Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފާރިސް މައުމޫން

ފާރިސް ހައްޔަރުކުރަން ފަތިހު އަމުރު ނެރުއްވި ގާޒީ އަށް ފާޑުކިޔުން، އެތައް ސުވާލެއް!

އަމުރު ނެރުނީ ހޮނިހިރު ދުވަހުގެ ފަތިހް 4.00ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 20:14
ފާރިސް ހައްޔަރުކުރަން ކޯޓުން އަމުރު ކުރި ޝަހީދު ގަޒީ:- އޭނާ އެ އަމުރު ނެރުއްވީ ރަސްމީކޮށް އޮފީހަށް ނުނިކުންނަވާ

ފާރިސް ހައްޔަރުކުރަން ކޯޓުން އަމުރު ކުރި ޝަހީދު ގަޒީ:- އޭނާ އެ އަމުރު ނެރުއްވީ ރަސްމީކޮށް އޮފީހަށް ނުނިކުންނަވާ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޝަރުތުތަކަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހު އެވެ. ފާރިސްގެ މައްޗަށް ހިންގަމުންދާ ރިޝްވަތު ހުށަހެޅުމުގެ ދައުވާ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ބާތިލްކޮށް ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލަން އަމުރު ކުރުމުން ބައެއް މީހުން ތިބީ ހައިރާންވެފަ އެވެ. ސަރުކާރާ ދެކޮޅަށް އަމުރެއް ނެރުނީތީ ބައެއް މީހުން ތިބީ ވާނުވާ ނޭނގި އެވެ.

ފާރިސް ދޫކޮށްލަން އަމުރު ކުރި ފަހުން ދެ ދުވަސް ނުވަނީސް އަލުން ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެ ހައްޔަރުކުރުމުން މި ވަނީ ކިހިނެތް ކަމެއް މީހުންނަށް ނޭނގެ އެވެ. ހަމަ އެއް ގާޒީންތަކެއް ފާރިސް ދޫކޮށްލަން އަމުރު ކޮށްފައި އަނެއްކާވެސް ހައްޔަރުކުރަން އަމުރު ނެރެނީތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.

އެހެން ނަމަވެސް ހަގީގަތަކީ މިއީ އެވެ. ފާރިސް ހައްޔަރުކުރުމަށް ކޯޓުން އަމުރެއް ނެރުނީ ހޮނިހިރު ދުވަހުގެ ފަތިހު 4.00 ގައިއެވެ. މި އަށްވުރެ އަދި މާ ޝައުގުވެރިވާ ވާހަކައެއް އެބަ އޮތެވެ. އެއީ މި އަމުރު ނެރުއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާ ކުރައްވައި އަދި ރަސްމީ ކޮށް އޮފީހަށް ވެސް ނުނިކުންނަވާ ގާޒީ އެކެވެ.

އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގެންނެވި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވި ހުސައިން ޝަހީދު އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި ސަރުކާރު ހުޅުވިފައިވާ ރަސްމީ ދުވަހެއް ނާދެ އެވެ.

ސިޔާސީ ގޮތުން ވަކި ފަރާތެއްގެ ނުޒޫފުން ނެރުނު އަމުރެއް ކަމަށް ތުހްމަތުކުރަމުންދާ މި އަމުރު އޭނާ ފަތިސް ގަޑީގައި ނެރުއްވިއިރު ކްރިމިނަލް ކޯޓުގައި ގާޒީކަމުގައި ހަތަރު ބޭފުޅުން ކުރިންސުރެ މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އެ ކޯޓުގެ އިސް ގާޒީ ކަމާ ހަވާލުވެވަޑައިގެން ހުންނެވީ އާދަމް އާރިފު އެވެ. މިވަމުންދާ ގޮތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވަނީ އެނގިފަ އެވެ.

ޝަހީދުގެ އިތުރުން ކްރިމިނަލް ކޯޓަށް ބުރާސްފަތި ދުވަހު އެހެން ގާޒީއަކު ވެސް ހައްޔަން ކުރެއްވި އެވެ.

ގާޒީކަމާ ހަވާލުވެ ކޯޓަށް ރަސްމީކޮށް ނުކުމެވަޑައިނުގެން ސިޔާސީ ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރު ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން ޝަހީދަށް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔުން އަމާޒުވާނެ ސަބަބުތައް ވެސް އެބަ ހުއްޓެވެ. ފާރިސް ހައްޔަރުކުރުމަށް އަމުރު ދިން އިރު، ހައްޔަރުކުރުމުގެ އަމުރު ޖެހުމުގެ ތާވަލަށް އޭނާ ލެވެންވީ ގޮތެއް ވެސް ނެތެވެ. އާންމު އުސޫލުން ދާނަމަ އެ ތާވަލަށް ޝަހީދު ލާނީ އެންމެ އަވަސް ވިޔަސް އާދީއްތަ ދުވަހު އެވެ.

މި ކަންކަން ހިނގާ ގޮސްފައިވާ ގޮތުން ގިނަ ސުވާލުތަކެއް އުފެދެ އެވެ. ޝަހީދު ވެސް ވިސްނަވާށެވެ.

ފާރިސް ހައްޔަރު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ އަމުރެެއް ނެރުމަށްފަހު ހަމަ އެ އަމުރު ތަންފީޒްކޮށްފައިވާ ގޮތާއި ބަންދުގެ މުއްދަތުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މައްސަލަ ހަމަ އެ ގާޒީ މައްސަލަ ބެއްލެވުމަކީ އިންސާފާ ބީރެއްޓެހި ގޮތެކެވެ. ބަންދުގެ މައްސަލަތައް ބަލާނެ ތަރުތީބާއި މައްސަލަތައް ބަހާލާ ތާވަލެއް އެކުލަވާލަން ޖެހޭއިރު އަދި އޮފީހަށް ރަސްމީކޮށް ނުނިކުންނަވާ ގާޒީއެއް އެ ޝެޑިއުލްގައި ހިމެނުނީ ކިހިނެތްކަމާމެދު ސުވާލު އުފެދެ އެވެ. މި ހުރިހާ ކަމެއް ދުރުން ބަލާލާ މީހަކަށް ފުރުސަތު ލިބިގެންދަނީ ގާޒީ ޝަހީދަކީ ފާރިސްގެ މައްސަލަ އަށް ހާއްސަ ގާޒީއެއްގެ ގޮތުގަ އެވެ. މީގެ ކުރިންވެސް ސިޔާސީ ބޭފުޅުންގެ މައްސަލަތައް ވަކި ގާޒީން ބައްލަވާފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

11 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު