Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަންކީ ޕޮކްސް އެމެރިކާއިން ފެނުން

މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ

މެސަޗޫސެޓްސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުދަ ދުވަހު ބުނީ ކެނެޑާއިން އައި މީހެއްގެ ގައިން މަންކީ ޕޮކްސް ފެނިފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 01:58
މަންކީ ޕޮކްސް ވައިރަސް

މަންކީ ޕޮކްސް ވައިރަސް

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ފެންނަމުން އަންނަ މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާއިން ފެނުނު ފުރަތަމަ ކޭސް ފެނިފައިވަނީ މެސަޗޫސެޓްސް އިންނެވެ. މެސަޗޫސެޓްސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުދަ ދުވަހު ބުނީ ކެނެޑާއިން އައި މީހެއްގެ ގައިން މަންކީ ޕޮކްސް ފެނިފައިވާކަމަށެވެ.

މެސަޗޫސެޓްސްގެ ސްޓޭޓް އެޖެންސީން އަންނަނީ ސީޑީސީއާ އެހެނިހެންވެސް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މިކޭހުގެ ސަބަބުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ބަލި ޖެހިފައިވާ މީހާ މިވަގުތު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި އެމީހާގެ ހާލު ރަނގަޅުކަމަށްވެސް ސްޓޭޓް އެޖެންސީން ވަނީ ބުނެފައެވެ.

ކެނެޑާގެ ޕަބްލިކް ހެލްތުން ނެރުނު ބަޔާނެއްގައި ވަނީ ޔޫރަޕްގައި މިހާރު ފެތުރެމުން އަންނަ މަންކީ ޕޮކްސްގެ ކޭސްތައް ގާތުން ބަލަމުން އަންނަކަމަށާއި އިތުރު ކޭހެއް ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

މަންކީ ޕޮކްސް އެންމެ ގިނައިން ފެނިފައިވަނީ މެދުތެރެއާ ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުންނެވެ. މަންކީ ޕޮކްސް އަކީ އިންސާނުންގެ ހަށިގަނޑުން މީގެކުރިން ފެނިފައިވާ ސްމޯލް ޕޮކްސްއާ އެއްގޮތްކަމެއް ހުންނަ ވައިރަލް އިންފެކްޝަންއެކެވެ. އެންމެ ފުރަތަމަ މަންކީ ޕޮކްސްގެ ކޭހެއް ރިކޯޑްކުރެވިފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. ފާއިތުވި 10 އަހަރުތެރޭގައި ހުޅަނގު އެފްރިކާގެ ގައުމުތަކުން މަންކީ ޕޮކްސްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

މިވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ބޮލުގެ ރިއްސުމާއި ހަންގަނޑުން ބިހިތަކެއް ނެގުމެވެ. ބިހިތައް އެންމެ ފުރަތަމަ ނަގަން ފަށާނީ މޫނުގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ.

މެސަޗޫސެޓްސް ހެލްތު އެޖެންސީން ބުނީ އިންސާނުންގެ ތެރޭގައި ފަސޭހަކަމާއެކު މިވައިރަސް ފެތުރެމުން ނުދާކަމަށެވެ. ނަމަވެސް މިވައިރަސް ޖެހިފައި ހުންނަ މީހެއްގެ ހަށިގަނޑުން ނިކުންނަ ފްލުއިޑްސް އާއި ބިހި ނަގާފައި ހުންނަ ތަންތަނުން ނިކުންނަ ދިޔަ ފަދަ ތަކެއްޗާއިން އެތަންތަން ބެއްދުމަށް ބޭނުންކުރާ ބޭސް މަލަނާއި ބެންޑޭޖްފަދަ ތަކެތިން ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އަރާކަމަށެވެ. މީގެއިތުރުން ކުޅުގެ ޒަރީއާއިންވެސް ބަލި ފެތުރޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ގިނަ އިރު ވަންދެން މޫނާއި މޫނު ޖެހޭ ހިސާބުގައި ތިބުމުގެ ސަބަބުންކަމަށް އެއެޖެންސީން ބުނެއެވެ.

މިކޭސް ފެނުމާއި ހަމައަށް މިއަހަރު އަދި މަންކީ ޕޮކްސްގެ އެއްވެސް ކޭހެއް އެމެރިކާއިން ފެނިފައެއްނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ނައިޖީރިޔާއަށް ދަތުރުކުރި ބަޔެއްގެ ފުށުން ޓެކްސަސް އާއި މެރީލޭންޑުން ކޭސް ފެނިފައިވެއެވެ.

ސީޑީސީން ބުނީ ފާއިތުވި ދެހަފްތާތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކުން މަންކީ ޕޮކްސްގެ ކޭސްތަކެއް ފެނިފައިވާކަމަށެވެ. އޭގެތެރޭގައި ޕޯޗުގަލް، ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

ބުދަ ދުވަހު ޕޯޗުގަލް އިން ބުނެފައިވަނީ މަންކީ ޕޮކްސްގެ ފަސް ކޭހެއް ފެނިފައިވާކަމަށެވެ. ސްޕެއިނުން ބުނެފައިވަނީ 23 ކޭހެއް ފެނިފައިވާކަމަށެވެ.

ޔޫރަޕްގެ ސިއްހީ އިދާރާތަކުން އަންނަނީ އިނގިރޭސިވިލާތުން ފުރަތަމަ ކޭސް މެއި މަހުގެ 7 ވަނަ ދުވަހު ފެނުނުކަމަށް ރިޕޯޓްކުރި ފަހުން ހާލަތު ކައިރިން މޮނިޓަރކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު