Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިމްރާން ޚާން އާއި ރަޝިޔާގެ ގުޅުން

ޕުޓިންއާ ބައްދަލުކުރެއްވިއިރު ހަމައެދުވަހު ޔޫކްރެއިނަށް ހަމަލާދޭނެކަން އެނގިވަޑައިނުގަންނަވާ: އިމްރާން ޚާން

އިމްރާން ޚާން ވިދާޅުވީ އެދަތުރުފުޅުގެ މަގްސަދަކީ ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ގާއިމުކުރުމަށް މަޝްވަރާކުރުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 މެއި 2022 | އަންގާރަ 02:37
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ބައްދަލުކުރައްވަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ބައްދަލުކުރައްވަނީ

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިން ދުވަހު ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ބައްދަލުކުރެއްވިއިރު، ހަމައެދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެކަން އެނގިވަޑައިނުގަންނަވާކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ރަޝިޔާ އާއި ޔޫކްރެއިނާއި ގުޅޭ ސަރަހައްދީ ބޯޑަރުގައި ރަޝިޔާގެ އެތައް ލައްކަ ސިފައިންނެއް އަތުރާލާފައި ބޭތިއްބުމަށްފަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަމައެދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އޭރު ހުންނެވި އިމްރާން ޚާން ވަނީ ރަޝިޔާއަށް ވަޑައިގެން ޕުޓިންއާ ބައްދަލުކުރައްވާފައެވެ. އެކަމާއި ގުޅިގެން އިމްރާން ޚާންއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެގެންދިޔައެވެ.

އޭގެފަހުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެން އިމްރާން ޚާން ވަނީ އޭޕްރީލް މަސްތެރޭ މަގާމުން ދުރުކޮށްފައެވެ. ޕާކިސްތާނުގައި ހުންނަވާ ވީޑިއޯ މެދުވެރިކޮށް ސްކައި ނިއުސްއާ ވާހަކަދައްކަވަމުން އެދަތުރުފުޅު ދިފާއުކުރައްވާ އިމްރާން ޚާން ވިދާޅުވީ ރަޝިޔާއަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ދެ ދުވަހުގެ ދަތުރުފުޅެއްގައި ކަމަށެވެ.

ހަމައެދުވަހު ހަމަލާދޭނެކަން އެނގިވަޑައިގަންނަވާނީ ކޮންހަމައަކުންތޯ ސުވާލުކުރައްވަމުން އިމްރާން ޚާން ވިދާޅުވީ އަސްކަރީ ގޮތުން މައްސަލައަކަށް ހައްލު ގެނެވޭނެކަމަށް ދުވަހަކުވެސް ގަބޫލުފުޅުނުކުރައްވާކަމަށެވެ. އަދި ޕުޓިންއާއެކު އޮތް ބައްދަލުވުން ވަނީ މާކުރިން ރާވާފައިކަމުގައި އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން ވަނީ ނޭންގޭ ކަމެއްގައި އަދަބު ލިބެންޖެހެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

އިމްރާން ޚާން ވިދާޅުވީ އެދަތުރުފުޅުގެ މަގްސަދަކީ ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ގާއިމުކުރުމަށް މަޝްވަރާކުރުންކަމަށެވެ.

އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގައި ޗައިނާ އާއި ރަޝިޔާއާ ގާތްގުޅުމެއް ބާއްވަވާފައިވާއިރު އެކަމާގުޅޭގޮތުންވެސް ވަނީ ސުވާލުކުރައްވާފައެވެ. އިމްރާން ޚާން ވިދާޅުވީ އެމަނިކުފާނު އިންތިޚާބުކޮށްފައިވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށެވެ.

މުޅި ޕާކިސްތާނުގައި ފަގީރު ހާލަތުގައި 50 މިލިއަން މީހުން ދިރިއުޅޭކަމަށާއި ރައްޔިތުން އިންތިޚާބުކޮށްފައިވަނީ މުޅި ދުނިޔޭގައި ހިނގާ ހުރިހާ ގޯސްކަންތައްތަކެއް ރަނގަޅުކުރުމަށް ނޫންކަމަށެވެ.

ޒިންމާއަކީ ޕާކިސްތާނަށް ފައިދާވާނެ ގޮތަށް ގުޅުންތައް ބައްޓަންކުރުންކަމަށާއި އެގުޅުމަކީ ޗައިނާ ނުވަތަ އެމެރިކާ ނުވަތަ ރަޝިޔާއާ ކަމުގައި ވިޔަސް އެގުޅުމަކުން ޕާކިސްތާނުގެ ރައްޔިތުންނަށް ފައިދާވާން ޖެހޭނެކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ޚާން ވަނީ އިންޑިޔާއިން ކަޝްމީރުގެ މައްސަލައިގައި އދގެ މުއާހަދާތަކާއި ޚިލާފުވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕާކިސްތާނުގެ އަވަށްޓެރި ގައުމުން ވަނީ ކަޝްމީރުގެ ރައްޔިތުންގެ ހައްގުތައް ނުހައްގުން ނިގުޅައިގަނެފައިކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. އިމްރާން ޚާން ވަނީ އެކަމާއި ގުޅޭގޮތުން އެއްވެސް މީހަކު ސުވާލުކޮށް ވާހަކަދައްކާތޯ ސުވާލުކުރައްވާފައެވެ. ކަޝްމީރުގެ ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެއްވެސް ބަޔަކު އެކަން ކުށްވެރިކުރިތޯ އިމްރާން ޚާން ސުވާލުކުރެއްވިއެވެ.

ޕާކިސްތާނަކީ އަފްޣާނިސްތާނާއެކުވެސް ބޯޑަރު ހިއްސާކުރާ ގައުމަކަށްވާއިރު މިދިޔަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައި އައުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ޚާން ވިދާޅުވީ އަފްޣާނިސްތާނަށް އަސްކަރީ ގޮތުން ގެނެވޭނެ ހައްލެއް ނެތްކަމަށެވެ.

ޕާކިސްތާނު ދުވަހަކުވެސް ތާލިބާނުންނަށް ސަޕޯޓްނުކުރާކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވާއިރު އިމްރާން ޚާން ގެންދަވަނީ އާންމު އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. އިމްރާން ޚާން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ގަނެފައިވާ މެމްބަރުން އެކުލެވޭ ސަރުކާރެއް ގާއިމުކުރުމަށް ޕާކިސްތާނުގެ ރައްޔިތުން ބޭނުންނުވާކަމަށެވެ. އެހެން ބަޔަކު ސަރުކާރެއް އެކުލަވާލަން އުޅުމަށްވުރެ ގައުމުގެ ރައްޔިތުންނަށް އެކަން ކުރަން ދޫކޮށްލުން މާ ރަނގަޅުވާނެކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

ޕާކިސްތާންޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންރަޝިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު