Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި

5 އޯގަސްޓު 2017 | ހޮނިހިރު 07:55

މިހާރު ތިބި އެމެރިކާގެ ރައްޔިތުން އެ ތާއރީޚްގެ ކުރިން އެ ގައުމު ދޫކޮށްދިއުމަށް ވަނީ އަންގާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 އޯގަސްޓު 2017 | ހޮނިހިރު 07:55
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފިއެވެ.

އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުކުރު ދުވަހު ވަނީ އެއްގައުމު އަނެއްގައުމުގެ ރައްޔިތުންނާ ބައްދަލުކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޑެމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާގެ ރައްޔިތުންގެ ހަގީގީ މަންޒަރު އެމެރިކާގެ ރައްޔިތުންނަށް ފެނުމަށް ހުރަސްއެޅުން ކަމަށް ވެސް ބުނެފައިވާ ކަމަށް ކޮރެއާގެ ދައުލަތުން ހިންގާ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީއިން ބުނެފައި ވެއެވެ.

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަކީ އުތުރު ކޮރެއާއަކީ ދުޝްމަނެއް ކަމަށް އެމެރިކާއިން ދެކޭ ކަމުގެ ހެއްކެއް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޖުލައިމަހުގެ 21 ވަނަ ދުވަހު ވަނީ އެ ގައުމުގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. އެގައުމުން ބުނެފައިވަނީ އެގޮތަށް ނިންމީ އުތުރުކޮރެއާގެ ގާނޫނު ތަންފީޒުކުރުމުގެ ނިޒާމުގެ ތެރެއިން ހައްޔަރުކޮށް ދިގުމުއްދަތަކަށް ބަންދުކޮށްފާނެކަމުގެ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ.

އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރީ އުތުރު ކޮރެއާއިން ހައްޔަރުކޮށްގެން ގެންގުޅުނު އެމެރިކާގެ ޔުނިވާސިޓީ އޮފް ވާރޖީނިއާގެ ދަރިވަރު، އުމުރުން 22 އަހަރުގެ އޮޓޯ ވާމްބިއާ، ކޯމާއެއްގައި އޮވެ ޖޫންމަހުގެ ތެރޭ މަރުވި ހާދިސާއަށްފަހުއެވެ.

އުތުރު ކޮރެއާގައި 17 މަސްދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު އޭނާ މިނިވަން ކުރީ ވެސް ޖޫން މަހުއެވެ. ވާމްބިއާ ހައްޔަރުކުރީ ޓޫރިސްޓް ވިސާގައި އުތުރުކޮރެއާއަށް ދިޔަ ދިއުމެއްގައި، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގ އުންގެ ޕްރޮޕެގެންޑާ ފެތުރުމަށް ދަމާފައި ހުރި ބެނާއެއް ވަގަށްނެގި މައްސަލާގައެވެ.

މި ދައުވާއަށް އޭނާ އިއުތިރާފް ވުމާއެކު އޭނާގެ މައްޗަށް ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވާމްބިއާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނާ ކޯމާއަކަށް ގޮސްފައިވަނީ ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ހަފްތާގައި ބުނެފައި ވަނީ އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް ނެރުނު އަމުރަށް އަމަލުކުރަންފަށާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުންފެށިގެންކަމަށެވެ. އަދި އުތުރު ކޮރެއާގައި މިހާރު ތިބި އެމެރިކާގެ ރައްޔިތުން އެ ތާއރީޚްގެ ކުރިން އެ ގައުމު ދޫކޮށްދިއުމަށް ވަނީ އަންގާފައެވެ.

އުތުރު ކޮރެއާއިން ބުނެފައި ވަނީ އެ ގައުމުގެ ދޮރުތައް އަބަދުވެސް ހުންނާނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް އެގައުމުގެ ހަގީގަތް ދެކިލަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައި ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް