮޑް އިތުރަށް ވަރުގަދަ ކުރަން އަދިވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ކްލަބްގެ ޗެއަރމަން ވަނީ ޔަޤީންކޮށްދީފައެވެ. އޭނާ ވިދާޅުވީ ކޮންމެ ސީޒަނަކަށްފަހުވެސް ޓީމުން ކުޅުނެތެރިން ދާނެކަމަށާއި, އަދި އާ ކުޅުންތެރިން ޓީމާ ގުޅޭނެކަމަށެވެ.

މިސީޒަނަށްފަހު ޓީމް ދޫކޮށްލާކަން ޔަޤީންވާ ކުޅުންތެރިއަކީ ކެޕްޓަން ފެނާންޑީނިއޯއެވެ. ހާލާންޑް އައުމާއެކު ޖެސޫސްވެސް ކްލަބްގައި މަޑުކުރާނެކަމާމެދު ޝައްކެވެ. އަދި މިޑްފީލްޑަރ ބާނާޑޯ ސިލްވާގެ ކުރިމަގުވެސް ޔަޤީނެއްނޫނެވެ. ސިޓީގެ ޗެއަރމަން ވިދާޅުވީ އަވަހަށް ކުޅުންތެރިން ހޯދުމުގެ ކަންކަން ނިންމަން މަސައްކަތް ކުރާކަމަށާއި, އެކަމަކު ސިޓީގެ އަތުގައި ކޮންޓްރޯލް ނެތްކަންކަން ހުންނަކަމަށެވެ.

ސިޓީން މަސައްކަތްކުރަނީ ފެނާންޑީނިއޯގެ ބަދަލުގައި ލީޑްސްގެ އިނގިރޭސި މިޑްފީލްޑަރ ކަލްވިން ފިލިޕްސް ހޯދުމަށެވެ. މީގެއިތުރުން ވައަތްފަޅިން ފަަހަތަށް ކުޅޭނެ ޑިފެންޑަރަކަށްވެސް ސިޓީން އަންނަނީ ބަލަމުންނެވެ.

މެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް