Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބޮޑު ޖޯކެއް: ނަވާޒު ޝަރީފް

ނަވާޒު ޝަރީފު މަގާމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ މަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 އޯގަސްޓު 2017 | ބުރާސްފަތި 16:31
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޝަރީފް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޝަރީފް

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނު މަގާމުގައި ދެމިހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ "ޖޯކެއް" ކަމަށާއި އެއީ ވޯޓުލި ފަރާތްތަކަށް ކުރި މަލާމާތެއް ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާވަލްޕިންޑީގައި ބޭއްވި ރެލީއެއްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ނަވާޒް ޝަރީފް މިހެން ވިދާޅުވިއިރު މިއީ މިދިޔަ މަހު ކޯޓުން ނިންމި ނިންމުމާއެކު އިސްތިއުފާ ދެއްވި ޝަރީފު، ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

ނަވާޒު ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕީއެމްއެލް-އެން ޕާޓީގެ ތާއިދު ބޮޑު، ރާވަލްޕިންޑީގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ތިން ވަނަ ދައުރު ފުރިހަމަ ކުރެއްވުމަށް ފުރުސަތު ނުދިން ކަމަށާއި ޕާކިސްތާނުގެ އެއްވެސް ބޮޑު ވަޒީރަކަށް އެމީހެއްގެ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ނުދޭ ކަމަށާއި "އެއީ ޖޯކެއް ކަމަށާއި ޕާކިސްތާނަށް އެކަން ތަހަމަލު ކުރަން މިހާރު ދަތި ކަމަށެވެ."

ނަވީޒް ޝަރީފް އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުންވެސް "ރޫލް އޮފް ލޯ" ނެގެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.

ބޮޑު ވަޒީރު ޝަރީފު މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ މަނިކުފާނުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެކަން ތަހުގީގު ކުރުމަށް ފަހު ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ)ގެ ތަހުގީގަށް ފަހު ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ނަން ހިމަނާފައި ނެތެވެ. މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނެމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު