Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑްކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް: ވިކްރަމަސިންގހަ

17 މެއި 2022 | އަންގާރަ 14:17

އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރަން ނިންމުމުން ސަރުކާރުގެ މެމްބަރުން މި ނިންމުމުގެ ބޭނުން ހިފައި ރައީސް ގޮތަބަޔާ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލުމަށް މަސައްކަތްކުރާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މެއި 2022 | އަންގާރަ 14:17
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

މަޖިލީހުގައި އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރުމަށް ވޯޓުލާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެމަނިކުފާނު އިދިކޮޅުގައި ހުންނެވި ނަމަ ވޯޓު ލާނީ އެ އޯޑަރސް ސަސްޕެންޑް ނުކުރުމަށް ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރެނު ބަޔާނެއްގައި ބުނެފައި ވަނި އިދުކޮޅު މެމްބަރުން ކަމަށްވާ އެމް.އޭ ސުމަންތިރަން، ރައުފް ހަކީމް އަދި މަނޯ ގަނެސަން އާއެކު ހޯމަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކޮށް ރައީސް ގޮބަޔާގެ އިތުބާރުނެތް ކަމުގެ ބަހުސް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބޮޑުވަޒީރަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން ބޮޑުވަޒީރު ވަނީ މަޖިލީހުން ބޭނުން ވަނީ މިދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު މެމްބަރުން ހިމެނޭހެން އެކަން ކަމުގެ ބަހުސް ކުރިއަށް ގެންދަން ކަމަށާއި އެކަންކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް ވިދާޅުވެފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސްއާ ދެކޮޅަށް ހުށަހަޅާފައިވާ ކަންތައް ވެސް ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާ ކަމަށްވެއެވެ.

މީގެ އިތުުރުން ގެތަކަށް ގެއްލުން ލިބުނު މެމްބަރުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރަން ވޯޓުނުލާނެ ކަމަށާއި އެމެމްބަރުންނަށް މުހިންމު ވާނީ އެމެމްބަރުންގެ ގެތަކަށް ލިބުނު ގެއްލުމެ ކަންތައްތައް ހައްލުކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާކަމަށްވެއެވެ.

މިކަންތައް އަންގާރަ ދުވަހު މެމްބަރު ސުމަންތިރަން އަށް ކިޔާދެއްވި ކަމަށާއި އެހެން ނަމަވެސް އިދިކޮޅުން ނިންމާފައި ވަނީ މުޅިން ނުބައިކޮށް ކަމަށް ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައިވެއެވެ. އެގޮތުން އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރަން ނިންމުމުން ސަރުކާރުގެ މެމްބަރުން މި ނިންމުމުގެ ބޭނުން ހިފައި ރައީސް ގޮތަބަޔާ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލުމަށް މަސައްކަތްކުރާނެ ކަމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2021

ބޯކޯ ހަރާމްގެ ލީޑަރު އަމިއްލައަށް މަރުވެއްޖެކަމަށް އިދިކޮޅުން ބުނެފި

07 ޖޫން 2021
ބޯކޯ ހަރާމްގެ ލީޑަރު އަމިއްލައަށް  މަރުވެއްޖެކަމަށް އިދިކޮޅުން ބުނެފި
03 ޖޫން 2021

ނަތަންޔާހޫ ބޮޑުވަޒީރުކަމުން ވަކިކުރަން އިދިކޮޅުން ކޯލިޝަން ހަދައިފި

03 ޖޫން 2021
ނަތަންޔާހޫ ބޮޑުވަޒީރުކަމުން ވަކިކުރަން އިދިކޮޅުން ކޯލިޝަން ހަދައިފި
25 އޮކްޓޯބަރު 2020

ސީޝެލްސްގެ އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ކާމިޔާބު ކޮށްފި

25 އޮކްޓޯބަރު 2020
ސީޝެލްސްގެ އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ކާމިޔާބު ކޮށްފި
15 ސެޕްޓެމްބަރު 2020

ގަވަރުނަރު އަޅަން ނިންމި ފިޔަވަޅު ތަކަކީ ގާނޫނާ ހިލާފު ފިޔަވަޅު ތަކެއް ކަމަށް ޕެންސިލްވޭނިއާގެ ކޯޓުން ކަނޑައަޅައިފި

15 ސެޕްޓެމްބަރު 2020
ގަވަރުނަރު އަޅަން ނިންމި ފިޔަވަޅު ތަކަކީ ގާނޫނާ ހިލާފު ފިޔަވަޅު ތަކެއް ކަމަށް ޕެންސިލްވޭނިއާގެ ކޯޓުން ކަނޑައަޅައިފި
15 އޯގަސްޓު 2020

ޔޫއޭއީ އިން އިސްރާއީލްއާ ގުޅުން ގާއިމްކުރަން ނިންމި ނިންމުމަކީ ''ވަރަށް ބޮޑު ކުށެއް'': ރޫހާނީ

15 އޯގަސްޓު 2020
ޔޫއޭއީ އިން އިސްރާއީލްއާ ގުޅުން ގާއިމްކުރަން ނިންމި ނިންމުމަކީ ''ވަރަށް ބޮޑު ކުށެއް'': ރޫހާނީ
26 މެއި 2020

ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރަން އިސްރާއީލުން ނިންމި ނިންމުން ފަލަޞްޠީނުން ކުށްވެރި ކޮށްފި

26 މެއި 2020
ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރަން އިސްރާއީލުން ނިންމި ނިންމުން ފަލަޞްޠީނުން ކުށްވެރި ކޮށްފި
09 ޖޫން 2019

ސޫދާނުގެ ހަމަނުޖެހުން: މަދަނީ ބަސްނޭހުމަކަށް އިދިކޮޅުން ގޮވާލައިފި

09 ޖޫން 2019
ސޫދާނުގެ ހަމަނުޖެހުން: މަދަނީ ބަސްނޭހުމަކަށް އިދިކޮޅުން ގޮވާލައިފި
10 އޯގަސްޓު 2017

ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބޮޑު ޖޯކެއް: ނަވާޒު ޝަރީފް

10 އޯގަސްޓު 2017
ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބޮޑު ޖޯކެއް: ނަވާޒު ޝަރީފް
05 އޯގަސްޓު 2017

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި

05 އޯގަސްޓު 2017
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް