Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސްލީގު ފައިނަލަށް ރެއާލް

ޗެމްޕިއަންސްލީގު ފައިނަލްގައި ބޭލްއާއި ހަޒާޑްއަށްވެސް ކުޅެވޭނެ!

25 މެއި 2022 | ބުދަ 09:47

ބޭލްއާއި ހަޒާޑްވެސް ޕްރެކްޓިސްގައި ބައިވެރިވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 މެއި 2022 | ބުދަ 09:47
ބޭލް އަހަރުގެ ކުރީކޮޅު ރެއާލްގެ ޕްރެކްޓިސްގައި: ފޮޓޯ-ބޭލް ޓްވިޓަރ

ބޭލް އަހަރުގެ ކުރީކޮޅު ރެއާލްގެ ޕްރެކްޓިސްގައި: ފޮޓޯ-ބޭލް ޓްވިޓަރ

ލިވަޕޫލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސްލީގު ފައިނަލް މެޗަށް ނެގި ސްކޮޑްގައި ގެރެތް ބޭލްއައި އެޑިން ހަޒާޑްވެސް ހިނަމައިފިއެވެ. ރެެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ އެދެކުޅުންތެރިންވެސް ފިޓްވެ, ޕްރެކްޓިސްގައި ބައިވެރިވަމުން އަންނަކަށާއި, މެޗުގައި ދެ ކުޅުންތެރިންނަށްވެސް ކުޅެވޭނެކަމަށެވެ.

މީގެތެރެއިން ބޭލްއަށް އެމެޗު ވާނީ ރެއާލްގައި ކުޅެން ލިބޭ ފަހު މެޗަށެވެ. އެކަމަކު މެޗުން ބޭލްއަށް ފުރުޞަތު ދޭނެކަން ޔަޤީނެއް ނޫނެވެ. ރެއާލްއާއެކު ހަތަރު ޗެމްޕިއަންސްލީގު ހޯދާފައިވާ ބޭލްއަށް މިފަހަރު ތަށި ލިބިއްޖެނަމަ ރޮނަލްޑޯ ހޯދި ޗެމްޕިއަންސްލީގު ތަށީގެ އަދަދާ އެއްވަރު ވާނެެއެވެ. ރޮނަލްޑޯ ވަނީ ފަސް ފަހަރު އެތަށި އުފުލާލާފައެވެ. 32 އަހަރުގެ ބޭލް ރެއާލްގައި މީގެކުރިން ޗެމްޕިއަންސްލީގު އުފުލާލީ މުހިއްމު ދައުރެއް އަދާކޮށް, މުހިއްމު ލަނޑުތައްވެސް ޖަހައިގެންނެވެ. އެކަމަކު މިފަހަރު ފައިނަލާ ހަމައަށް ރެއާލް ދަތުރުކުރުމުގައިވެސް ބޭލްގެ ދައުރެއް ނެތެވެ.

ޗެލްސީން ރެއާލްއަށް ބަދަލުވެ އަނިޔާގެ ސަބަބުން ހަޒާޑްއަށް ރެއާލްގައި މުހިއްމު ދައުރެއް އަދައެއް ނުކުރެވެއެވެ. އެކަމަކު އޭނާ އަދި ކްލަބްގައި މަޑުކުރާނެއެވެ. ޗެމްޕިއަންސްލީގު ފައިނަލްގައި ބޭނުންކުރާނެކަންވެސް ޔަޤީނެއް ނޫނެވެ. ކޯޗު އެންޗެލޮޓީ ވަނީ ޗެމްޕިއަންސްލީގު ފައިނަލް ކުރިއަށް އޮއްވާ ބޭލްއަށް ވަރަށްބޮޑަށް ތައުރީފް ކޮށްފައެވެ. މީގެކުރިން ބޭލް ރެއާލްގައި އަދާކުރި މުހިއްމު ދައުރު ފާހަގަކުރިއެވެ. މިސީޒަންގައި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް އިތުރު ޗެމްޕިއަންސްލީގެއް ބޭލްއާއެކު ރެއާލް ހޯދާނެކަމަށް އެންޗެލޮޓީ އުއްމީދުކުރެއެވެ.

ބޭލްއާއި ހަޒާޑް ފިޓްވިނަމަވެސް އެކުޅުންތެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ރެއާލްގެ ޒުވާން ކުޅުންތެރިންނެވެ. ޗެމްޕިއަންސްލީގު ފައިނަލަސް ރެއާލް ގެންގޮސްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ޒުވާން ކުޅުންތެރިންނެވެ. އޭގެތެރޭގައި ވިނީޝިއުސް ޖޫނިއަރ, ރޮޑްރީގޯ, ކަމަވިންގާ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ޗެމްޕިއަންސްލީގު ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑް ނިކުނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

ޗެމްޕިއަންސްލީގު ކަށަވަރުކޮށް ލީގު ހޯދުމަށް ޗެލްސީ މިސްރާބު ހިފައިފި

01 މެއި 2017
ޗެމްޕިއަންސްލީގު ކަށަވަރުކޮށް ލީގު ހޯދުމަށް ޗެލްސީ މިސްރާބު ހިފައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
21 އެޕްރީލު 2017

ސެމީ ފައިނަލްގައި ދެ މެޑްރިޑުގެ ކުރިމަތިލުމެއް

21 އެޕްރީލު 2017
 ސެމީ ފައިނަލްގައި ދެ މެޑްރިޑުގެ ކުރިމަތިލުމެއް
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް