Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއިން ފުށުގެ އެކްސްޕޯޓަށް އެމްބާގޯ އިއުލާނު

އިންޑިއާއިން ގޮދަން ފުށުގެ އެކްސްޕޯޓް ކުރުން މަނާކޮށްފަ އޮތް އޮތުން އަވަހަށް އުވާނުލާނެ ކަމަށް ބުނެފި

25 މެއި 2022 | ބުދަ 16:22

އިންޑިއާގެ ނިންމުމާ ގުޅޭ މައުލޫމާތު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އާ ވަނީ ހިއްސާކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 މެއި 2022 | ބުދަ 16:22
އިންޑިއާއިން ގޮދަން ފުށުގެ އެކްސްޕޯޓަށް އިއުލާނުކޮށްފައިވާ އެމްބާގޯ އަވަހަށް އުވާނުލާނެ

އިންޑިއާއިން ގޮދަން ފުށުގެ އެކްސްޕޯޓަށް އިއުލާނުކޮށްފައިވާ އެމްބާގޯ އަވަހަށް އުވާނުލާނެ

އިންޑިއާއިން ގޮދަން ފުށުގެ އެކްސްޕޯޓް މަނާކޮށްފަ އޮތް އޮތުން އަވަހަށް އުވާނުލާނެ ކަމަށް އެގައުމުގެ ކޮމާސް މިނިސްޓަރ ޕިޔުޝް ގޮޔަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގޮޔަލް މިހެން ވިދާޅުވެފައި ވަނީ ރޮއިޓަރސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން ގޮދަން ފުށް އެކްސްޕޯޓްކުރުމަށް އެގައުމުން އިއުލާންކޮށްފައިވާ އެމްބާގޯ ނުވަތަ މަނާކުރުމުގެ އަމުރު އުވާނުލާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެހެން ގައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާކޮށް ގޮދަށް ފުށް ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ ކަމަށް ގޮޔަލް ވިދާޅުވިއެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގޮދަންފުށް އެކްސްޕޯޓްކުރާ ގައުމު، އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓްކުރުން މަނާކޮށްފައި ވަނީ މެއި 14 ވަނަ ދުވަހުއެވެ. އެއީ އެގައުމަށް އައި ހީޓް ވޭވް އަކާއެކު ސަޕްލައިއަށް ކުރި އަސަރާއެކު ގައުމުގެ އެތެރޭގައި ގޮދަން ފުށުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. އިންޑިއާގެ މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ.

ރޮއިޓަރސް އަށް ދެއްވި އިންޓަވިއުގައި ގޮޔަލް ވަނީ މިވަގުތު އިންޑިއާއިން ބޭން އުވާލައި، އެކްސްޕޯޓް އަލުން ފަށައިފިނަމަ އޭގެ ނަތީޖާ އެންމެ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ދުނިޔޭގެ ބާޒާރު އޮތީ އެކަމަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި ނޫންކަމަށާއި އެކްސްޕޯޓް އަލުން ފެށުމުން އެއްބަޔަކު މާ ގިނައިން ގަނެ އެންމެ ބޭނުންވާ ގައުމުތަކަށް ގޮދަން ފުށް ބޭނުންވާ ގައުމުތަކަށް އެ ނުލިބުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިވަގުތަށް އެންމެ ފައިދާ ވާނީ ސަރުކާރުތައް މެދުވެރުކޮށް ގައުމުތަކަށް ގޮދަން ފުށް ފޯރުކޮށްދިނުން ކަމަށް ގޮޔަލް ވިދާޅުވިއެވެ.

ޖީ7ގެ ގައުމުތައް ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއިން އިއުލާނުކޮށްފައިވާ ބޭން އުވާލުމާމެދު ވިސްނުމަށް އެގައުމުގައި އެދިފައެވެ. އިންޑިއާގެ މި ނިންމުމާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގޮޔަލް ވަނީ އިންޑިއާގެ ނިންމުމާ ގުޅޭ މައުލޫމާތު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އާ ހިއްސާކޮށްފައިވަނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
23 މެއި 2017

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް