Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ ދުވަސް

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

މިފަހަރުގެ ގައުމީ ލަވަ އަލްބަމުގައި 8 ލަވަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 10:55
މިއަހަރުގެ ލަވަ އަލްބަމް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ

މިއަހަރުގެ ލަވަ އަލްބަމް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ

ގައުމީ ޖޯޝު އާކޮށްލައި، ގައުމީ ލޭ ކައްކުވާލުމަށް ދިވެހި ސިފައިން ވަރުގެ ބައެއް ނެތެވެ. ސިފައިން ނެރޭ ލަވަތަކަކީ ގައުމު ދެކެ ލޯބިވާ މީހުންގެ ގައިން ހީބިހި ނަގައިގެންދާ ފަދަ ގައުމީ ރޫހާއި ފޯރި އާލާކޮށްދޭ ލަވަތަކެކެވެ. ސިފަވަންތަކަން ދައްކުވައިދޭ ލަވަތަކެކެވެ. ގައުމަށްޓަކައި ގުރުބާންވުމާއި، ގައުމާއި ދީނުގެ ހިމާޔަތުގައި ސިފައިން ދެމި ތިބިކަމުގެ ޔަގީންކަން ލަވަތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ކޮންމެ އަހަރަކުވެސް ސިފައިން ދަނީ ގެނެސްދެމުންނެވެ.

ކޮންމެ އަހަރެއްގެ ގައުމީ ދުވަހާއި ދިމާކޮށް ގައުމީ ލަވައިގެ އަލްބަމެއް ސިފައިން ނެރެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ. މިއަހަރުގެ ލަވަ އަލްބަން ހޮނިހިރު ދުވަހު ނެރުނުއިރު، މިއީ އެންމެ ތަފާތު އަހަރޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެހެން އަހަރުތަކުގައި ލަވަތައް ހުރީ ބަހުރުވައިންނެވެ. އެހެން ނަމަވެސް، މިފަހަރުގެ އަލްބަމުގައި، ރާއްޖޭގައި އާންމުކޮށް މީހުން ވާހަކަ ދައްކައި އުޅޭ މައިގަނޑު ކޮންމެ ބަހުރުވައަކުން ލަވައެއް ހިމެނެ އެވެ.

ސިފައިން މިއަހަރު ނެރުނު ގައުމީ ލަވަ އަލްބަމުގައި ހިމެނެނީ 8 ލަވަ އެވެ. އައްޑޫ ބަހުރުވައިން ލަވައަކާއި، ފުވައްމުލަކު ބަހުރުވައިން ލަވައަކާއި، ހުވަދު އަތޮޅު އުތުރުބުރީ ބަހުރުވައިން ލަވައަކާއި، ހުވަދުއަތޮޅު ދެކުނު ބުރީ ބަހުރުވައިން ލަވައަކާއި، ހިރިލަންދޫ ބަހުރުވައިން ލަވައަކާއި، ހައްދުންމަތީ ބަހުރުވައިން ލަވައަކާއި، ނައިފަރު ބަހުރުވައިން ލަވައެއްގެ އިތުރުން މާލޭ ބަހުރުވައިން ލަވައެކެވެ.

މި ލަވަތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާހަކަ ދައްކައި އުޅޭ ބަހުރުވަތަކުގެ ތަފާތުތައް ވަރަށް ރަނގަޅަށް އެނގެ އެވެ. ބަހުރުވަތައް ރަނގަޅަށް ނޭނގޭ މީހުންނަށް މަޖާ ކަމަކަށްވެސް ވެދާނެ އެވެ. އެހެންނަމަވެސް، މިއީ ސިފައިން ކޮށްފައިވާ ތައުރީފު ހައްގު މަސައްކަތެކެވެ.

މި އަލްބަމަށް ޅެން ހައްދަވައި ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރުގެ އިތުރުން ހަސަން ލަބީބުއާއި، ފަތުހުﷲ ސާލިޙުއާއި، އަބްދުﷲ އަފީފުއާއި، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއާއި، އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރުއާއި، ޢަބްދުލްޖަލީލް އިސްމާއީލު އަދި މުހައްމަދު އަބްދުލް ޣަނީއެވެ.

އައްޑޫ ބަހުރުވައިގެ ލަވަ: އަފިރިންގެ އަޒުމު

ފުވައްމުލަކު ބަހުރުވައިގެ ލަވަ: ހަމަ ނަމޫނާ

ހުވަދު އަތޮޅު އުތުރުބުރީ ބަހުރުވައިގެ ލަވަ: ހިޒުމަތެ ކެރެންނައު މިގައުމާއި މި ދީނަޓެ

ހުވަދު އަތޮޅު ދެކުނުބުރީ ބަހުރުވައިގެ ލަވަ: އަހަންނާންނައްކޫ ދިވެހީންނެ

ހިރިލަންދޫ ބަހުރުވައިގެ ލަވަ: މިނިވަންކަމުގެ އުފާ

ހައްދުންމަތީ ބަހުރުވައިގެ ލަވަ: ގައުމަށް ކެރަން ޚިދުމަތް ދެމީގެން ދާޅެވެ

ނައިފަރު ބަހުރުވައިގެ ލަވަ: މުވާތިނުވޭ

މާލޭ ބަހުރުވައިގެ ލަވަ: ގައުމީ ނިދާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު