Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީޝެލްސް އިންތިހާބު

ސީޝެލްސްގެ އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ކާމިޔާބު ކޮށްފި

ރަމްކަލަވަން، އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54.9 އިންސައްތަ ވޯޓު ހޯދައިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޮކްޓޯބަރު 2020 | އާދީއްތަ 11:24
ސީޝެލްސްގައި ކުރިޔަށްދިޔަ އިންތިހާބުގެ ތެރެއިން

ސީޝެލްސްގައި ކުރިޔަށްދިޔަ އިންތިހާބުގެ ތެރެއިން

ސީޝެލްސްގައި ރައީސަކު ހޮވަން ބޭއްވި އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ވާދަކުރި ކެނޑިޑޭޓު ކާމިޔާބު ކުރައްވައިފިއެވެ.

އިންތިހާބާއި ބެހޭ ކޮމެޓީއިން ވަނީ އާދީއްތަ ދުވަހު އެ ގައުމުގެ އިންތިހާބު ވެވެލް ރަމްކަލަވަން ކާމިޔާބު ކުރައްވާފައިވާ ކަން ހާމަ ކުރައްވާފައެވެ. ރަމްކަލަވަން، އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54.9 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ރަމްކަލަވަން ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އަލުން ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި އިންސާފާއި ހަމަހަމަ ކަމާއިއެކު ވަކި މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތް ކުރުމަށް ވައުދުވެ ވަޑައިގެންފައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރަމްކަލަވަން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ގައުމު ކުރިއަރައި ދާނީ އެންމެން އެކައްޗެއް ކިޔައި، އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށެވެ.

ސީޝެލްސް އިންތިހާބު ކާމިޔާބު ކުރެއްވި ރަމްކަލަވަންގެ ނައިބަކީ ސުވައިދީބު ޖުމްހޫރިއްޔާގެ ރައީސް އަބްދުﷲ އަފީފްގެ ދަރިކަލުން، އަހުމަދު އަފީފް، އެވެ.

ސީޝެލްސްގެ ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ މި މަހުގެ 22 އިން 24 އަށެވެ. މި އިންތިހާބުގައި 74،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު