Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އޭރު ފެންފޯއް ރުއް މިފަހަރު ކަދުރު ރުއް: އަނެއްކާ މީހަކަށް ހަދާ ސިހުރެއްތަ؟

25 މެއި 2022 | ބުދަ 06:11

ރައީސް ނަޝީދުގެ ވެރިކަމުގައި އިންދެވި ރުއްތައް ކަނޑާލީ ފޯދިފައިވެސް ހުއްޓާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މެއި 2022 | ބުދަ 06:11
"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ޙަރަކާތުގެ ތެރެއިން

"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ޙަރަކާތުގެ ތެރެއިން

މާލޭ ސިޓީ ކައުންސިލުން މާލޭގައި ކަދުރު ރުއް އިންދުމުގެ ޕްރޮގްރާމެއް އެވަނީ ފަށާފައެވެ. ފުރަ މާލޭގައި އިންދާ 200 ކަދުރު ރުއް އިންދުމުގެ ރަސްމިއްޔާތު ފެށްޓެވީވެސް މާލޭގެ މޭޔަރެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ޕްލޭނަކީ ބޮޑުތަކުރުފާނު މަގުގެ އެކީއެކައްޗަކަށް ކަދުރު ރުއް އިންދުން ކަމަށެވެ.

ބާވަތުން މިއީ ރަނގަޅު ކަމެކެވެ. އިމާރާތް ކުރުމަށް މާލެއިން ކެނޑި ގަސްތަކާހުރެ ގެއްލިފައިވާ ފެހިކަން ހޯދުމަށްވެސް ބޭނުންތެރި ކަމެކެވެ. ކުރަން ޖެހޭ ކަމެއްވެސް މެއެވެ.

އެކަމަކު މި ރުއްތަކާމެދު ސުވާލެއް އުފެދެނީއެވެ. ހެޔޮނިޔަތުގައި ކޮށްފިނަމަ ހަމަ ބަރާބަރެވެ. އެކަމަކު ކަން ވެފައި އޮތްގޮތުން ހަމަ ކަންބޮޑުވަނީއެވެ. ކަން ކުރިގޮތުން ބިރުވެސް ގަންނާތީއެވެ. ކަންކުރި މީހުންގެ ތެރޭގައި އިސްކޮށް ހުންނެވި މީހަކު މިއަދު އެކަން ކުރައްވާތީ ވާނުވާ ނޭނގި ރޫރޫވެސް އަޅަނީއެވެ.

އަދިވެސް ބުނަން މިއުޅޭ އެއްޗެއް ސާފެއް ނުވޭދޯއެވެ. މާ ފުންކޮށް ދައްކާތީވެ މިހާރުގެ ގޮތައްނަމަ "ގެޓު" ނުވަނީ ދޯއެވެ. އޯކޭއެވެ. ހާސަރުތަކެއް ދަމާފައި ދިއުޅި ދިގު ކުރާކަށް ނެތީމެވެ. ސީދާ ޕޮއިންޓަށް ޖެހިލާނަމެވެ.

މިފަހުގެ ތާރީޚެއްގައި މާލޭގައި އެފަދަ ގޮތަކަށް ގަސް ނުވަތަ ރުއް އިންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީންނެވެ. އެފަހަރު ކަދުރު ރުކެއް ނޫނެވެ. ފެންފޯއް ރުކެވެ. ސީދާ ރާއްޖޭގެ ރަށްރަށުން މާލެ ގެންނަވައިގެން ދިވެހި ފެންފޯއް ރުކެވެ. ރުއްތައް ފުރަތަމަ އިންދެވީ މަޖީދީ މަގުގައެވެ. ހިސާބަކަށް ހަނދާން ބަލިވެދާނެތީ އިތުރަށްވެސް ބުނެލަދޭނަމެވެ. ރުއްތައް ހެދި ފައްކާވިއެވެ. ބައެއް ރުއް ފޯދެންވެސް ފޯދުނެވެ. އެންމެ ކާރޫބާރޫ ބޮޑު މަގަށް ރީތިކަމަކާއި ހިތްގައިމުކަމެއްވެސް ލިބުނެވެ.

އިސާހިތަކު ދެންވީގޮތް އެނގޭހެއްޔެވެ. އެވެރިކަން ބަދަލުވެފައި ބޭއްވުނު އިންތިޚާބުން އުފެދުނު ވެރިކަމުގައި އެ ރުއްތައް ކޮށާއަޅާލީއެވެ. އެއްރެއެއްގެ ރޭވެފައި އަލިވިލުނުއިރު އެރީތި ރުއްތައް ކަނޑައި ބިމާ ހަމަކޮށްލީއެވެ. ހަމަ އެއްވެސް ކުށެއް ނެތިއެވެ. އަމުދުން ބަޔަކު ކުރި ޝަކުވާއެއް ނެތިއެވެ.

ކެމެރާތައް ގިނަ އަދި ގިނަބަޔަކު އަބަދުވެސް ހޭލަމޭލަވެ އުޅޭ މައިމަގެއްގައި ހުރި ރުއްތަކެއް އެފަދަ ގޮތަކަށް ބިމާ ހަމަކޮށްލުމުން ގިނަބަޔަކު ހައިރާންވެ އަންތަރީސްވިއެވެ. ރީތިކޮށް ހެދިފައިހުރި ރުއްތަކަކަށް އެހެން ހެދި ބަޔަކު ހޯދަން ޖެހޭނެ ކަމަށްވެސް އެއްބަޔަކު ބުންޏެވެ.

އޭރުވެސް ސަރުކާރެއް އޮތެވެ. ވަރުގަދަ ފުލުސް ފޯހެއް އޮތެވެ. ރުއްތަކަށް ވީގޮތެއް ނުހޯދުނެވެ. ހޯދާކަށް ނުވެސް އުޅުނެވެ. އެހެންނަމަވެސް ކަންވީގޮތާއި ކަންކުރި މީހުން ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ސީދާ އެކަންކުރީ އޭރު އޮތް ސަރުކާރުގެ ބާރުގައި ފުލުހުންގެ ތެރެއިން ބައެކެވެ. ރުއްތައް ކަނޑާލި ފުލުހުން އެހެން ފުލުހުން ވެގެން ހުއްޓުވަންވެސް ހުއްޓުވިއެވެ. ކޮންބައެއްކަންވެސް ދެނެގަތެވެ. އެކަމަކު މަތިން އައި އޯޑަރަކަށް އެއީ ނުވާކަމަކަށް ހެދީއެވެ. ހިފެހެއްޓި ފުލުހުން ދޫކޮށްލީއެވެ. އެއަށްވުރެ ކަންބޮޑުވާކަމަކަށްވީ އެކަންކުރަން ޖެހުނު ސަބަބާމެދުއެވެ. ރުއްތައް ނެގީ ކީއްވެ ކަމާމެދުއެވެ. އެވާހަކަތައްވެސް ހާމަކުރީ އެމީހުން އެމީހުންނަށެވެ. އެއީ ސިހުރު ހާހޫރައަކުން ސަލާމަތް ވުމަށް ކަމަށާއި ވެރިކަން ދިފާއު ކުރުމަށްކަމަށް ހާމަކުރީ ހަމަ އެމީހުންނަށެވެ. ވެރިކަމުގެ ތެރޭގައި އުފެދުނު ގުޖަޑަކުން ނިކުމެ އެވާހަކަތައް ދެއްކީމައެވެ. ކަން ހިނގިގޮތާއި ކަންކުރަން އޯޑަރު ކުރި ފަރާތްވެސް ހާމަކުރީ ހަމަ އެމީހުންނެވެ.

އިއްތިފާގުން ނަމަވެސް މިއަދު ކަދުރު ރުއް އިންދަވަން ފެށްޓެވީ އެސަރުކާރުގެ ހައުސިންގ މިނިސްޓަރެވެ. އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ މުއިއްޒުއެވެ. އޭރު ފެންފޯއް ރުކެވެ. މިފަހަރު ކަދުރު ރުކެވެ. އޭރު މަޖީދީ މަގުގައެވެ. މިފަހަރު ބޮޑުތަކުރުފާނު މަގުގައެވެ. އުފެދޭ ސުވާލަކީ މިއީ އަނެއްކާ ސިހުރު ހާހޫރައެއްކަމަށް ބަޔަކު ހީ ނުކުރާނެ ބާވައެވެ. ބަޔަކު ވެރިކަމަށް އަންނަން ނުވަތަ ބަޔަކު ވެރިކަމަށް އަޔަނުދޭން ހަދާ ބްލެކް މެޖިކެއްކަމަށް ބަޔަކު ޤަބޫލު ނުކޮށްފާނެބާވައެވެ. އެހެންކަމަށްވާނަމަ ދެންވާނީ ކިހިނެއް ބާވައެވެ.

ކޮންމެއަކަސް އަހަރެންގެ ހިތް ވަރަށް ސާފެވެ. ފަހަރެއްގައިވެސް މިއީކީ އެފަދަ ޝައްކެއް އުފެދުމެއް ނޫނެވެ. ކަމެއް ވެފައި އޮތްގޮތުންނާއި އެފަދަ ވައްތަރުކަމެއް ހިނގާތީ ބުނެލީއެވެ. އެދެނީ އޭރުގެ ރުއްތަކަށް ޖެހުނު ހާލު މިފަހަރުގެ ރުއްތަކަށް ނުޖެހުމެވެ. އެފަދަ ބޯދާ ވިސްނުމުގެ ފިކުރުތަކުން އެއްކިބާވުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
15 މާރިޗު 2018

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
27 ޖެނުއަރީ 2018

ފާރިސް ހައްޔަރުކުރަން ފަތިހު އަމުރު ނެރުއްވި ގާޒީ އަށް ފާޑުކިޔުން، އެތައް ސުވާލެއް!

27 ޖެނުއަރީ 2018
ފާރިސް ހައްޔަރުކުރަން ފަތިހު އަމުރު ނެރުއްވި ގާޒީ އަށް ފާޑުކިޔުން، އެތައް ސުވާލެއް!
26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
02 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
05 ޖުލައި 2017

އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟

05 ޖުލައި 2017
އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް