Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

ނޭމާ ސަސްޕެންޑް ކޮއްފައިވަނީ ސްޕެނިޝް ލީގުގެ 3 މެޗަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 23:16
ސްޕެނިޝް ލީގުގައި ބާސާ އާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ބާސާ އާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން

ސަސްޕެންޝަނާ ގުޅިގެން ބާސެލޯނާގެ ތަރި ނޭމާއަށް، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗް ގެއްލިއްޖެ އެވެ.

ނޭމާ ސަސްޕެންޑް ކޮއްފައިވަނީ ލީގުގައި އެންމެ ފަހުން މަލާގާ އާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން ދަނޑުން ފޭބި ވަގުތު އޭނާގެ އަމަލުތަށް ހުރި ގޮތާ ގުޅިގެންނެވެ. އޭނާ ވަނީ ދަނޑުން ފައިބަމުން މެޗުގެ 4 ވަނަ އޮފިޝަލާ ދިމާލަށް ރަތްކާޑު ދެއްކުމުން އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ސްޕެނިޝް އެފްއޭއިން ވަނީ މި މައްސަލަ ބަލައި ނޭމާ 3 މެޗަށް ސަސްޕެންޑް ކުރަން ވަނީ ނިންމާފަ އެވެ. ނޭމާ ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ސްޕެނިޝް ލީގުގައި ބާސާ ކުޅޭ ތިން މެޗުންނެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގައި ބާސާ ކުޅޭ އެއްވެސް މެޗެށް ނޭމާ އަކަށް ނުގެއްލޭނެ އެވެ.

ސަސްޕެންޝަނާ ގުޅިގެން ނޭމާއަށް ގެއްލެނީ ސްޕެނިޝް ލީގުގައި، މި މަހުގެ 15 ވަނަ ދުވަހު ރެއާލް ސޮސެޑީޑް އާއި ދެކޮޅަށް ކުޅޭ މެޗާއި، 23 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗާއި، 26 ވަނަ ދުވަހު އޮސެސޫނާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

ނޭމާ އަށް ސަސްޕެންޝަނާ ކުރިމަތި ވެފައި ވާއިރު، ލީގު ތާވަލުގެ އެއްވަނައަށް އެރުމައްޓަކާ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ބާސާއަށް ވަނީ މަޖުބޫރު ވެފަ އެވެ. ތާވަލުގެ އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ ބާސާއަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެހެންކަމުން ރެއާލް ބަލިކުރެވިއްޖެ ނަމަ ބާސާއަށް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ.

ލިގުތާވަލުގެ އެއްވަނާގައި ރެއާލް މެޑްރިޑުން އޮތީ ކުޅުނު 30 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ ދެވަނާގައި އޮތީ ރެއާލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިބުނު 69 ޕޮއިންޓާ އެކީގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު