Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެނެޑާއިން މަންކީޕޮކްސް ފެނުން

ކެނެޑާއިން ވެސް މަންކީޕޮކްސް ފެނިއްޖެ، 2 މީހަކަށް ބަލި ޖެހިފައިވޭ

އިތުރު 17 ކޭސްއެއް ކައިރިން ބަލަމުންދާ ކަމަށް ކެނެޑާއިން ވަނީ ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 08:24
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

މަންކީޕޮކްސް ޖެހިފައިވާ 2 މީހަކު ކެނެޑާއިން ފެނިފައިވާ ކަމަށް އެޤައުމުގެ ސިއްޙީ އިދާރާއިން ބުނެފިއެވެ.

ކެނެޑާގެ ޕަބްލިކް ހެލްތު އެޖެންސީން ބުރާސްފަތި ދުވަހު ބުނެފައިވަނީ މަންކީޕޮކްސްގެ 2 ކޭސްއެއް ފެނިފައިވަނީ ކިއުބެކް ޕްރޮވިންސުން ކަމަށާއި، މިއީ ކެނެޑާއިން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ކޭސްތަކާއި ގުޅިގެން އިތުރު 17 ކޭސްއެއް ގާތުން ބަލަމުން އަންނަ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ޕޯޗުގަލް އަދި ސްޕެއިން ހިމެނޭގޮތަށް ގިނަ ޤައުމުތަކުން ވަނީ މަންކީޕޮކްސްގެ ކޭސްތައް ފާއިތުވި ހަފްތާތެރޭގައި ރިޕޯޓްކޮށްފައެވެ. ކެނެޑާގެ ކިއުބިކް ޕްރޮވިންސަށް ދަތުރުކުރުމަށްފަހުގައި ބުދަ ދުވަހު އެމެރިކާއަށް އަނބުރާ ދިޔަ މީހެއްގެ ފަރާތުން މަންކީޕޮކްސް ފެނި އެމެރިކާއިން ވެސް ވަނީ މި ވައިރަހުގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައެވެ.

ޝައްކުވެގެން ބުރާސްފަތި ދުވަހު ކެނެޑާގެ ނެޝަނަލް މައިކްރޯބައިލޮޖީ ލެބޯޓަރީއަށް ފޮނުވި ސާމްޕަލް ޕޮޒިޓިވް ކަމަށް ކިއުބެކް ޕްރޮވިންސަށް އަންގާފައިވާއިރު، މިއީ އެޤައުމުން މިހާތަނަށް ފެނުނު މި ވައިރަހުގެ ފުރަތަމަ ކޭސްކަމަށް ޕަބްލިކް ހެލްތު އެޖެންސީ އޮފް ކެނެޑާއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މަންކީޕޮކްސް އެންމެ ގިނައިން ފެނިފައިވަނީ މެދުތެރެއާ ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުންނެވެ. މަންކީޕޮކްސް އަކީ އިންސާނުންގެ ހަށިގަނޑުން މީގެކުރިން ފެނިފައިވާ ސްމޯލް ޕޮކްސްއާ އެއްގޮތްކަމެއް ހުންނަ ވައިރަލް އިންފެކްޝަންއެކެވެ. އެންމެ ފުރަތަމަ މަންކީޕޮކްސްގެ ކޭހެއް ރިކޯޑްކުރެވިފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. ފާއިތުވި 10 އަހަރުތެރޭގައި ހުޅަނގު އެފްރިކާގެ ޤައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

މިވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ބޮލުގެ ރިއްސުމާއި ހަންގަނޑުން ބިހިތަކެއް ނެގުމެވެ. ބިހިތައް އެންމެ ފުރަތަމަ ނަގަން ފަށާނީ މޫނުގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ.

ބުދަ ދުވަހު އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާއިން ފެނުނު ފުރަތަމަ ކޭސް ފެނިފައިވަނީ މެސަޗޫސެޓްސް އިންނެވެ. މެސަޗޫސެޓްސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުދަ ދުވަހު ބުނީ ކެނެޑާއިން އައި މީހެއްގެ ގައިން މަންކީޕޮކްސް ފެނިފައިވާކަމަށެވެ.

މެސަޗޫސެޓްސްގެ ސްޓޭޓް އެޖެންސީން އަންނަނީ ސީޑީސީއާ އެހެނިހެންވެސް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މިކޭހުގެ ސަބަބުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ބަލި ޖެހިފައިވާ މީހާ މިވަގުތު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި އެމީހާގެ ހާލު ރަނގަޅުކަމަށްވެސް ސްޓޭޓް އެޖެންސީން ވަނީ ބުނެފައެވެ.

ކެނެޑާގެ ޕަބްލިކް ހެލްތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕްގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްތައް ގާތުން ބަލަމުން އަންނަކަމަށާއި އިތުރު ކޭހެއް ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

މެސަޗޫސެޓްސް ހެލްތު އެޖެންސީން ބުނީ އިންސާނުންގެ ތެރޭގައި ފަސޭހަކަމާއެކު މިވައިރަސް ފެތުރެމުން ނުދާކަމަށެވެ. ނަމަވެސް މިވައިރަސް ޖެހިފައި ހުންނަ މީހެއްގެ ހަށިގަނޑުން ނިކުންނަ ފްލުއިޑްސް އާއި ބިހި ނަގާފައި ހުންނަ ތަންތަނުން ނިކުންނަ ދިޔަ ފަދަ ތަކެއްޗާއިން އެތަންތަން ބެއްދުމަށް ބޭނުންކުރާ ބޭސް މަލަނާއި ބެންޑޭޖްފަދަ ތަކެތިން ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އަރާކަމަށެވެ. މީގެއިތުރުން ކުޅުގެ ޒަރީއާއިންވެސް ބަލި ފެތުރޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ގިނަ އިރު ވަންދެން މޫނާއި މޫނު ޖެހޭ ހިސާބުގައި ތިބުމުގެ ސަބަބުންކަމަށް އެއެޖެންސީން ބުނެއެވެ.

މިކޭސް ފެނުމާއި ހަމައަށް މިއަހަރު އަދި މަންކީޕޮކްސްގެ އެއްވެސް ކޭހެއް އެމެރިކާއިން ފެނިފައެއްނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ނައިޖީރިޔާއަށް ދަތުރުކުރި ބަޔެއްގެ ފުށުން ޓެކްސަސް އާއި މެރީލޭންޑުން ކޭސް ފެނިފައިވެއެވެ.

ސީޑީސީން ބުނީ ފާއިތުވި ދެހަފްތާތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތަކެއް ފެނިފައިވާކަމަށެވެ. އޭގެތެރޭގައި ޕޯޗުގަލް، ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

ބުދަ ދުވަހު ޕޯޗުގަލް އިން ބުނެފައިވަނީ މަންކީޕޮކްސްގެ ފަސް ކޭހެއް ފެނިފައިވާކަމަށެވެ. ސްޕެއިނުން ބުނެފައިވަނީ 23 ކޭހެއް ފެނިފައިވާކަމަށެވެ.

ޔޫރަޕްގެ ސިއްޙީ އިދާރާތަކުން އަންނަނީ އިނގިރޭސިވިލާތުން ފުރަތަމަ ކޭސް މެއި މަހުގެ 7 ވަނަ ދުވަހު ފެނުނުކަމަށް ރިޕޯޓްކުރި ފަހުން ހާލަތު ކައިރިން މޮނިޓަރުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު