Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ރަޝިޔާ

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

ޓްރަމްޕް ވިދާޅުވެފައި ވަނީ، މެޑްވެޑޭވް އެފަދައިން ވާހަކަ ދައްކާފައި ވުމުގެ ސަބަބުން އެކަށީގެންވާ ސަރަަހައްދު ތަކުގައި ނިއުކްލިއާ ދެ ސަބްމެރިން ބޭއްވުމަށް އަންގަވާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 07:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް

ރަޝިޔާއާ ދެކޮޅަށް އަސްކަރީ ސަބްމެރިން ނެރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި އެވެ.

ޓްރަމްޕް މިފަދައިން އަމުރު ކުރައްވާފައި ވަނީ ސޯޝަލް މީޑިއާގައި ޓްރަމްްޕް އާއި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވްއާ ދެމެދު ކުރެވުނު ހޫނު ބަހުސް އަކަށް ފަހު އެވެ. 

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ މެޑްވެޑޭވް "ނިއުކްލިއާ" ބަސް ބޭނުން ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށެވެ. މިފަދަ ބަހުސް ތަކެއް ހިނގާފައި މި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ރަޝިޔާ އަށް ޓްރަމްޕް ސުން ގަޑި ދީފައި ވަނިކޮށެވެ. 

މި ފަހަކަށް އައިސް ރަޝިޔާއާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މެޑްވެޑޭވް ދައްކާފައި ވަނީ ހަރުކަށި އަދި މޮޔަ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ބުނެލާ ބަހަކަށް ވުރެ ބޮޑު ވާހަކައެއް ކަމަށް ވެސް ޓްރަމްޕް އިފަ ކުރެއްވި އެވެ. 

އެގޮތުން ޓްރަމްޕް ވިދާޅުވީ ބުނާ ބަހެއްގެ ބަރުދަން އިންތިހާ އަށް ބޮޑު ވާނެ ކަމަށާއި، ގިނަ ފަހަރު އެކަމުން ނިކުންނާނެ ނަތީޖާ ވެސް ބުނެދޭން ނޭނގޭނެ ކަމަށެވެ. އެހެން ނަމަވެެސް، މި ފަހަރު ދެކެވުނު ވާހަކަތަކީ އެހެން ނުވާނެ ވާހަކަތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ. 

ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އަށް ދެ ފަހަރެއްގެ މަތިން މުއްދަތެއް ޓްރަމްޕް ދީފައިވާއިރު، ރަޝިޔާގެ ކުރީގެ ރައީސް އަދި ރަޝިޔަން ފެޑަރޭޝަންގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންކަން ވެސް ކުރައްވަމުން އަންނަ މެޑްވެޑޭވް ވިދާޅުވެފައި ވަނީ، ވަކި މުއްދަތެއް ދިނުމަށް ފަހު، ދެން ދެވޭ ކޮންމެ އިންޒާރަކީ ހަނގުރާމައާ ކައިރިވާނެ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، މެޑްވެޑޭވް އެފަދައިން ވާހަކަ ދައްކާފައި ވުމުގެ ސަބަބުން އެކަށީގެންވާ ސަރަަހައްދު ތަކުގައި ނިއުކްލިއާ ދެ ސަބްމެރިން ބޭއްވުމަށް އަންގަވާފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރީ އަދި ސަލާމަތީ ކަންކަން ރޭވިފައި އޮންނަ ގޮތުން ނިއުކްލިއާ ސަބްމެެރިންގެ ޙަރަކާތްތައް ހާމަ ނުކުރާތީ، އެ ދެ ސަބްމެރީން ބޭއްވީ ކޮން ސަރަހައްދެއްގައި ކަމެއް ޓްރަމްޕް ވެސް ވިދާޅުނުވެ އެވެ.

އެމެރިކާ އަށް ނިސްބަތްކޮށް މެޑްވެޑޭވް ދެއްކެވި ވާހަކަތަކާ ގުޅިގެން ޓްރަމްޕް މި ނިންމެވުން ނިންމަވާފައިވާއިރު، މިއީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ޑްމިޓްރީ މެޑްވެޑެވްރަޝިއާއަސްކަރީ ސަބްމެރިންރަޝިޔާ-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސަމިޓު ކެންސަލް ކުރަން ޓްރަމްޕް ނިންމެވުމަކީ، ހަނގުރާމައިގެ އަމަލެއް: ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް

ސަމިޓު ކެންސަލް ކުރަން ޓްރަމްޕް ނިންމެވުމަކީ، ހަނގުރާމައިގެ އަމަލެއް: ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް

24 އޮކްޓޯބަރު 2025
ދުނިޔޭގެ ހަމަޖެހުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން: ޕުޓިން

ދުނިޔޭގެ ހަމަޖެހުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން: ޕުޓިން

11 އޮކްޓޯބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު