Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނުފޫޒު ގަދަ ގައުމު

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ކެނެޑާއަށް ލިބުނީ 81 ޕަސެންޓް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:22
ކެނެޑާ ދިދަ

ކެނެޑާ ދިދަ

ދުނިޔޭގެ އެންމެ ނުޒޫފު ގަދަ ނުވަތަ ބާރު ގަދަ ގައުމަށް ވުމުގެ ރޭހަކީ، އެތައް ޒަމާނަކަށް ދެމިގެން ގޮސްފައިވާ ރޭހެކެވެ. ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަނީ އެންމެ ބާރުގަދަ، ނުޒޫފުތަކުން އެއްކިބައިވެފައިވާ މިނިވަން ގައުމަކަށް ވުމަށެެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާރު ނުވަތަ އެންމެ ނުޒޫފު ގަދަ ގައުމުގެ ގޮތުގައި ގިނަ ބަޔަކު ކުރިން ސިފަ ކުރިނަމަވެސް މިއަދު އެ މަންޒަރުވަނީ ބަދަލުވެފަ އެވެ. " އެންމެ އުންމީދުން ފުރިފައިވާ،ތަރައްގީގެ ހުޅުކޮޅު" އެ ވިސްނުމުގައި އެމެރިކާ ތަރައްގީގެ މަސައްކަތް އެންމެ ވަރުގަދައަށް ކުރި ދުވަސްވަރަކީ އެމެރިކާގެ 40 ވަނަ ރައީސް ރޮނާލްޑް ރޭގަންގެ ވެރިކަމުގެ ދުވަސްވަރެވެ. އޭރުއްސުރެ މިއަދާ ހަމައަށް ވެސް އެގައުމުން މަސައްކަތް ކޮށްފައިވަނީ އެކަން ހާސިލުކުރުމަށެެވެ. އެމެރިކާއަކީ މިނިވަން ކަމުގަޔާއި ޑިމޮކްރަސީގައި ވެސް އެހެން ގައުމުތަކުން ނަމޫނާ ނަގާ، އެހެން ގައުމުތަކުން އެހީތެރިކަން ހޯދާ ގައުމަކަށް ހެދުމަށް، އެގައުމުން އަބަދުވެސް މަސައްކަތް ކުރަމުންދެ އެވެ.

އެހެން ނަމަވެސް މިއަދު އެ މަންޒަރު ވަރަށް ބޮޑަށް މިވަނީ ބަދަލުވެފަ އެވެ. ތަރައްގީގެ ލާމަސީލު ނަމޫނާ ގައުމުގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، އެމެރިކާގެ ވިދުން މިވަނީ ފަނޑުވެފަ އެވެ. މިކަން އެންމެ ފަހުގެ ސަރވޭ ތަކުން ކަށަވަރު ކޮށްދެ އެވެ. އެގައުމަކީ އެންމެ " ޕޮސިޓިވް" ނުޒޫފު ފޯރުވާ ގައުމުގެ ގޮތުގައި ގަބޫލުކުރާ މީހުން ވަރަށް މަދުވެއްޖެ އެވެ. މިކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ސަރވޭގައި ދުނިޔޭގެ 25 ގައުމަކުން 18000 މީހުން ބައިވެރިވި އެވެ. އެ ސަރވޭ އިން ދައްކާގޮތުން އެމެރިކާ އަކީ އެންމެ ރަގަޅު އިންފްލުއެންސް ފޮނުވާ ގައުމުގެ ގޮތުގައި ބުނެފައި ވަނީ ސަރވޭގައި ބައިވެރިވި 40 ޕަސެންޓް މީހުންނެވެ.

އެއީ ޗައިނާއަށް ވުރެ ވެސް ދަށް އަދަދެކެވެ. ޗައިނާ އަށް ލިބިފައި ވަނީ 49 ޕަސެންޓެވެ. މީގެ އިތުުރުން ރަޝިޔާއަށް ލިބިފައިވަނީ 35 ޕަސެންޓެވެ.

އެމެއިކާ ހިމެނެނީވެސް މި ލިސްޓުގެ ނުވަވަނައިގަ އެވެ. މިއީ މިފާއިތުވެދިޔަ އަހަރާ އަޅާ ބަލާ އިރު 24 ޕަސެންޓްގެ ދަށްވުމެކެވެ.

ދުނިޔޭގެ އެންމެ ނުޒޫދުގަދަ ގައުމުގެ ޖާގަ ހޯދާފައިވަނީ މިފަހަރު ކެނެޑާ އެވެ. ކެނެޑާއަށް ލިބިފައިވަނީ 81 ޕަސެންޓެވެ. ދެވަނައަށް 79 ޕަސެންޓް ހޯދައިގެން ގޮސްފައި ވަނީ އޮސްޓްރޭލިޔާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ 67 ޕަސެންޓާއި އެކު ޖަރުމަނު ވިލާތެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާ އިރު ޕްރާންސްއަކީ އެންމެ ނުފޫޒު ގަފަ ގައުމުގެ ގޮތުގައި ދެކެނީ ސަރވޭގައި ބައިވެރިވި، 59 ޕަސެންޓެވެ. އިނގިރޭސިވިލާތަށް 57 ޕަސެންޓް ލިބިފައިވާ އިރު އިންޑިޔާއަށް ލިބިފައިވަނީ 53 ޕަސެންޓެވެ.މީގެ އިތުރުން މި ލިސްޓުގައި އީރާނާއި އިސްރާއީލް ވެސް ވަނީ ހިމެނިފަ އެވެ.

ދުނިޔޭގެ އެކި ކަންކަމަށް އެންމެ ބޮޑު "ޕޮސިޓިވް" ނުޒޫފެއް ފޯރުވާ ފަރާތްތަކުގެ ލިސްޓަށް ބައިނަލްއަގްވާމީ ޖަލިއްޔާތައް ލުމުން އެންމެ ބޮަޑަށް ފާހަގަވެގެން ދިޔައީ ގިނަ ޖަމިއްޔާތަކަށް ކުރިމަތިވި، އިންފްލުއެންސް ދަށަށް ދިއުމެވެ. އެގޮތުން، އދ އަށް 64 ޕަސެންޓް ލިބުނު އިރު އެއީ މިދިޔަ އަހަރަށް ވުރެ 9 ޕަސެންޓްގެ ދަށްވުމެކެވެ. އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އަށް 49 ޕަސެންޓް ލިބުނު އިރު އެއީ މިދިޔަ އަހަރާއި އަޅާބަލާ އިރު 7 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ އިތުރުން ވޯލްޑް ބޭންކަށް ލިބިފައިވަނީ 51 ޕަސެންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު