Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 01:16
ޕާކިސްތާނުގެ ބުނަރުގައި ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔަ ސަރަހައްދެއްގައި އާންމުން މަޑުކޮށްލައިގެން

ޕާކިސްތާނުގެ ބުނަރުގައި ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔަ ސަރަހައްދެއްގައި އާންމުން މަޑުކޮށްލައިގެން

ޕާކިސްތާނަށް ބޯކޮށް ވާރެވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމާ ހިތާމަފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ތަޢުޒިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވިޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ޙަމްދަރުދީ ފާޅުކުރައްވައި، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ތަޢުޒިޔާ ވިދާޅުވި އެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖެ ވަނީ އެ ޤައުމުގެ ސަރުކާރާއި، އުޚުވަތްތެރި ރައްޔިތުންނާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ހުޅަނގު އުތުރުގައި 337 މީހުން މަރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނާއިރު، ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުގައި ފްލެޝް ފްލަޑްތަކެއް އައުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ގެއްލިފައިވެ އެވެ.

ކިޝްތުވާރު ޑިސްޓްރިކްޓްގައި ކުއްލި ހާލަތުގެ ޓީމުތަކުން ވަނީ އާދީއްތަ ދުވަހު ވެސް ދުރު އަވަށެއް ކަމަށްވާ ޗޮސިޓީގައި ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މަދުވެގެން 60 މީހުން މަރުވެ 150 އެއްހާ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 50 މީހުންގެ ހާލު ސީރިއަސް އެވެ.

މިހާރާއި އަންގާރަ ދުވަހާ ދެމެދު އިތުރު ފެންބޮޑުވުމާއި ބިންހެލުން އަތުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާއިރު، ލޯކަލް އެޑްމިނިސްޓްރޭޝަންތައް އެލާޓްގައި ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ. ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާންމު ހާލަތަށް ވުރެ ގިނައިން މޫސުމީ ވާރޭ ވެހި 600 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

19 މާރިޗު 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު