Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީއިން އިޒްރޭލާ ގުޅުން ގާއިމްކުރުން

ޔޫއޭއީ އިން އިސްރާއީލްއާ ގުޅުން ގާއިމްކުރަން ނިންމި ނިންމުމަކީ ''ވަރަށް ބޮޑު ކުށެއް'': ރޫހާނީ

15 އޯގަސްޓު 2020 | ހޮނިހިރު 12:03

މިއީ މެދުއިރުމަތީ ސަރަހައްދުގައި އިސްރާއީލްއަށް ބާރުގަދަވާ ގޮތަށް ނިންމާފައިވާ ނިންމުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2020 | ހޮނިހިރު 12:03
އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ޔޫއޭއީއަށް ވަރުގަދަ އިންޒާރެއް ދެއްވާފައި

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ޔޫއޭއީއަށް ވަރުގަދަ އިންޒާރެއް ދެއްވާފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލް ގުޅުން ގާއިމްކުރަން ނިންމި ނިންމުމަކީ ''ވަރަށް ބޮޑު ކުށެއް'' ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ތާރީހީ މުހިންމު ސުލްހައިގެ އެބަސްވުމެއް އިސްރާއީލް ޔޫއޭއީ އާ ދެމެދު އެކުލަވާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ މިމަހުގެ 12ވީ ބުރާސްފަތި ދުވަހެވެ. މިނިންމުމާ ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އިސްރާއީލް ޔޫއޭއީ އާ ދެމެދު އެކުލަވާލާފައިވާ މިއެއްބަސްވުމަށް ރޫހާނީ ފާޑު ކިޔުއްވާ ވިދާޅުވީ މިއީ ޔޫއޭއިން މެދުއިރުމަތީ ސަރަހައްދުގައި އިސްރާއީލްއަށް ބާރުގަދަވާ ގޮތަށް ނިންމާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް ކަމަށެވެ. ވަރުގަދަ އިންޒާރަކާއެކު ރޫހާނީ ވިދާޅުވީ ޔޫއޭއީގެ މިނިންމުން ރަނގަޅު ނޫން ކަމަށް ވިސްނޭނެ ކަމަށާއި، ނުބައި މަގަކަށް ނުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޔޫއޭއީއާ އިޒްރޭލްގެ މިއެއްބަސްވުމުގެ ދަށުން އިސްރާއީލް ވަނީ ފަލަސްތީންގެ ހުޅަނގު އައްސޭރި ބިނާތައް އިސްރާއީލްގެ ބަޔަކަށް ހެދުން މަޑު ޖައްސާލަން އެއްބަސްވެފައެވެ. ދެގައުމުން ވަނީ ދެގައުމުގެ މެދުގައި ގާއިމްކުރާ ބައިލޭޓްރަލް ގުޅުން ގެންދާނެ ރޯޑްމެޕްއެއް ގާއިމްކުރުމަށް އެއްބަސްވެފައެވެ.

މިއެއްބަސްވުމަކީ ދެގައުމުން އެއްބަސްވުމަކަށް ނާދެވި، ދިގުލައިގެން ގޮސްފައިވާ އެއްބަސްވުމެކެވެ. ނަމަވެސް އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށް މިއެއްބަސްވުން މިވަނީ އަވަސްކޮށްފައެވެ. މިއެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ރަނގަޅުވާނެ ކަމަށް ގައުމުތަކުގެ ލީޑަރުން ގަބޫލު ކުރެއެވެ.

މީގެއިތުރުން ކުރިއަށް އޮތް ހަފްތާގައި އިސްރާއީލް އަދި ޔޫއޭއީ އިން ބައިލޭޓްރަލް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ދެގައުމުން ވެސް ފަތުރުވެރިކަމާއި، ދެގައުމުގެ ދެމެދުގައިި ޑައިރެކްޓް ފްލައިޓް އޮޕަރޭޓް ކުރުމާއި، ޓެލެކޮމިއުނިކޭޝަން، ނެކްނޮލޮޖީ، ސިއްހީ އަދިވެސް އެކިއެކި ދާއިރާތަކުގައި އިންވެސްޓްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
15 ފެބުރުއަރީ 2017

ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ

15 ފެބުރުއަރީ 2017
ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް