Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް

ކިޔަވަމުން ކުޅިވަރު ކުޅެވޭނެ، އާއިލާގެ ފުރިހަމަ އެހީތެރިކަން ލިބޭ: ނާހިލް

25 މެއި 2022 | ބުދަ 15:39

އުމުރުން 10 އަހަރުން ފެށިގެންވެސް ނާހިލް ނުހުއްޓައި ޕްރެކްޓިސް ކުރިއަށްގެންދިޔަ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 މެއި 2022 | ބުދަ 15:39
ނާހިލް ނަޒީރު

ނާހިލް ނަޒީރު

"ކުޅިވަރު ކުޅޭނަމަ ނުކިޔެވޭނެ" މިއީ ރާއްޖޭގައި ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ.މިއީ ކުޅިވަރުގައި ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހެވެ. ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމައަށްވެސް ދެކެވިފައި އޮންނަނީ ކުޅިވަރުކުޅުމަކީ ދަރިވަރުންގެ ކިޔެވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައެވެ.

ނަމަވެސް މިއަދު ހަގީގަތް މިވަނީ ބަދަލުވެފައެވެ. ކިޔެވުމާ އެއްވަރަށް ކުޅިވަރަށް ވަގުތު ދީގެން، ދެދާއިރާގައިވެސް ކުރިއެރުން ހޯދޭނެކަން ދަރިވަރުން އަންނަނީ ސާބިތުކޮށްދެމުންނެވެ. މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 100 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލި، ގދ. ތިނަދޫ ނާހިލް ނަޒީރަކީ މީގެ މިސާލެކެވެ.

ނާހިލް ވަނީ 100 މީޓަރު ދުވުމުގައި އެއްވަނަ ހޯދުމުގެ އިތުރުން މުބާރާތުގައި ރެކޯޑު ހަދާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީވެސް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރެއް ކަމުގައިވާ ރާފިލް ވާފިރު އަތުގައެވެ. ރާފިލް ވަނީ 11.7 ސިކުންތުން ރޭސް ނިންމައި މުބާރާތުގައި ރެކޯޑު ހަދާފައެވެ. ނަމަވެސް ނާހިލް މި ރެކޯޑު މުގުރާލީ 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް ވަނީ މިހާރު ކުރިއަށްދާ މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒަށް 4*200 މީޓަރު ރިލޭގެ އޭނާ ދުވި ހީޓުންވެސް އެއްވަނަ ހޯދައިދީފައެވެ.

ތިނަދޫގެ އެކަޑަމީން ތަމްރީނު ހާސިލުކުރަމުން އަންނަ ނާހިލް ބުނީ އޭނާ ބޭނުންވާފަދަ ކާމިޔާބީއަކާއި ހިސާބަށް ވާސިލްވެވުނީ އަދި ކިރިޔާ ކަމަށެވެ. ތަމްރީނު ހޯދަމުން އަންނަތާ ހަތަރު އަހަރު ވީއިރު، ނާހިލްއަކީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ މެމްބަރެކެވެ.

ގައުމީ ޓީމުގައި ދެއަހަރު ދުވަސް ހޭދަވީއިރު ނާހިލް ބުނީ، ކިޔެވުމާއި ކުޅިވަރުން ކުރިއަށް ދިއުމަށް އޭނާ ސަމާލުކަންދޭ ކަމަށެވެ. ދެކަމަށް ވަގުތު ހުސްކޮށްގެން މަސައްކަތް ކުރަމުން އަންނައިރު، ސްކޫލުގެ ފަރާތުންވެސް އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަން ނާހިލް ފާހަގަކުރިއެވެ.

2016 ވަނަ އަހަރު ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮތް އިންޓަރ ހައުސް މުބާރާތުން އެތުލެޓިކްސްގެ ތެރެއަށް ވަތް ނާއިލްއަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުންނާއި ކޯޗު ރައުހަތު ގުދުރަތުﷲގެ ފަރާތުންނެވެ.

ކޯޗު ރައުހަތު ބުނީ ނާހިލްއަކީ އުޖާލާ މުސްތަގުބަލެއް އޮތް އެތުލީޓެއް ކަމަށެވެ. އަދި އޭނާއަށް ކުރިއަރައިގެން ދެވުނު އެންމެ ބޮޑު އަސްލަކީ މިކަމަށް ހުންނަ ޝައުގުވެރިކަމާއި، އަޚްލާގުކަން ކޯޗު ފާހަގަކުރިއެވެ.

ކޯޗުގެ އިރުޝާދާއެކު އާއިލާގެ ފަރާތުން ނާހިލްއަށް ލިބޭ ސަޕޯޓަކީ އޭނާއަށް މިހާހިސާބަށް އާދެވުމުގެ ސިއްރެވެ. ނާހިލްގެ އަމާޒަކީ މުބާރާތުގައި ކުރިއަށް އޮތް ލޯންގް ޖަމްޕް އިވެންޓުގެ ރެކޯޑުވެސް ހެދުމެވެ. ނާހިލް ކުރާ މަސައްކަތަށް ބަލާފައި މިއީ ނުވާވަރުގެ ކަމެއް ނޫނެވެ. ނާހިލްގެ އަމާޒަށް ވާސިލްވެވޭނެކަމުގެ އިތުބާރު އޭނާގެ ކޯޗުގެވެސް އެބައޮތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް