Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސެޕްޓެމްބަރު 19-20

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

މިއަހަރު ކަޅު ހުކުރު ފާހަގަކޮށްފައެއް ނުވޭ، މިއަހަރާ ޖެހެންދެން ފާހަގަކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2017 | ބުދަ 15:05
ރައީސް މައުމޫނާއި ރައީސް ނަޝީދު

ރައީސް މައުމޫނާއި ރައީސް ނަޝީދު

އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމެވެ. ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައެވެ. މިހާރު މިއޮތް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ވަރަށް ހައްގުތަކެއް މިނިވަންކަމެއް އޭރު ނެތެވެ. އެހެނަސް، އަނިޔާވެރި އަމަލުތައް ހިންގި އެވެ. އެ އަނިޔާތަކުގެ ޝިކާރައަކަށްވި ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެ އެވެ. ރޭދުވާ ވަކިނުވާ ޓިނު ގޮޅިއާ، އޭންގަލާ، އެއްހުޅު ބިޑިއާ، ބޮޑު އިންޖީނު ބުޑާ، ފުޅިތޮށި ބަތުގެ ވާހަކައަކީ ރައީސް ނަޝީދު މިފަހަކާ ޖެހެންދެން އެކިއެކި ފޯރަމްތަކުގައި ދެއްކެވި ވާހަކަތަކެވެ. އެ ހިތްދަތި ދުވަސްތަކުގެ ހަނދާންތައް އާކުރެއްވި އެވެ. ރައީސް ނަޝީދުގެ ސިޔާސީ ޝަހްސް ބިނާކުރެއްވީ ރައީސް މައުމޫނުގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައިގެންނެވެ.

ދުނިޔެ އޮޅެމުން ނިއުޅެމުން ދުވަސްތައް މާޒީގެ ފަތްފުތްތަކުގެ ތެރެއަށް ދޫކުރަމުން އައިސް މިއަދު މި ފެންނަނީ، ޒަމާންވީ ސިޔާސީ ދެ ހަތުރުން އެއް އޮޑިއަކަށް އަރުއްވައިގެން އެއް ވާނެއްގައި ދަތުރުކުރައްވާ މަންޒަރެވެ. މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ދެ ބޭފުޅުން ހިތް ޙަލާސް ކުރައްވައިފި އެވެ. ދެ ބޭފުޅުންގެ މެދުގައި ހިނގައި ގޮސްފައިވާ ކަންތައްތައް ނުވާކަމަކަށް ހައްދަވައި ދެ ބޭފުޅުން ގުޅިވަޑައިގެންފި އެވެ. ނަމަވެސް މާޒީގެ އަނިޔާގެ ވާހަކަ ނުދައްކައި ތިބެންވީތޯ އެވެ.

މީގެ 14 އަހަރު ކުރިއެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއަކީ ހަމަ ހުރެފައި ހިނގި ހާދިސާއެއް ނޫނެވެ. އެފަދަ އެތައް އަނިޔާތަކެއް ޖަލުގައި ތަކުރާރުވަމުންދާކަމުގެ ޝަކުވާތައް ސިއްރާއި ފާޅުގައި ކުރެވެމުން ދިޔައެވެ. ޖަލުގައި ދެމުންދިޔަ އަނިޔާތަކަށް ޅެމާއި ލަވަ ހަދާފައިވެއެވެ. އެ ވާހަކަތައް ފާޅުގައި ދެއްކި މީހުން ވެސް ހުށަހެޅުނީ އަނިޔާ އަށެވެ. އަނިޔާ ދެމުންދާކަމަށް ބުނެ ކުރި ޝަކުވާތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ސަމާލުކަން ނުދިން ކަމެވެ. ނަތީޖާއަކަށްވީ ރައީސް މައުމޫން ސަރުކާރުގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ހާމަވުމެވެ. ރަޙުމް ކުޑަކަމާއި އަނިޔާވެރިކަމުގެ ހައްދެއް ނެތްކަން ހަމަ ލޮލަށް ފެނުމެވެ. ދޭދޭ ވާހަކައެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ދެކެވެމުން އައި ޖަލުގެ އަނިޔާ، ޖަލު ތަޖުރިބާ ނުކުރާ އެތައް ރައްޔިތަކަށް އިހްސާސް ކުރެވުމެވެ.

ސެޕްޓެމްބަރ 19 ވަނަ ދުވަހަކީ މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިފައި ހުރި، މ.އޭޝިއާ، އުމުރުން 19 އަހަރުގެ އީވާން ނަސީމްގެ ގައިގާ ތަޅައި ލާއިންސާނީ އެތަކެއް އަނިޔާއެއް ކުރުމަށްފަހު މަރާލި ދުވަހެވެ. އެޖަރީމާއާ އިދިކޮޅަށް ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް ގައިދީން ގަޔަށް ބަޑިޖަހައި އެމީހުން މެރުމާއި އެތައް ގައިދީންނެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާއާ ގުޅިފައިވާ ދުވަސް ވެސް މެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނިކުންނަން ފެށި ދުވަހެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ޓާނިންގ ޕޮއިންޓެވެ.

އޭގެ ފަހުން އައީ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 އެވެ. މަޝްހޫރު ކަޅު ހުކުރެވެ. މިއީ ރައީސް ނަޝީދާއި އެމަނިކުފާނާއެކު އިސްލާހީ މަސައްކަތަށް ނިކުތް ހުރިހާ ބޭފުޅުން ނިކަން ގަދަކޮށް ފާހަގަކުރައްވަމުން ވަޑައިގެންނެވި ދުވަސްތެކެވެ. 2004 ވަނަ އަހަރު ނުރަސްމީކޮށް އެމްޑީޕީ އުފައްދައި، އަދި 2005 ވަނަ އަހަރު ރަޖިސްޓްރީ ކުރުމަށް ފަހު، ކޮންމެ އަހަރަކު ވެސް ކަޅު ހުކުރާއި އީވާން ނަސީމް މަރާލި ދުވަހާއި ޖަލުގައި ބަޑިޖެހި ދުވަސް ފާހަގަކުރަމުން އައެވެ.

އީވާން ނަސީމު މަރާލުމާއި، އެއަށްފަހު ޖަލުގައި ބަޑިޖަހައި އެހެން ގައިދީން މަރައި އަދި ޒަޙަމްކުރި މައްސަލައިގެ ތަޙްޤީޤް ރިޕޯޓުން އެކިބައިތައް އުނިކޮށް، އެ ތަޙްޤީޤުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ޖަލުގައި ބަޑިޖަހާފައިވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އޯޑަރ ކުރަން ތިބި ފަރާތްތަކުގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވާތީއާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޑިސެމްބަރު، 9، 2011 ގައި ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ދެއްވި ރޭޑިއޯ ޚިތާބުގައި ވިދާޅުވީ ޤައުމެއް ތަރައްޤީވެ ދިޔުމަށް އަދި ޤައުމެއްގެ ޙާލަތު ރަނގަޅުވެދިޔުމަށް ކޮންމެހެން ބޭނުންތެރި އެއްކަމަކީ، އެޤައުމެއްގެ މާޒީ، އެ ޤައުމެއްގެ ރައްޔިތުންނަށް ސާފުވެ، ޤަބުލޫކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އީވާން ނަސީމް މަރާލިކަން އެނގިގެން، އެމީހުން އެކަމާ ނުރުހުންފާޅުކޮށް ނުކުތުމުން، އެ ނުކުތް ގައިދީންގެ ގަޔަށް ބަޑިޖަހާ، އޭގެތެރެއިން އެތައް ބައެއް ހަމަ އެދުވަހު މަރާފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން، އެތައް ސިފައިންނަކަށް ޙުކުމް ކުރެވުނުކަން ފާހަގަކުރެއްވި އެވެ. ސިފައިންނަށް ޙުކުމް ކޮށްފައިވަނީ، ސިފައިންގެ ކޮމާންޑަކާނުލާ، ޤަވާޢިދާ ޚިލާފަށް، ހަތިޔާރެއް ނެތް ރައްޔިތުންނާ ދިމާކޮށް، ބަޑި ބޭނުންކޮށްގެންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެހެން ނަމަވެސް، ސިފައިން އެ ބަޑި ބޭނުންކުރީ، ސިފައިންގެ އެންމެމަތީ ވެރިޔާ ނުވަތަ ސިފައިންގެ ވެރިން ކޮމާންޑްކޮށްގެންތޯ ނުވަތަ ނޫންތޯ އަދިވެސް ސާފުނުވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ލީޑަރޝިޕުން މި ވާހަކައެއް ނުދައްކަ އެވެ. މިއަހަރަކު ކަޅު ހުކުރެއް ނައެވެ. މިއަހަރަކު އީވާން ނަސީމް މަރާލި ދުވަހެއް ވެސް ނަ އެވެ. މިއަހަރަކު "ޖައްވަށް، ފަޒާއަށް އަދި އެވަރުން ނުވެގެން މީހުންގެ ގަޔަށް އުންޑަ އަރާ ގޮތަށް" ބަޑި ޖެހި ދުވަހެއް ވެސް ނަ އެވެ. ޓްވީޓެއްހާ ހިސާބު ވެސް ކޮށްނުލައްވަ އެވެ. ބަޔާންގަނޑެއް ވެސް ނެރެ ނުލަ އެވެ. ރައީސް ނަޝީދާއި ރައީސް މައުމޫން ގުޅިވަޑައިގެން މަސައްކަތް ކުރެއްވިޔަސް، މާޒީގައި ހިނގި ކަންތައްތަކަކީ ނުހިނގާ ކަންތައްތަކަކަށް ނުހެދޭނެ އެވެ. ގުޅިގެން މަސައްކަތް ކުރަންޖެހެނީ މުސްތަގުބަލަށެވެ. އޭގެ މާނައަކީ މާޒީއަށް އިންސާފު ހޯދުމާއި، މާޒީގެ އަނިޔާވެރިކަމުން އިބްރަތް ލިބިގަތުން ހުއްޓާލުމެއް ނޫނެވެ. މިހާ ބޮޑު ގުރުބާނީއެއް ވެގެން، މާޒީއަށް ހަނު ތިބެގެން ކުރާ މަސައްކަތުގެ ނަތީޖާއާ މެދު ވެސް ނިކަން ފުންކޮށް ވިސްނާލަން އެބަޖެހެ އެވެ.

މާޒީގައި ހިނގި ކަންތައްތައް އެއީ ނުވާ ކަންތައްތަކަށް ހަދާ ފަސް އަޅައި ފޮރުވަން ހަމަ ޖެހޭތޯ އެވެ؟ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް އިއްތިހާދު ވުމުގެ މާނައަކީ މާޒީގައި ހިނގި ކަންތައްތަކުގެ ވާހަކަ ނުދެއްކުންތޯ އެވެ؟ މާޒީގައި އަނިޔާ ލިބުނު މީހުންނާއި އެ އަނިޔާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކުން ވެސް ލީޑަރުން ގޮތަށް އަނގައިން ނުބުނެ ތިބެންވީތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު