Advertisement
ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 16:17
2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަރާޗީގައި ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރަނީ
2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަރާޗީގައި ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރަނީ
ގެޓީއިމޭޖަސް
ޕާކިސްތާން
ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސް އެކްސް މެދުވެރިކޮށް ވެސް ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ
ދެބޭފުޅުންނަށް ފޮނުއްވި ސިޓީފުޅުތަކުގައި ދެޤައުމުގެ މެދުގައި އޮތް އިސްލާމީ އަޚުވަންތަކަމާއި ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވޭ
ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްްތާނުގެ މިިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ އާސިފް ޢަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ މުޙައްމަދު ޝާހްބާޒް ޝަރީފާއި، ސަރުކާރާއި އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާންގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ މެދުގައި އޮތް އިސްލާމީ އަޚުވަންތަކަމާއި ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރައީސް ސިޓީފުޅުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ އާއި ބޮޑުވަޒީރު ޝަރީފަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ރައީސް ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ދިވެހިރާއްޖެއިން މަސައްކަތްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް