Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 160 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އުތުރުގައި ބޯކޮށް ވެހުނު މޫސުމީ ވާރެއާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެއެވެ. ހައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ކުއްލި ހާލަތު އިއުލާނުކޮށް، ފަރުބަދަމަތީ ސަރަހައްދުތަކުން 1300 އަށްވުރެ ގިނަ ފަތުރުވެރިން ސަލާމަތްކުރެވުނު ނަމަވެސް، އަދިވެސް 35 މީހުން ވަނީ ގެއްލިފައެވެ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 18:52
ޕާކިސްތާނުގެ ބަޖައުރު ޑިސްޓްރިކްޓްގެ ސަލާރްޒާއީ ތެހްސިލް ގައި ވިއްސާރައިގެ ގެއްލުނު ލިބުނު ސަރަހައްދަކަށް އާންމުން ޖަމާވެފައި

ޕާކިސްތާނުގެ ބަޖައުރު ޑިސްޓްރިކްޓްގެ ސަލާރްޒާއީ ތެހްސިލް ގައި ވިއްސާރައިގެ ގެއްލުނު ލިބުނު ސަރަހައްދަކަށް އާންމުން ޖަމާވެފައި

ޕާކިސްތާނުގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 160 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އުތުރުގައި ބޯކޮށް ވެހުނު މޫސުމީ ވާރޭ އާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މަދުވެގެން 164 އަށް އަރައިފި ކަމަށް އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހުކުރު ދުވަހު ބުނީ، މަރުވި މީހުންގެ ތެރެއިން 150 މީހުން، ރެކޯޑު ކުރެވިފައި ވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދު ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ބާނަރ ޑިސްޓްރިކްޓުގައި 78 މީހުން މަރުވެފައިވެއެވެ.

އަނެއް ކޮޅުން ފެންބޮޑުވެފައިވާ ޕްރޮވިންސްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، އޭގައި ތިބި ފަސް ފަޅުވެރިން މަރުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އިސްލާމާބާދުން ރިޕޯޓުކުރަމުން، އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ މި ހެލިކޮޕްޓަރަކީ އަސްކަރީ އުޅަނދެއް ކަމަށެވެ.

ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުރި ގެތައް ހަލާކުވުމާއެކު، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. މި ސަރަހައްދުގައި ހުކުރު ދުވަހު ކުއްލި ހާލަތު އިއުލާނު ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ބިންގަނޑު ކަނޑައިގެން ގޮސް ވެއްޓުމުގެ ސަބަބުން ގެއްލުން ލިބުނު ފަރުބަދަމަތީ ސަރަހައްދު މަންސެހްރާ ޑިސްޓްރިކްޓު ގައި ތާށިވެފައި ތިބި 1,300 ފަތުރުވެރިން ސަލާމަތްކުރެވިފައިވެއެވެ. މި ސަރަހައްދުތަކުން މަދުވެގެން 35 މީހުން ގެއްލިފައިވާ ކަމަށް އެތަނުގެ އޮފިޝަލުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި އިތުރު 9 މީހުން މަރުވެފައިވާއިރު، އުތުރުގެ ގިލްގިޓް-ބަލްތިސްތާން ސަރަހައްދުގައި 5 މީހުން މަރުވެފައިވާ ކަމަށް އޮތޯރިޓީތަކުން ބުނެފިއެވެ.

މޫސުމާބެހޭ އިދާރާ އިން ޕާކިސްތާނުގެ އުތުރު-ހުޅަނގަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، "ނުރައްކާތެރި ސަރަހައްދު ތަކުގައި ކޮންމެހެން ބެނުން ވެގެން މެނުވީ ބޭރުގައި ނޫޅުމަށް" މީހުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލި ފެންބޮޑުވުމަކީ މި މޫސުމުގައި ޕާކިސްތާނުގައި އާންމުކޮށް ދިމާވާ ކަމެކެވެ. މި މޫސުން އާންމުކޮށް ފެށެނީ ޖޫން މަހުގައެވެ. އަދި ސެެޕްޓެމްބަރު މަހުގެ ނިޔަލަށް މޫސުން އަލިވެއެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
27 އޯގަސްޓު 2017

ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ

27 އޯގަސްޓު 2017
ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ
13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
16 ޖުލައި 2017

ޗިލީގެ ވެރިރަށް ސެންޓިއާގޯ އަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބައިފި

16 ޖުލައި 2017
ޗިލީގެ ވެރިރަށް ސެންޓިއާގޯ އަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބައިފި
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު