Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގުޅިފައިވާ ޕާޓީތައް

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

ރޯދަ މަހު ރޯދަ ހިފާނީ މި ވެރިކަމާ ނުލައި: ޝަހީމް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 24 އެޕްރީލު 2018 | އަންގާރަ 04:17
ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން އިދިކޮޅުން އުފާފާޅު ކުރަނީ

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން އިދިކޮޅުން އުފާފާޅު ކުރަނީ

ސިޔާސީ އުދަރެހުން ބޮޑު ރާޅެއް ނަގާ ކޮންމެ ފަހަރަކު އިޝާރާތެއް ކުރެއެވެ. އިދިކޮޅު ސަޕޯޓަރުންނަށެވެ. އެއީ ކަމެއް ވެދާނެ ގޮތުގެ އަންދާޒާއެވެ. ލަފާކުރެވޭ ގޮތެވެ. މިފަހަރު ބުނަމުންދަނީ ރޯދައިގެ ކުރިން ބޮޑު ކަމެއްވާނެ ކަމުގެ ވާހަކައެވެ.

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ އޮފީސް ކުރިމަތީ، ސޯސަންމަގުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ވިދާޅުވީ އަންނަ ރޯދަ މަހު ދިވެހިން ރޯދަ ހިފާނީ ރައީސް ޔާމީންގެ ވެރިކަމާ ނުލައި ކަމަށެވެ. އަދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓުގައި ބުނާ ގޮތަށް ވެރިކަން ބަދަލުކޮށްލާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ކޯނީ ރިޕޯޓުގައިވާ ގޮތުގެ މަތިން އަބްދުﷲ ޔާމީންގެ ވެރިކަން އަޅުގަނޑުމެން ވައްޓާލާނަން. ތިޔަބޭފުޅުން އިރާދަ ކުރެއްވިއްޔާ މިފަހަރު ރޯދަ ހިފާނީ ތިޔަބޭފުޅުން މިނިވަންކަމާއެކުގައި އަބްދުﷲ ޔާމީންގެ ކިބައިން ސަލާމަތްވެތިބެ،" ފެބްރުއަރީ އެކެއްގެ އަމުރާއެކު މާލޭގައި ކުރި އިހްތިޖާޖުތައް ލީޑު ކުރައްވަމުން ގެންދަވަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ޝަހީމް ވިދާޅުވިއެވެ.

ރޯދައިގެ ކުރިން އިދިކޮޅު ފަރާތްތަކަށް ކާމިޔާބީއެއް ލިބޭނެ ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވެސް ވިދާޅުވީ ރޯދަ މަހު ރޯދަ ހިފާނީ "މި ވެރިކަމާ ނުލައި" ކަމަށެވެ. އެ ވާހަކަ އޭނާ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ ކަަމަށް މޫކޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނުބައި ވިސްނުންތަކާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރާނެ ކަމަކަށް ދުވަހަކު ވެސް އުންމީދެއް ނުކުރާ ކަމަށެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ. ހިތްވަރަށް ދެގޮތެއް ނުވެ ސާބިތުކޮށް ތިބެއްޖެނަމަ، ކާމިޔާބު ތިލަވާކަން ކަށަވަރުވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މި ރޯދަ މަހު ރޯދަ ހިފާނީ ވެރިކަމާ ނުލައި. ވެރިކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލު ކުރާނެ. އެކަން ކުރާނެ. އެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑު މި ވާހަކަ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ،" ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މޫކޭ ވިދާޅުވިއެވެ.

އެ ބޭފުޅުން އެ ވާހަކަތައް އެ ދައްކަވަނީ އުންމީދެއް އޮތީމަ ކަމަށް އެބަ ވިދާޅުވެ އެވެ. މި ވަގުތަކީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ތައްޔާރުވެ އަނެއްކާވެސް، ކަމަރު ބަދެލަންވީ ވަގުތު ކަމަަށް އެ ދަނީ ބުނަމުންނެވެ. އެ ވާހަކަތައް އެ ދައްކަނީ ހުސް އަނގަތަޅާކަށް ނޫނެވެ. އެ އަޑުތަކުން އެނގިގެން އެ ދަނީ ސަރުކާރު ބަލިކަށިވެފައި އޮތް ކަމުގެ އިންޒާރެވެ. އަޑެއް ކިޔައިފިއްޔާ ޔަގީނުން ވެސް ރެނދެއްލާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު