Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ އާ ސަރުކާރު އެކުލަވާލުން

ނަތަންޔާހޫ ބޮޑުވަޒީރުކަމުން ވަކިކުރަން އިދިކޮޅުން ކޯލިޝަން ހަދައިފި

3 ޖޫން 2021 | ބުރާސްފަތި 04:41

އަށް ޕާޓީން ކޯލިޝަންގައި ބައިވެރިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ޖޫން 2021 | ބުރާސްފަތި 04:41
ޔައިރް ލަޕިދް، ނަފްތާލީ ބެނެޓް

ޔައިރް ލަޕިދް، ނަފްތާލީ ބެނެޓް

ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރުކަމުން ވަކިކުރުމަށް އިދިކޮޅު ހުރިހާ ޕާޓީއަކުން ކޯލިޝަން ހަދައިފިއެވެ.

އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެގައުމުގައި އާސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެ އެކަން ރައީސް ރުވެން ރިވްލިންއަށް ވަނީ ހުށަހަޅާފައެެވެ. ސަރުކާރު އެކުލަވާލުމަށް އިދިކޮޅު ލީޑަރ ޔައިރް ލަޕިދްއަށް ދީފައިވާ ސުން ގަޑިއަކީ ބުދަ ދުވަހެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫ ވެރިކަން ކުރައްވާތާ މިހާރު 12 އަހަރު ވިއިރު މިދިޔަ މާޗް މަހު އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ވޯޓުލިބިފައެއް ނުވެއެވެ. އެއީ ފާއިތުވި ދެ އަހަރު ތެރޭގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ހަތަރު ވަނަ އިންތިޚާބެވެ. މާޗް މަހުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ކޯލިޝަން ސަރުކާރެއް ހެދުމުގެ ފުރުސަތު ނަތަންޔާހޫއަށް ލިބުނު ނަމަވެސް އެއްވެސް ޕާޓީއަކުން އޭނާއާއެކު ކޯލިޝަން ސަރުކާރެއް ހަދަން އެއްބަހެއް ނުވިއެވެ.

އެއާއެކު ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޔައިރް ލަޕިދްއަށް ކޯލިޝަން ސަރުކާރު ހެދުމުގެ ފުރުސަތު ލިބުނީއެވެ. މާޗް މަހުގެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދް ޕާޓީން އެންމެ ގިނަ ވޯޓު ހޯދިއިރު، ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ލަޕިދްގެ ޔެޝް އަތިދް ޕާޓީ އަށެވެ.

އަލަށް އުފެއްދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އަކީ ޔައިރް ލަޕިދްގެ ޔެޝް އަތިދް ޕާޓީއެވެ. މި ޕާޓީއާއެކު ދެން ކޯލިޝަން ހަދާފައިވަނީ އިދިކޮޅުގައި ހިމެނޭ 8 ޕާޓީއެކެވެ. ގުޅިފައިވާ ސަރުކާރެއް އެކުލާވާލުމަށް މި ޕާޓީތަކުން މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަލަށް އެކުލަވާ ސަރުކާރުގައި ބޮޑުވަޒީރުގެ މަގާމު އޮންނާނީ ދައުރުވާ ގޮތަށެވެ. ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ، އިއްތިހާދުގައި ހިމެނޭ ހަރުކަށި ފިކުރުގެ ކަނާތު ފިޔައިގެ ޕާޓީއެއްކަމުގައިވާ ޔަމިނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ. އެއަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާނީ އިއްތިހާދުގެ އެންމެ ބޮޑު ޕާޓީ ޔެޝް އަޓިޑް ޕާޓީގެ ލީޑަރު ޔައިރ ލަޕިޑްއެވެ.

އަލަށް އެކުލަވާލި ސަރުކާރުގެ މަގާމުތަކާ ހަވާލުވުމުގެ ކުރިން އިސްރާއީލުގެ ގާނުނުހަދާ މަޖިލީހުގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނަގާނެއެވެ.

އާ ސަރުކާރު އެކުލަވާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާން ކުރައްވަމުން، އިއްތިހާދުގެ ލީޑަރު ލަޕިޑް ނެރުއްވި ސްޓޭޓްމަންޓުގައި ވިދާޅުވެފައިވަނީ، އެއްބަސްވުން މިހާރު އިސްރާއީލުގެ ރައީސް ރުވެން ރިވްލިންގެ އަތްޕުޅަށް އަރުވާފައިވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އާ ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ރައްޔިތުންނާ އެކު ކަަމަށެވެ.

ގިނަބަޔަކަަށް ހައިރާންކަން ލިބުނީ އަރަބް އިސްލާނިސްޓް ރާމް ޕާޓީ ކޯލިޝަނާ ގުޅުމުންނެވެ. ލީޑަރު މަންސޫރު އައްބާސް ކޯލިޝަންގެ އެއްބަސްވުމުގައި ސޮއި ކުރައްވާ ފޮޓޯއެއްވެސް ވަނީ އާންމުވެފައެވެ. ރާމް ޕާޓީން ކޯލިޝަނާ ގުޅެން ފުރަތަމަ ދެކޮޅު ހެދީ 11 ދުވަހުގެ ހަމަލާތަކާހެދި ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އައްބާސް ވިދާޅުވެފައިވަނީ ނިންމުނު ނިންމުމަކީ އުދަގޫ ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް އަރަބިންގެ ލާބައާއި މަންފާއަށް މުހިއްމު ނިންމުމެއް ކަމަށެވެ.

ދައުރުވާ ގޮތަށް އެއްބަސްވި ބޮޑުވަޒީރުގެ މަގާމާ ލަޕިދް ހަވާލުވެވަޑައިގަންނަވާނީ 2023 އޮގަސްޓް 27ގައެވެ. ރައީސް ރުވެން ވަނީ އާ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ގާނޫނުހަދާ މަޖިލީސް އަވަހަށް އެއްވުމަށް ވިދާޅުވެފައެވެ. ގާނޫނު ހަދާ މަޖިލީހުގެ 120 މެމްބަރުންގެ ތާއީދު ނުލިބިއްޖެ ނަމަ އނެއްކާވެސް އިންތިޚާބަކަށް ދިޔުން ގާތެވެ. އެ އިންތިޚާބު ވެގެންދާނީ 2 އަހަރުގެ ތެރޭގައި ބާއްވާ ފަސްވަނަ އިންތިޚާބަށެވެ. ބައިއަތު ހިފި 8 ޕާޓީން 61 މެމްބަރުންގެ ތާއީދު ހޯދަން ޖެހެއެވެ.

l.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ

07 ޑިސެމްބަރު 2017
ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ
21 ނޮވެމްބަރު 2017

މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ

21 ނޮވެމްބަރު 2017
މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ
07 އޮކްޓޯބަރު 2017

ލަދުގެ ލިސްޓުގައި ހިމެނީ ދޮގު މަޢުލޫމާތަށް ބިނާކޮށް: ސައުދީ ކޯލިޝަން

07 އޮކްޓޯބަރު 2017
ލަދުގެ ލިސްޓުގައި ހިމެނީ ދޮގު މަޢުލޫމާތަށް ބިނާކޮށް: ސައުދީ ކޯލިޝަން
04 އޯގަސްޓު 2017

ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ

04 އޯގަސްޓު 2017
ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ
05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
03 ޖޫން 2017

އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު

03 ޖޫން 2017
 އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް