Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ ބަދަލު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުރި 105 މިރުސް ފެން ފެކެޓް ފެނުނުކަމަށް ފުލުހުން ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 15 މާރިޗު 2018 | ބުރާސްފަތި 07:38
ރޭ މުޒާހަރާ ސަރަހައްދުން ފެނުނުކަމަށް ފުލުހުން ބުނާ މިރުސް ފެން ޕެކެޓްތައް

ރޭ މުޒާހަރާ ސަރަހައްދުން ފެނުނުކަމަށް ފުލުހުން ބުނާ މިރުސް ފެން ޕެކެޓްތައް

އިދިކޮޅު ފާރާތްތައް ބުދަ ދުވަހުގެރޭގެ މުޒާހަރާ ފަށަށް ތައްޔާރުވެފައި ވަނިކޮށް ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުރި 105 މިރުސް ފެން ފެކެޓް ފެނުނުކަމަށް ބުނެ ފޮޓޯއާއި އެކު ފުލުހުން ކުރި ޓްވީޓާއިއެކު ސޯޝަލް މީޑިއާގައި ފާޑުކިއުންތައް އޮއްސާލައިފިއެވެ.

ފުލުހުން ކުރި ޓްވީޓްގައި ބުނެފައިވަނީ އެތަކެތި ފެނުނީ މުޒާހަރާ ކުރަން ހަމަޖެހިފައި އޮތް ސަރަހައްދުން ކަމަށެވެ. އަދި އެތަކެތި ފެނުނުކަމަށްބުނެ، ފުލުހުން ކުރި ޓްވީޓާއި ގުޅިގެން އެތަށް ބައެއްގެ ފާޑުކިއުންތައް ފުލުހުންނަށް އަމާޒުވިއެވެ.

އެމީހުން ފާހަގަކުރި ގޮތުގައި، މިފަދަ ގޮތަކަށް އެއްވެސް އެފަދަ އާލާތެއް ބޭނުންނުކޮށް ރައްޔިތުން މުޒާހަރާ ކުރާތާ އެތައް ޒަމާނެއްވީއެވެ. އަދި މުޒާހަރާ ކުރަމުން ދާތާ އެތަކެއް ދުވަސްތައް ފާއިތުވެ ދިޔަ އިރު، މީހެއްގެ މުދަލަށް، އަދި ތަކެއްޗަކަށްވެސް އަރައި ނުގަނެ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަކީ އެފަރާތްތަކަށް އާ ކަމެއްވެސް ނޫނެވެ.

އޭގެ ބަދަލުގައި މިހާތަނަށްވެސް ބާރުގެ ބޭނުންކޮށް އަނިޔާލިބި، އެތަށް ބަޔަކަށް ޖިސްމާނީ ހާނިއްކަވީ ފުލުހުންގެ ފަރާތުންކަމަށް ފާޑުކީ ގިނަ ބަޔަކު ފާހަގަކުރިއެވެ.

އެގޮތުން މި ޓްވީޓާއި ގުޅިގެން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެއީ ފުލުހުން އަމިއްލައަށް ތައްޔާރުކުރި ތަކެތި ކަމަށެވެ.

އަނެއްބަޔަކު ބުނަމުން ދިޔައީ، މި ކަމަކީ ދޫނިދޫގައި ހައްޔަރުކޮށްފައި ތިބި މީހުން ވަކީލުންނާއި ބައްދަލު ކުރާތަން "ބަގް" ކުރާގޮތަށް ކުރިކަމެއް ކަމަށެވެ. އަދި ބައެއް މީހުން މިކަން ސިފަ ކުރި ބޮޑު ޖޯކެއްގެ ގޮތުގައެވެ. ޖޫސްޕެޓީ ކޮތަޅުގައި ބަންދުކޮށްފައި ހުރި އެތަކެއްޗާއި ގުޅޭގޮތުން ފާޑުކީ އެކަކު ބުނެފައިވަނީ، އެއްޗެހި ޕެކްކޮށް ހެދުމަކީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވަރަށް ފަރިތަކަމާއެކު ކުރައްވާކަމެއްކަަމަށެވެ.

އަނެއްބަޔަކު ބުނަމުން ދިޔައީ މިކަމަކީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުގައި ފިސްތޯލައެއް ޕްލާންޓް ކުރިގޮތަށް މުޒާހަރާގެ ބައިވެރިން ފްރޭމް ކުރުމަށް ބަޔަކު ރޭވި ރޭވުމެއް ކަމަށެވެ. ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ހަދާފައި ހުރި އެއްޗެއްތޯ އެތަކެތީގައި ލިޔެފައި އޮތީތޯވެސް އެއް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެގޮތަށް އިދިކޮޅު ފަރާތްތަކުން މާޒީގައި ކުރި މުޒާހަރާތަކުން ތަފާތު އެކި ޒާތްޒާތުގެ ތަކެތި ހޯދުމަކީ ފުލުހުން ކުރާކަމެއްކަމަށެވެ.

"ޕެންޑްރައިވް، ފިސްތޯލަ، ކަޅުފޮށި، ކޮންޑަމް، ކިތާބީ ހެކި، ދެން މިހާރު މިރުސް ޕެކެޓް. ތިވާހަކަތައް އަޑުއަހާ ބަޔަކު މިހާރަކު ނޫޅޭ" ފުލުހުންގެ ޓްވީޓަށް ރައްދު ދެމުން މީހަކު ބުުފައިވެއެވެ.

ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މީގެ ކުރިން ކުރެވުނު ބޮޑެތި މުޒާހަރާތަކުގައިވެސް އާއްމު ރައްޔިތުން ފުލުހުންނާއި ކުރިމަތިލައި އެފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާއިރު މިހާރު ބޭނުން ކުރަންވީ ބޭނުމެއް ނެތެވެ. އަދި ހަތިޔާރެއްފަދަ އެއްވެސް އާލާތެއް ނެތި މުޒާހަރާ ކުރަމުންދާ އާއްމު ރައްޔިތުންގެ ގަޔަށް ބޮލަށް އަރައި ޕެޕާސްޕްރޭ ޖަހަ ޖިސްމާނީ އަނިޔާ މިހާތަނަށްވެސް ލިބިފައި ހުރި ފުލުހުންގެ ފަރާތުންނެވެ.

ފުލުހުން ބުނެފައިވަނީ، ޖޫސްޕެޓީ ކޮތަޅުގައި ބަންދުކޮަށްފައި ހުރީ، މިރުސްފެން ކަމަށެވެ. އަދި ބުދަދުވަހުގެރޭގެ މުޒާހަރާގައި ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި، އެމީހާ ހައްޔަރުވެސް ކޮށްފައިވާ ކަމަށެވެ. ބުދަދުވަހުގެރޭ މަޖީދީ މަގާއި ޗާނަދަނީ މަގާއި ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އަނިޔާވި އެތަށް ބަޔަކަށް ވަނީ ހޮސްޕިޓަލް ތަކުން ފަރުވާ ދީފައެވެ. މަގުމަތިން މީހުންގެ ގަޔަށް ޕެޕަރސްޕްރޭ ޖެހުމުގެ އިތުރުން ބުދަދުވަހުގެރޭ ފުލުހުންގެ ބަޔަކު ވަނީ މުޒާހަރާ ކުރިއަށްދިޔަ ސަރަޙައްދުގައި ހުރި ގެއަކަށްވަދެ އެގޭގައި ތިބި މީހުންގެ ގަޔަށްވެސް ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ބައެއް މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ލިބުނު އިރު، މުޒާހަރާގެ ބައެއް ބައިވެރިންނާއި އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުންވަނީ ހައްޔަރުކޮށްފައެެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އެކި ފަހަރުމަތިން މި ފަދަ އެކި ތަކެތި މުޒާހަރާ ކުރާ ސަރަޙައްދުން ފެނުނު ކަމަށާއި، އެތަކެއްޗަކީ ފުލުހުންނަށް ހަމަލާ ދިނުމަށް، ނުވަތަ ހަމަނުޖެހުން އުފެއްދުމަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށް ބުނެފައިވެއެވެ. އެގޮތުން ފުލުހުން "ހޯދާފައިވާ" ބައެއް ތަކެތީގެ ތެރޭގައި ފެން ހުސްކުރި ބިއްލޫރި ފުޅިއާއި، ޕޭވްމަންޓް ގަލާއި، އާޓިފިޝަލް ބީޗު ތެރޭގައި ހުރި ދަގަނޑު ބެންޗު ފަދަ ތަކެތި ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

06 މެއި 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު